logo
MPL

MPL

ޚަބަރު

ހަލާކުގެ ތެރޭގައި އޮތް ޓޫރިޒަމް މި ސަރުކާރުގެ މަސައްކަތުން ކުރިއަރައިގެން ދާތަން އެބަފެނޭ: ބޮޗޭ

މުހައްމަދު މޫސާމުހައްމަދު މޫސާ
23 އޮކްޓޯބަރު 2024 - 12:41
ހަލާކުގެ ތެރޭގައި އޮތް ޓޫރިޒަމް މި ސަރުކާރުގެ މަސައްކަތުން ކުރިއަރައިގެން ދާތަން އެބަފެނޭ: ބޮޗޭ

ފެނިގެން މި ދިޔައީ ވަރަށް ހަލާކުގެ ތެރޭގައި އޮތް ޓޫރިޒަމެއް މި ސަރުކާރުން އައިސް ޓޫރިޒަމް މިނިސްޓަރުގެ މިންނެތް މަސައްކަތާއެކީގައި ވަރަށް ބޮޑަށް ކުރިއަށް އަރައިގެންދާ މަންޒަރުކަމަށް ފަންނު ދެކުނު ދާއިރާގެ މެންބަރު އަބުދުﷲ ރިފާޢު (ބޮޗޭ) ވިދާޅުވެއްޖެއެވެ.

ބޮޗޭ މިހެން ވިދާޅުވީ، މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ވަޒީރާ ސުވާލުކުރުމުގެ ވަގުތުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް އާއި ސުވާލުކުރުމަށް ވަގުތު ހޯދައި ދެއްކި ވާހަކާގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

'އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ ވަރަށް ހަލާކުގެ ތެރޭގައި އޮތް ޓޫރިޒަމެއް މި ސަރުކާރުން އައިސް މިނިސްޓަރުގެ މިންނެތް މަސައްކަތާއެކީގައި ވަރަށް ބޮޑަށް ކުރިއަށް އަރައިގެންދާ މަންޒަރު، އެހެންވީމާ، އަޅުގަނޑުގެ އުއްމީދަކީ އަދި މިތާނގައި ފާހަގަކުރިހެން މި ގިނަ ދުވަސްތަކެއް ނުހެދި ހުރި ރަށްތަކަށް ލުއި ގޮތްތަކެއް ވެގެން އެ ރަށްތައް ހެދޭނެ މަގެއް ފެނިގެންދިއުން'' ބޮޗޭ ވިދާޅުވެފަވެއެވެ.

ބޮޗޭ ވަނީ މިއާއިއެކު ދެ ސުވާލެއް މިނިސްޓަރާ ކުރަށްވާފައެވެ. އެއީ ޓޫރިޒަމް ދާއިރާގެ އިންވެސްޓަރުންނަށް ދެމުން އަންނަ ލުއިތަކާއި ގިނަ ދުވަސްތަކެއް ވަންދެން ނުހެދި ހުރި ރަށްތަކާއި ގުޅުވައި ކުރެއްވި ދެ ސުވާލެވެ.

މި ސަވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ނެހެދި ހުރި ރަށްތައް ހެދުމަށް ދިވެހި އިންވެސްޓަރުންނަށް މަގު ފަހިކުރުމަށް ފައިސާ ލިބޭނެ އިންވެސްޓްމަންޓް ބޭންކް މިހާރު ވުޖޫދުވެ މަސައްކަތް ފެށިފައިވާ ކަމަށެވެ. އަދި މިރޮނގުން ދެވޭނެ ލުއި ތަކާއި ކުރެވޭނެ މަސައްކަތަށް މިނިސްޓަރު ވަނީ އަލިއަޅުއްވާލައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓެކްސް ޤާނޫނަށް ގެނެވޭ އިސްލާޙާއެކު އެ ގާނޫނުގައި ހުރި ހުސް ބާގަނޑުތައް ބަންދުވާނެ: ރިފާއުޚަބަރު | 2 ގަޑިއިރު ކުރިންޓެކްސް ޤާނޫނަށް ހުށަހެޅި އިސްލާހުން ފަތުރުވެރިކަމުގެ ދާއިރާގެ އެއްވެސް ޓެކްސްއެއް ބޮޑެއް ނުވޭ: ފަލާޙްޚަބަރު | 3 ގަޑިއިރު ކުރިންރާއްޖޭގައި ވިޔަފާރިކޮށް މަންފާ ހޯދާނަމަ ބޭރުގެ ޕްލެޓްފޯމުތަކުން ވެސް އިޤުތިޞާދަށް ކޮންޓްރިބިއުޓުކުރަންޖެހޭނެ: އިބްރާހީމް މުޙައްމަދުޚަބަރު | 3 ގަޑިއިރު ކުރިންފަތުރުވެރިކަމުގެ ނަފާ ރައްޔިތުންނަށް ހޯދައިދިނުމަށް ރައީސް ކުރަށްވަނީ ވަރަށް ބުރަ މަސައްކަތްޕުޅެއް: އިބްރާހިމް ހުސައިންޚަބަރު | 3 ގަޑިއިރު ކުރިން