logoEN
ކުޅިވަރު

ބާސްކެޓުގެ ތްރީ އޮން ތްރީ ސީނިއާ ބައިގެ ޗެމްޕިއަންކަން ދަ ގްރޭންޑޭ އާއި ކްއީންސް ބީސީއަށް

ބާސްކެޓުގެ ތްރީ އޮން ތްރީ ސީނިއާ ބައިގެ ޗެމްޕިއަންކަން ދަ ގްރޭންޑޭ އާއި ކްއީންސް ބީސީއއިން ވަނީ ހޯދާފައި. ފޮތޯ: ބާސްކެޓްބޯލް އެސޯސިއޭޝަން

ބާސްކެޓުގެ ތްރީ އޮން ތްރީ ސީނިއާ ބައިގެ ޗެމްޕިއަންކަން ދަ ގްރޭންޑޭ އާއި ކްއީންސް ބީސީއއިން ވަނީ ހޯދާފައި. ފޮތޯ: ބާސްކެޓްބޯލް އެސޯސިއޭޝަން

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

12 މާރިޗު 2025 - 07:45

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން އިންތިޒާމުކޮށްގެން ބޭއްވި ރަމަޟާން މަހުގެ ތްރީ އޮން ތްރީ މުބާރާތުގެ ސީނިއާ ފިރިހެން ބައިގެ ޗެމްޕިއަންކަން ދަ ގްރޭންޑޭ ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ. އަދި އަންހެން ބައިގެ ޗެމްޕިއަންކަން ކްއީންސް ބީސީން ހޯދައިފިއެވެ.

ފަސް އުމުރުފުރައަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތުގެ ސީނިއާ ފިރިހެން ބައިގެ ފައިނަލުގައި ދަ ގްރޭންޑޭ ވަނީ މާންސް 21-12 އިން ބަލިކޮށްފައެވެ. އަދި އަންހެން ބައިގެ ފައިނަލުގައި ރާއްޖޭގެ ގައުމީ ޓީމުގެ މުހިއްމު ކުޅުންތެރިންތަކެއް ހިމެނޭ ކްއީންސް ބީސީން ވަނީ އެމްޕްރެސް 10-8 އިން ބަލިކޮށްފައެވެ.

މުބާރާތުގެ 18 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން އޭޖޭއެލްކޭ އިން ހޯދިއިރު، އަންހެން ބައިގެ ޗެމްޕިއަންކަން ރަމަޟާން ކަރީމް އިން ހޯދާފައިވެއެވެ. އޭޖޭއެލްކޭ އިން ޗެމްޕިއަންކަން ހޯދީ އާ ޖީލަކަށް ޓީމާ ވާދަކޮށް 16-14 އިން މޮޅުވެގެންނެވެ. އަދި ރަމަޟާން ކަރީމް އިން ޗެމްޕިއަންކަން ހޯދީ ލަވާ ބީސީ 22-12 އިން ބަލިކޮށްގެންނެވެ.

14 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ބްލޫމް ސްކޮޑް އިން ހޯދިއިރު، އަންހެން ބައިގެ ޗެމްޕިއަންކަން ވެނޮމް އިން ހޯދާފައިވެއެވެ. އަދި 12 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ބަގްސް ބަނީ އިން ހޯދިއިރު، އަންހެން ބައިގެ ޗެމްޕިއަންކަން ވޮރިއާސް އިން ހޯދާފައިވެއެވެ.

މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އެވެ. މި ރަސްމިއްޔާތުގައި މުބާރާތުގެ ހުރިހާ ކެޓަގަރީއެއްގެ ޗެމްޕިއަނުންނާއި ރަނަރަޕް ޓީމުތަކަށް އިނާމު ދެވުނެވެ.

ކޮމެންޓް

871x217_placeholder