ލެބްރޯން ޖޭމްސްއާއި އޭނާގެ ދަރިފުޅު ބްރޯނީ އެން.ބީ.އޭ ތާރީޚުގައި ފުރަތަމަ ފަހަރަށް އެއް ކޯޓެއްގައި ކުޅެފި

ލެބްރޯން ޖޭމްސްއާއި އޭނާގެ ދަރިފުޅު ބްރޯނީ. ފޮޓޯ: ލޭކާސް/ ފޭސްބުކް

23 އޮކްޓޯބަރު 2024 - 14:29
ލޮސް އެންޖެލެސް ލޭކާޒްގެ ސީޒަން އޯޕަނަރގައި މިނެސޯޓާ ޓިމްބަވޫލްވްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ލެބްރޯން ޖޭމްސްއާއި އޭނާގެ ދަރިފުޅު ބްރޯނީ އެން.ބީ.އޭ ތާރީޚުގައި ފުރަތަމަ ފަހަރަށް އެއް ކޯޓެއްގައި ކުޅެފިއެވެ. މިއީ އެން.ބީ.އޭ ތާރީޚުގައި ބައްޕައަކާއި ދަރިއަކު އެއް މެޗެއްގައި ކުޅުނު ފުރަތަމަ ފަހަރެވެ.މި ތާރީޚީ ވަގުތު އައީ މެޗުގެ ފުރަތަމަ ހާފުގެ ނިމުމަށް 4 މިނެޓު ބާކީ އޮއްވާއެވެ. އެ ވަގުތު ލޭކާޒްގެ ކޯޗު ޖޭޖޭ ރެޑިކް ވަނީ މި ދެ ކުޅުންތެރިން ކޯޓަށް ތައާރަފުކޮށްދީފައެވެ. އެ ވަގުތު ލޭކާޭކާޒް ވަނީ 51-35 އިން ކުރީގައެވެ.ކްރިޕްޓޯ.ކޮމް އެރީނާގައި ހަމަޖެހިފައިވާ ހުރިހާ ގޮނޑިތަކެއް ވިއްކިފައިވާ މި މެޗުގައި، މި ދެ ކުޅުންތެރިން ކޯޓަށް އެރި ވަގުތު ޕްރޮގްރާމަށް ހާޒިރުވި ފަރާތްތަކުން ވަނީ ބޮޑު އަޑަކުން ހިތްވަރުދީފައެވެ.މި ދެ ކުޅުންތެރިން މީގެ ކުރިން އެއް ކޯޓެއްގައި ކުޅެފައިވަނީ މި މަހުގެ ކުރީކޮޅު ލޭކާޒްއިން ފީނިކްސް ސަންސްއާ ދެކޮޅަށް ކުޅުނު ޕްރީ-ސީޒަން މެޗުގައެވެ. ބްރޯނީ ލޭކާޒްއާ ގުޅުނީ މި އަހަރުގެ ޖޫން މަހު ޔުނިވަރސިޓީ އޮފް ސަދަން ކެލިފޯނިއާއިން ދެވަނަ ބުރުގެ ޑްރާފްޓް ޕިކެއްގެ ގޮތުގައެވެ.39 އަހަރުގެ ލެބްރޯނަކީ އެން.ބީ.އޭގެ އޯލްޓައިމް ރެކޯޑް ޕޮއިންޓް ސްކޯރަރެވެ. އަދި އޭނާ ވަނީ 4 ފަހަރު އެން.ބީ.އޭ ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ.މިހާރު އެން.ބީ.އޭގައި 22 ވަނަ ސީޒަން ކުޅެމުންދާ ލެބްރޯން އަދި އޭނާގެ ކެރިއަރ ނިންމާނެ ތާރީޚެއް ހއް ހާމަކޮށްފައެއް ނުވެއެވެ. ބްރޯނީ ލޭކާޒްއާ ގުޅުމާ ގުޅިގެން ލެބްރޯން ވަނީ އިިތުރު 2 އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.