logo
ޚަބަރު

ބަރަހަނާކޮށް ފޭރުނު މައްސަލަ: ހެކި ރައްކާތެރި ކުރުމުގެ އަމުރެއް ނެރެފި

އަޙްމަދު ޒަލީފް
23 އޮކްޓޯބަރު 2024 - 11:22
ބަރަހަނާކޮށް ފޭރުނު މައްސަލަ: ހެކި ރައްކާތެރި ކުރުމުގެ އަމުރެއް ނެރެފި

މާލޭގެ ގެއަކަށް މީހަކު ވައްދާ، އެމީހާ ބަރަހަނާކޮށް ފޭރުނު މައްސަލައެއްގައި ދަޢުލަތުން ދަޢުވާ ކޮށްފައިވާ ތިން މީހުންގެ ޝަރީޢަތް މިއަދު ކްރިމިނަލް ކޯޓުގައި ފަށާފައިވާއިރު، މި މައްސަލައިގައި ދަޢުލަތުން ހުށަހެޅި ތިން ހެއްކެއް ރައްކާތެރިކޮށްދިނުމުގެ ޢަމުރަކަށް ދަޢުލަތުން އެދިއްޖެއެވެ.

މި މައްސަަލައިގައި ދަޢުލަތުން ރައްކާތެރިކޮށްދިނުމަށް އެދިފައިވަނީ، އަނިޔާ ލިބުނު ފަރާތުގެ ބޭންކް ސްޓޭޓްމަންޓް ހިމެނޭހެން އިތުރު ދެ މީހެއްގެ ބޭންކް ސްޓޭޓްމަންޓާއި، މި މައްސަލައިގައި ހުށަހަޅާފައިވާ ދެ ތަޙުޤީޤު ރިޕޯޓެއްެގެ އިތުރުން، އަނިޔާ ލިބުނު ފަރާތާމެދު މި ހާދިސާ ހިންގި ގޮތް އެ ފަރާތުން ކިޔައިދީފައިވާ ވީޑިއޯ ރެކޯޑިންގ އެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލަ ބައްލަވާ ޤާޟީ ވަނީ ދަޢުލަތުން އެދުނު ގޮތަށް މި ޢަމުރު ނެރެދެއްވާފައެވެ.

އެގޮތުން އެ ޢަމުރުގައި ބުނެފައިވަނީ، މި ހެކިތައް މުޖުތަމަޢު ތެރެއަށް ފެތުރިގެން ހިނގައްޖެނަމަ، މި މައްސަލައިގައި ނުހިމެނޭ ބައެއް ފަރާތްތަކުގެ ޒާތީ މަޢުލޫމާތު ހާމަވެދާނެ ކަމަށާއި، އެހެންކަމުން، ދަޢުވާ ލިބޭ ފަރާތްތަކުން ހެކިތައް ބަލަން އެދޭ ޙާލަތުގައި ޝަރީޢަތުން ކަނޑައަޅާ ޝަރުތުތަކެއްގެ ތެރެއިން މި ހެކިތައް ބެލުމުގެ ފުރުޞަތު ދޭން ފެންނަ ކަމަށެވެ.

މި މައްސަލައިގައި ދަޢުލަތުން ދަޢުވާކޮށްފައިވަނީ، މއ. މަސްފަން، 43 އަހަރުގެ ޢާއިޝަތު އާއި މއ. މަސްފަން، އުމުރުން 27 އަހަރުގެ މުޙައްމަދު ރީހާން އަދި ސ. ހިތަދޫ / ސޯމާ، އުމުރުން 35 އަހަރުގެ ޝަފީޤު އިބްރާހީމްގެ މ،ައްޗަށެވެ.

މި މައްސަލައިގައި ދަޢުވާ ލިބޭ ޢާއިޝަތު އަކީ ހަމަ މި މައްސަަލައިގައި ދަޢުވާ ލިބޭ މުޙައްމަދު ރީހާންގެ މަންމައެވެ.

3  މީހުންގެ މައްޗަށް އުފުލާފައިވާ ދަޢުވާތައް:

  • އަނިޔާއެއް ދިނުން
  • އެނގިހުރެ ހުއްދަނޫން ގޮތުގައި މަޢުލޫމާތެއް ހޯދުން
  • ފޭރުން

މި މައްސަލައިގައި ހިމެނޭ ތިން މީހުންގެ މައްޗަށް ކޮށްފައިވާ ދަޢުވާތަކާ ގުޅޭ ޝަރީޢަތް މިއަދު ފަށާފައިވާއިރު، މިއަދުގެ އަޑުއެހުމަށް ހާޟިރުވެފައިވަނީ މުޙައްމަދު ރީހާނާއި އޭނާގެ މަންމަ ޢާއިޝަތުއެވެ. ދަޢުވާ ލިބޭ އަނެއް ފަރާތް މިއަދުގެ މަޖިލީހަށް ހާޟިރުވެފައެއް ނުވެއެވެ.

ދަޢުވާއަށް ޖަވާބުދާރީ ވުމުގެ ފުރުޞަތު ދިނުމުގެ ކުރިން، ދަޢުވާ ލިބޭ ފަރާތްތަކަށް ދިނުމުގެ ކުރިން ޖިނާޢީ ދަޢުވާއެއް އުފުލިފައިވާ ފަރާތްތަކަށް ޤާނޫނުން ލިބޭ ހައްޤުތައް ޝަރީޢަތުން މިއަދު އަންގާފައިވެއެވެ.

ދަޢުވާ ލިބޭ މީހުންގެ މައްޗަށް ދަޢުލަތުން ކޮށްފައިވާ ދަޢުވާތައް ދަޢުލަތުން ސާފުކޮށްދީފައިވާއިރު، ދަޢުވާ ލިބޭ ދެ ފަރާތުންވެސް ބުނެފައިވަނީ ދަޢުވާއާ ގުޅިގެން އިތުރު އެއްވެސް ކަމެއް ފާހަގަ ކުރަން ނެތް ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބްލެކްމެއިލްކޮށް، އޮރިޔާން ކޮށް، ވީޑިއޯ ނަގައި، ވަޅިން ބިރުދައްކައި ފޭރުމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިޚަބަރު | 2 ދުވަސް ކުރިންބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރުކުރުމަށް 2 މީހަކު ހޯދަނީ ޚަބަރު | 8 ދުވަސް ކުރިންމީހަކު ރަހީނުކޮށް އަނިޔާކުރިކަމުގެ ތުހުމަތުގައި ދެ ބިދޭސީން ހައްޔަރުކޮށްފިޚަބަރު | 9 ދުވަސް ކުރިންކޯޓުގެ ހުރުމަތް ކެނޑި މީހަކު ޖަލަށް ޚަބަރު | 12 ދުވަސް ކުރިން