logo
MPL

MPL

ޚަބަރު

މިއަހަރު ސަރުކާރުން ހާސިލްކުރި ކާމިޔާބީއަކީ ސަޕްލިމެންޓަރީ ބަޖެޓަކަށް ނުގޮސް ޚަރަދުތައް މެނޭޖްކުރުން

އައިޝަތު ނަޝާ
29 އޮކްޓޯބަރު 2026 - 08:43
މިއަހަރު ސަރުކާރުން ހާސިލްކުރި ކާމިޔާބީއަކީ ސަޕްލިމެންޓަރީ ބަޖެޓަކަށް ނުގޮސް ޚަރަދުތައް މެނޭޖްކުރުން

ދުނިޔޭގެ އިގުތިސާދީ ނުތަނަވަސްކަމުގެ ތެރޭގައިވެސް، މި އަހަރު މި ސަރުކާރުން ހާސިލުކުރި އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއަކީ ސަޕްލިމެންޓަރީ ބަޖެޓަކަށް ނުގޮސް، ފާސްކުރެވުނު ބަޖެޓުގެ އިމުގެ ތެރޭގައި ދައުލަތުގެ ޚަރަދުތައް މެނޭޖްކުރުން ކަަމަށް ފިނޭންސް މިނިސްޓަރ ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރ ޙަސަން ޒަރީރު ވިދާޅުވީ، މިހިނގާ 2026 ވަނަ އަހަރަކީ ބޮޑެތި ދަރަނިތައް ދައްކައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަނގުރާމައިގެ މާލީ އަދި އިޤްތިސާދީ ލޮޅުންތަކުން ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދެވުނު އަހަރެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރ ވިދާޅުވީ މި އަހަރު ކުރިމަތިލާންޖެހުނު އިގުތިސާދީ ގޮންޖެހުންތަކުގެ ސަބަބުން، މި ގައުމުގެ އިގުތިސާދީ ދުވެލި ބޮޑުތަނުން ދަށްވެ، 2026 ވަނަ އަހަރުގެ އިގުތިސާދީ ދުވެލި ހުންނާނެ ކަމަށް ލަފާ ކުރެވެނީ 0.6 (ސުމެއް ޕޮއިންޓް ހައެއް އިންސައްތަ) އާ 1.8 އިންސައްތައާ ދެމެދު ކަމަށެވެ.

އެހެން ނަމަވެސް ހަނގުރާމައިގެ ކުރީގެ ހާލަތަށް ރުޖޫއަވެ،  2027 ވަނަ އަހަރު އިޤްތިޞާދީ ދުވެލި 3.9 އިންސައްތައާ 6.8 އިންސައްތައާ ދެމެދުގެ ހަލުވިމިނެއްގައި ކުރިއަރައިގެންދާނެ ކަމަށް އަންދާޒާކުރެވޭ ކަމަށާއި،އަދި އަންނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓް 1.0 އިންސައްތައިގައި ހުންނާނެކަމަށް ބެލެވޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ހުރިހާ ގޮންޖެހުންތަކަކާއެކު ވެސް، ބޭރުގެ އިޤްތިސާދީ ޑިމާންޑް ފުޅާކުރުމަށްޓަކައި މިނިވަން ވިޔަފާރިއާއި މާލީ އެއްބަސްވުންތައް ގާއިމުކުރުމުގައި ސަރުކާރުން ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައިވާކަން ފާހަގަކޮށްލެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަޖެޓު 2027: ޕީއެސްއައިޕީ އަށް 8.2 ބިލިއަން ރުފިޔާޚަބަރު | 16 މިނިޓު ކުރިންއޭއައި ބޭނުންކޮށްގެން މާލޭގެ ޓްރެފިކް ނިޒާމު ޒަމާނީކޮށް، ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ވަރުގަދަކުރަނީ ޚަބަރު | ގަޑިއިރެއް ކުރިންބަޖެޓު 2027: ސިއްހީ ދާއިރާއަށް 10.2 ބިލިއަން ރުފިޔާޚަބަރު | ގަޑިއިރެއް ކުރިންބަޖެޓް 2027 - ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕިކްނިކް ދާނެ ރަށެއް ތަރައްޤީކުރުމަށް ބަޖެޓުގައި ވާނީ ހިމަނާފައި - ފިނޭންސް މިނިސްޓަރޚަބަރު | 2 ގަޑިއިރު ކުރިން