ފައްޔާޒުގެ ބައިވެރިވުން އޮތް ބިގް ކުންފުނީގެ ސަބަބުން ދިވެހިންނަށް ބޮޑެތި ދަތިތަކެއް ދިމާވަނީ
2 ނޮވެމްބަރު 2026 - 09:09
މެލޭޝިއާގެ އެންމެ ބޮޑު އެއް ބޭންކް ކަމަށްވާ މޭ ބޭންކުން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ބަގުރޫޓް ވިޔަފާރިވެރިޔާ ފައްޔާޒު އިސްމާއީލްގެ ބިގް ކުންފުނިން ނެގި ގާތްގަނޑަކަށް 308 މިލިއަން ރުފިޔާ ނުވަތަ 19 މިލިއަން ޑޮލަރުގެ ބޮޑު ލޯނު ނުދައްކާތީ މެލޭޝިއާ ބޭންކުތަކުގައި ދިވެހި ވިޔަފާރިވެރިން ބްލެކް ލިސްޓްވެ ލޯން ލިބުން ދަތިވާ މައްސަލަތަކެއް ފެންމަތިވެއްޖެ އެވެ.
އިތުބާރު ހުރި މަސްދަރަކުން މެންދުރު ޓީވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައިވެސް ފައްޔާޒުގެ ބައިވެރިވުން އޮތް ބިގް ކުންފުނިން ނެގި ލޯނު ދެއްކުމަށް ދިވެހި ސަރުކާރަށް ބާރު އަޅާފައިވެ އެވެ.
.png&w=750&q=75)
Ad by Hajj Corporation
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދުވަސްވަރު ބިގް ކުންފުންޏަށް ދޫކޮށްފައިވާ ގދ. ލޮނުދޫހުއްޓާ ރަހުނު ކުރުމަށްފަހު މޭ ބޭންކުން ނަނގާފައިވާ ލޯނަށް ފައިސާ ނުދައްކާތީ އެ މައްސަލައިގައި ދެ ގައުމުގެ ގުޅުމަށް ބުރޫއަރަމުންދާ ކަމަށްވެސް މައުލޫމާތު ލިބިފައިވެ އެވެ.
މެންދުރު ޓީވީއަށް މައުލޫމާތު ދެއްވި އޮފިޝަލަކު ވިދާޅުވި ގޮތުގައި ބިގް ކުންފުނީގެ ލޯނުގެ މައްސަލަ ހޫނުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާން މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މެލޭޝިއާގެ އޭރުގެ ބޮޑުވަޒީރު ނަޖީބް ރައްޒާގު ވަނީ ބިގް ކުންފުނިން ނަނގާފައިވާ ބޮޑު ލޯނަނަށް ފައިސާ ނުދާ ކަމަށް ވިދާޅުވެ އެކަން ހައްލުކުރުމަށް ރައީސް ޔާމީނަށްވެސް ދަންނަވާފަ އެވެ. އަދި މި ބައްދަލުވުމުގައި ބޮޑުވަޒީރު ވަނީ މިލޯނު ނުދައްކާތީ މެލޭޝިއާގެ ބޭންކްތަކުން ދިވެހި ކުންފުނިތަކަށް ފައިސާ ދޫކުރުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.
ގދ. ގައްދޫ ކައިރީގައި އޮންނަ ލޮނުދޫހުއްޓާ ރަހުނުކޮށް ނަނގާފައިވާ ލޯނު ނުދައްކައިގެން ރައީސް މުހައްމަދު ވަހީދާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައިވެސް މެލޭޝިއާ ސަރުކާރުން ވަނީ ލޯނު ދެއްކުމަށް ބިގް ކުންފުންޏަށް ބާރު އެޅުމަށް ދިވެހި ސަރުކާރަށް ފިއްތުންތައް ކުރިމަތިކޮށްފަ އެވެ.
ބަގުރޫޓް ވިޔަފާރިވެރިޔާ އަދި ސިޔާސީ ބިކާރީއެއް ކަމަށްވާ ފައްޔާޒުގެ ބިގު ކުންފުނިން މެލޭޝިއާގެ މޭ ބޭންކުން ލޯނު ނަގާފައިވަނީ ރައީސް މައުމޫންގެ ވެރިކަމުގައި އެމަނިކުފާނުގެ ސިޓީފުޅެއް މެލޭޝިއާގެ އޭރުގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދަށް ފޮނުއްވައިގެން ކަމަށްވެސް އެނގިފައިވެ އެވެ.
ގ. މޫނިމާގެ ހެދުމަށް ބިގް ކުންފުންޏާ އެކު އެއްބަސްވުމެއް ހެދުމަށްފަހު އެ ބިން ރަހުނުކޮށް، ބޭންކު އޮފް މޯލްޑިވްސް މެދުވެރިކޮށް ބިގް ކުންފުނިން ނެނގި 31 މިލިއަން ރުފިޔާގެ ލޯނު ނުދައްކައިގެން އެ ލޯނު ދެއްކުމަށްވެސް ސިވިލް ކޯޓުން ވަނީ ބަގުރޫޓް ވިޔަފާރިވެރިޔާ ފައްޔާޒުގެ ބިގު ކުންފުނީގެ މައްޗަށް މީގެކުރިން ހުކުމެއް ކޮށްފަ އެވެ. އަދި މޫނިމާގެ ރަހުނުކޮށް ނެގި މި ލޯނަށް ފައިސާ ނުދައްކާ ތިބުމަށްފަހު ފައްޔާޒުގެ ބައިވެރިވުން އޮތް ބިގް ކުންފުނިން ވަނީ މޫނިމާގެވެސް އެ މީހުންގެ ބާރުގެ ދަށަށް ގެނެސްފަ އެވެ.
ބަނގުރޫޓް ފައްޔާޒުގެ ބައިވެރިވުން އޮތް ކުންފުންޏަކުން އެތައް މިލިއަން ރުފިޔާއެއްގެ ލޯން ނަގައި އެތައް ބަޔަކަށް ބޮޑެތި ގެއްލުންތައް ދެމުންދާއިރު އެއްވެސް ލަދެއް ނެތި، އޭނާ ގެންދަނީ ރާއްޖޭގެ ވެރިކަމަށް އައުމަށް މަސައްކަތް ކުރަމުންނެވެ.

-01.jpg&w=3840&q=75)
