logo
MPL

MPL

ޚަބަރު

ހުކުމަށް ލުއި ލިބޭ ބިލެއް މިއަހަރު ތެރޭ މަޖިލިސް އަށް ވައްދާނަން:ހަސަން ޒަރީރު

އާދަމް ލަޔާން ކުރިކް ރިޒާއާދަމް ލަޔާން ކުރިކް ރިޒާ
23 އޮކްޓޯބަރު 2026 - 10:42
ހުކުމަށް ލުއި ލިބޭ ބިލެއް މިއަހަރު ތެރޭ މަޖިލިސް އަށް ވައްދާނަން:ހަސަން ޒަރީރު

ޖަލު ހުކުމް ތަންފީޒުކުރަމުންދާ ފަރާތްތަކުގެ ތެރެއިން ރަނގަޅު އަޚްލާޤު ދަމަހައްޓާ ގައިދީންނަށް ލުއިދެވޭނެ ބިލެއް މިއަހަރު މަޖިލީހަށް ވައްދާނެ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

މެންދުރު ޓީވީގެ "މައުލޫ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޒަރީރު ވިދާޅުވީ، ރަނގަޅު އަޚްލާޤު ދަމަހައްޓާ އަދި ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގައި ބައިވެރިވާ ގައިދީންނަށް، އެމީހުން ޖަލުގައި ހޭދަކުރާ ކޮންމެ ދުވަހަކީ ދެ ދުވަސް ކަމަށް ބަލައި ހުކުމުގެ މުއްދަތުން ލުއިލިބޭ ގޮތަށް މިބިލު ފަރުމާ ކުރާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޒަރީރު ފާހަގަކުރެއްވި ގޮތުގައި، ޖަލުގައި ތިބި ގައިދީންނަކީ ދިވެހި ރައްޔިތުން ކަމަށްވާތީ، އެމީހުން އިސްލާހުވެ މުޖުތަމައަށް އަނބުރާ އައުމުގެ ފުރުސަތު ދޭންޖެހެއެވެ. އަދި ޖަލުގައި ތިބި ގިނަ މީހުންނަކީ 40 އަހަރުން ދަށުގެ ޒުވާނުން ކަމަށްވުމާއެކު، އެމީހުންގެ ދިރިއުޅުން އާރާސްތުކޮށް ގައުމަށް ފައިދާހުރި ބަޔަކަށް ހެދުމަށް ރިހެބިލިޓޭޝަން ޕްރޮގްރާމްތަކަކީ ނުހަނު މުހިންމު މަސައްކަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށްވެސް ކޮމިޝަނަރ އަލިއަޅުވާލެއްވިއެވެ.

ޒަރީރު ވިދާޅުވި ގޮތުގައި، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 28 އާ ހަމައަށް 80 އެއްހާ ގައިދީން އެއްވެސް އަލިކަމެއް ނެތް އަނދިރި ގޮޅިތަކުގައި ބަންދުކޮށްފައި ތިބި ކަމުގެ ރިޕޯޓުތައް ލިބިފައިވެއެވެ. އަދި ބައެއް ޖަލުތަކުގެ އިސްވެރިންގެ އަންދާޒާތަކުން އެ އަދަދު 150 އަށް އަރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، މިހާރު ޖަލުތަކުގެ ހާލަތަށް ބަދަލުތަކެއް ގެނެސް، ރަނގަޅު އަޚްލާޤު ދައްކާ ގައިދީންނަށް އެއާކޮންޑިޝަން ކުރެވިފައިވާ ތަންތަނުގައި ތިބުމުގެ ފުރުސަތު ދެމުންދާކަން އޭނާ ހާމަކުރެއްވިއެވެ. އެގޮތުން މިހާތަނަށް 250 އަށްވުރެ ގިނަ ބެރެކްސް އެއާކޮންޑިޝަން ކޮށްފައިވާ ކަމަށާއި، މިއީ މީގެ ކުރިން ހަމައެކަނި ސަރުކާރުގެ މަތީ ފަންތީގެ ބޭފުޅުންނަށް ލިބިވަޑައިގަންނަވާ އިނާޔަތެއް ކަމަށްވެސް ޒަރީރު ވިދާޅުވިއެވެ.

ކޮމިޝަނަރ އިތުރަށް ވިދާޅުވީ، މިހާރު ރާއްޖޭގެ އެއްވެސް ޖަލެއްގައި ކަރަންޓާއި އަލިކަން ނުވަތަ ފަންކާ ނެތް ގޮޅިއެއްގައި ގައިދީއަކު ބަހައްޓާފައި ނުވާނެ ކަމަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުކުމަށް ލުއި ލިބޭ ބިލެއް މިއަހަރު ތެރޭ މަޖިލިސް އަށް ވައްދާނަން:ހަސަން ޒަރީރުޚަބަރު | 2 ގަޑިއިރު ކުރިންއެއްވެސް ޖަލެއްގައި ކަނު އަނދިރީގައި މިހާރު ގައިދީން ނުތިބޭނެ: ސީޕީ ޒަރީރުޚަބަރު | 6 ދުވަސް ކުރިންޖަލުތަކަށް މިހާތަނަށް 400 އެއްހާ ޖާގަ އިތުރުކުރެވިއްޖެ: ސީޕީ ޒަރީރުޚަބަރު | މަހެއް ކުރިންޖަލުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމަކީ ކުޑަ ކަމެއް ނޫން, މަނާތަކެތި ވެއްދުމުގެ ފުރުސަތު ދީގެންނުވާނެ: ސީޕީ ޒަރީރުޚަބަރު | 2 އަހަރު ކުރިން