އަންނަ އަހަރުގެ ބަޖެޓުގެ އަމާޒަކީ 2040 ވަނަ އަހަރު ރާއްޖެއަކީ ކުރިއަރާފައިވާ ޤައުމަކަށް ވާޞިލުވުން
29 އޮކްޓޯބަރު 2026 - 08:10

2027 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގެ އިސް އަމާޒަކީ، 2040 ވަނަ އަހަރު ދިވެހިރާއްޖެއަކީ ކުރިއަރާފައިވާ ޤައުމަކަށް ވާޞިލުވުމަށްޓަކައި ތަންފީޒުކުރަންޖެހޭ ސިޔާސަތުތަކުގެ ބިންގާ އެޅުންކަމަށް ފިނޭންސް މިނިސްޓަރ ހަސަން ޒަރީރް ވިދާޅުވެއްޖެއެވެ.
2027 ވަނަ އަހަރުގެ ބަޖެޓް ބަޔާން ހުށަހަޅަމުން މިނިސްޓަރ ޒަރީރް ވިދާޅުވީ، މި އަމާޒަށް ވާޞިލުވުމަށްޓަކައި 2040 ވަނަ އަހަރު ރާއްޖެއަކީ ކުރިއަރާފައިވާ ޤައުމަކަށް ވުމުގެ ތަޞައްވުރާއެކު، ތައްޔާރުކުރެވޭ 'ޤައުމީ ތަރައްޤީގެ ޕްލޭން' ގެ ދަށުން ސަރުކާރުގެ މަސައްކަތްތައް ތަރުތީބުކުރެވިގެންދާނެކަމަށެވެ. އަދި އިޤްތިޞާދު ވަރުގަދަކުރުމަށް ބޭނުންވާ މާލީ ތަނަވަސްކަން ހޯދުމަކީ، މި ދެންނެވި ތަރައްޤީގެ ޕްލޭންގެ އެންމެ މުހިއްމު އެއް އަސާސް ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
.png&w=750&q=75)
Ad by Hajj Corporation
މިގޮތުން ދައުލަތަށް ލިބޭ އާމްދަނީ ދެމެހެއްޓެނިވި ގޮތެއްގައި އިތުރުކުރުމާއި، ދައުލަތުގެ ވަސީލަތްތައް އެންމެ ފައިދާހުރި ގޮތުގައި ޒިންމާދާރުކަމާއެކު ބޭނުންކުރެވިގެންދާކަން މި ސަރުކާރުން ކަށަވަރުކުރާނެ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
އަދި ހަޤީޤީ ތަރައްޤީއަކީ ހަމައެކަނި އިޤްތިޞާދީ ކުރިއެރުމެއް އެކަންޏެއް ނޫންކަމަށާއި،އެއީ ކޮންމެ ދިވެހި ރައްޔިތެއްގެ ދިރިއުޅުމުގެ ފެންވަރުން ފެންނަންޖެހޭނެ ބަދަލެއް ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. އަދި ސަރުކާރުން ކަނޑައަޅާފައިވާ 2040 ވަނަ އަހަރުގެ ތަޞައްވުރުގައި ޖުމްލަކޮށް ހިމެނެނީ ދިވެހީންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ވަށާޖެހޭ ނިޒާމެއް ކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މި
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެސް ވަނީ، މި ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކޮށްފައިވާނީ 2040 ވަނަ އަހަރު ދިވެހިރާއްޖެއަކީ ކުރިއަރާފައިވާ ޤައުމަކަށް ވާސިލުވާނެ ފަދަ ނިޒާމެއްގެ ތެރެއިން ކަމަށް ވިދާޅުވެފައެވެ.

-01.jpg&w=3840&q=75)
