logo
MPL

MPL

ކުޅިވަރު

ސައްތައިން ސައްތަ ރެކޯޑާއެކު ވިޒިޓް ދަރަވަންދޫ ފުޓްސަލް ފިއެސްޓާ ދޮންފަނު ކާމިޔާބުކޮށްފި

އަބްދުﷲ ޣާނިމް
26 އޮކްޓޯބަރު 2026 - 04:38
މުބާރާތުގެ ޗެންޕިއަން ޓީމު ދޮންފަނު . ފޮޓޯ:- އަބްދުﷲ އަބީދު
މުބާރާތުގެ ޗެންޕިއަން ޓީމު ދޮންފަނު . ފޮޓޯ:- އަބްދުﷲ އަބީދު

ބ. ދަރަވަންދޫ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ”ވިޒިޓް ދަރަވަންދޫ ފުޓްސަލް ފިއެސްޓާ 2026“ ގެ ޗެމްޕިއަންކަން ބ. ދޮންފަނުން ހޯދައިފިއެވެ. ދޮންފަނުން މި މުބާރާތުގެ ތަށި އުފުލައިލީ ދަރަވަންދޫ ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ދަ ނޮޓިލަސްގެ މައްޗަށް 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

މި މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް ދޮންފަނަށް ލީޑު ނަގައިދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ މޮހޮސިން މޮންތާޒެމީއެވެ. ދެވަނަ ހާފުގައި މުހައްމަދު ފައިޒާން ފަޒީލް ހެޓްރިކް ފުރިހަމަކުރިއިރު، ފަހު ލަނޑު ޖަހައިދިނީ އިބްރާހީމް ރާއީއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މޮހޮސިންއެވެ. އެންމެ މޮޅު ކޯޗަކަށް ދޮންފަނުގެ އިސްމާއީލް ރަޝީދު (އިސްމަ) ހޮވުނުއިރު، މޮޅު ކީޕަރަކީ އެ ޓީމުގެ އަބްދުލް އަހަދު ހުސައިނެވެ.

Ad by Hajj Corporation

Ad by Hajj Corporation

WhatsApp Image 2026-10-26 at 09.42.09.jpeg

މުބާރާތުގެ މޮޅު ކުޅުންތެރިޔާ މޮހޮސިން. ފޮޓޯ:- އަބްދުﷲ އަބީދު

 

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ދޮންފަނުގެ މޮހޮސިން އަދި މުހައްމަދު ފައިޒާން، ނޮޓިލަސްގެ މުހައްމަދު ނަވީދު އަދި އަހުމަދު ސަބާހް، އަދި ކިންގްސް ޔުނައިޓެޑްގެ އަހުމަދު އެލްސާއިދެވެ.


މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ދޮންފަނުގެ އަބްދުﷲ އަޙަދު ހުސައިންނެވެ. އަދި އެންމެ މޮޅު ކޯޗަކަށް ހޮވުނީ ދޮންފަން ޓީމުގެ ކޯޗު އިސްމާޢީލް އިބްރާހިމްއަށެވެ.

ފެއާޕްލޭ ޓީމަކަށް ނިއު ސްޕީޑްސް ހޮވުނު މި މުބާރާތުގައި ދެ ރިސޯޓާއެކު ޖުމުލަ 8 ޓީމަކުން ވާދަކުރިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސައްތައިން ސައްތަ ރެކޯޑާއެކު ވިޒިޓް މޯލްޑިވްސް ދަރަވަންދޫ ފުޓްސަލް ފިއެސްޓާ ދޮންފަނު ކާމިޔާބުކޮށްފިކުޅިވަރު | ގަޑިއިރެއް ކުރިންދޮންފަނުގައި ސޯލާ-ޑީސަލް ހައިބްރިޑް ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފިޚަބަރު | 10 މަސް ކުރިންދޮންފަނު ބިން ހިއްކުމުގެ މަަޝްރޫޢު، ރައްޔިތުންގެ އެދުމުގެ މަތިން ހުއްޓާލައިފިޚަބަރު | އަހަރެއް ކުރިންދޮންފަނުގައި ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަސަކަތް ވަރަށް އަވަހަށް ފެށޭނެ: ރައީސްޚަބަރު | އަހަރެއް ކުރިން