އޭޝިއާ ކަޕް ސާބާ ކޮލިފަޔާސް މިއަދު މާލޭގައި ފަށަނީ

ރާއްޖޭގެ އަންހެން ޓީމް - ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

12 ޖޫން 2025 - 06:09
16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފަޔާސް މިއަދު މާލޭގައި ފެށުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި މުބާރާތް ރާއްޖޭގައި ބޭއްވޭ ފުރަތަމަ ފަހަރެވެ. މި މުބާރާތް ކުރިއަށް އޮތް ތިންދުވަހުގައި މާލޭގެ ސޯޝަލް ސެންޓަރުގައި ކުރިޔަށްދާނެއެވެ.
މި ސަރަހައްދީ ކޮލިފައިންގ މުބާރާތުގައި ރާއްޖެ، ސްރީލަންކާ، އިންޑިއާ އަދި ބަންގްލަދޭޝް ވާދަކުރާއިރު، ރާއްޖެއިން ވާދަކުރާނީ 16 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ދެ ޓީމެވެ.
ފިރިހެން ޑިވިޝަންގެ މެޗުތައް
ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗު މިއަދު މެންދުރު 12:00 ގައި އިންޑިއާ އާއި ބަންގްލަދޭޝް އާ ދެމެދު ކުޅެވޭނެއެވެ. ރާއްޖޭގެ ފިރިހެން ޓީމުގެ ފުރަތަމަ މެޗު މިރޭ 8:00 ގައި ސްރީލަންކާއާ ދެކޮޅަށް ކުޅޭއިރު، މާދަމާ ހަވީރު އިންޑިއާއާ ދެކޮޅަށް ކުޅޭނެއެވެ. އަދި ހޮނިހިރު ދުވަހު ރާއްޖޭގެ ޓީމު ބަންގްލަދޭޝްއާ ކުރިމަތިލާނެއެވެ.
ރާއްޖޭގެ ފިރިހެން ޓީމް - ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
އަންހެން ޑިވިޝަންގެ މެޗުތައް
އަންހެން ޑިވިޝަންގެ ފުރަތަމަ މެޗު މިއަދު މެންދުރު 2:30 ގައި އިންޑިއާ އާއި ސްރީލަންކާ އާ ދެމެދު ކުޅެވޭނެއެވެ. ރާއްޖޭގެ އަންހެން ޓީމުގެ ފުރަތަމަ މެޗު މިއަދު ހަވީރު 5:30 ގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭނެއެވެ. ހުކުރު ދުވަހުގެ ރޭ ސްރީލަންކާއާ ދެކޮޅަށް ކުޅުމަށްފަހު، ހޮނިހިރު ދުވަހުގެ ހަވީރު އިންޑިއާއާ ދެކޮޅަށް ރާއްޖޭގެ އަންހެން ޓީމު ކުޅޭނެއެވެ.
މުބާރާތުގެ އަންހެން އަދި ފިރިހެން ދެ ބައިގެ ރޭންކިން މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހުއެވެ.
އިތުރު ލިޔުންތައް

ލެބްރޯން ޖޭމްސްއާއި އޭނާގެ ދަރިފުޅު ބްރޯނީ އެން.ބީ.އޭ ތާރީޚުގައި ފުރަތަމަ ފަހަރަށް އެއް ކޯޓެއްގައި ކުޅެފި
8 މަސް ކުރިން
އެމް.ބީ.އޭގެ ފައިސާއާ ގުޅޭ މައްސަލައެއް އޭސީސީން ބަލަން ފަށައިފި
6 މަސް ކުރިން
ބާސްކެޓުގެ ތްރީ އޮން ތްރީ ސީނިއާ ބައިގެ ޗެމްޕިއަންކަން ދަ ގްރޭންޑޭ އާއި ކްއީންސް ބީސީއަށް
4 މަސް ކުރިން