logoEN
ކުޅިވަރު

ސާބާ ކޮލިފަޔާސްގައި ރާއްޖޭގެ އަންހެން ޓީމަށް ލޯ މެޑަލް

މުހައްމަދު މޫސާމުހައްމަދު މޫސާ

15 ޖޫން 2025 - 14:11

ރާއްޖޭގައި ކުރިއަށްދާ ފީބާ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް، ސާބާ ކޮލިފަޔާސްގައި ރާއްޖޭގެ އަންހެން ޓީމުން ތިންވަނަ ޔަގީންކޮށް، ލޯ މެޑަލް ހޯދައިފިއެވެ.

ރާއްޖެ މި ކާމިޔާބީ ހޯދީ ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުން 86-22 ގެ ބޮޑު ތަފާތަކުން މޮޅުވެގެންނެވެ.

ޒުވާނުންވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭގެ އިތުރުން އިންޑިއާ، ސްރީ ލަންކާ އަދި ބަންގްލަދޭޝް ބައިވެރިވެފައިވެއެވެ. މުބާރާތް ފެށުނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

މިއަދުގެ މެޗުގައި ރާއްޖޭގެ ޓީމުން ދެއްކި މޮޅު ކުޅުމުގެ ތެރެއިން، ފުރަތަމަ ކުއާޓާގައި ބަންގްލަދޭޝްއަށް އެއްވެސް ޕޮއިންޓެއް ނުލިބޭ ގޮތަށް 23 ޕޮއިންޓް ހޯދިއެވެ. ދެވަނަ ކުއާޓާގައި ރާއްޖެއިން 15 ޕޮއިންޓް ހޯދިއިރު، ބަންގްލަދޭޝްއަށް ލިބުނީ އެންމެ ޕޮއިންޓެކެވެ. ތިންވަނަ އަދި ހަތަރުވަނަ ކުއާޓާގައިވެސް ރާއްޖޭގެ ޓީމުން ދެއްކީ ފާހަގަކޮށްލެވޭ ކުޅުމެކެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ރާއްޖޭގެ ލައިރާ އަހުމަދު ފިރާޝްއެވެ. ލީގު ބުރުގެ ކުޅުން އިއްޔެ ނިމިފައިވާއިރު، އަންހެން އަދި ފިރިހެން ޑިވިޝަނުގެ ފައިނަލަށް ދިޔައީ އިންޑިއާ އަދި ސްރީ ލަންކާއެވެ.

މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި ރާއްޖޭގެ ފިރިހެން ޓީމުވެސް ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭނެއެވެ. މި ކާމިޔާބީއާއެކު ރާއްޖޭގެ އަންހެން ޓީމަށް ލިބުނު ލޯ މެޑަލްއަކީ ޤައުމީ ފެންވަރުގައި ލިބުނު ފަޚުރުވެރި ކާމިޔާބީއެކެވެ.

ކޮމެންޓް

871x217_placeholder