logo
ޚަބަރު

ހުއްދަ ނުހޯދާ ބޮޑު ހިލަޖެހުމުން ހުރަވަޅި ބީޗް ރިސޯޓު ޖޫރިމަނާކޮށްފި

އާމިނަތު ޝަފާ
24 އޮކްޓޯބަރު 2024 - 05:55
ހުރަވަޅި ރިސޯޓް
ހުރަވަޅި ރިސޯޓް

ހުއްދަ ނުހޯދައި ބޮޑުހިލަ ޖެހުމުން ހުރަވަޅި ބީޗް ރިސޯޓު 20،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

މިކަން ހާމަކޮށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނީ ހުރަވަޅި ބީޗް ރިސޯޓް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް އިން ރ އަތޮޅު، ހުރަވަޅި ބީޗް ރިސޯޓުގެ އިރުމަތީ ފަރާތުން ފަޅު ތެރޭގައި ބޮޑު ހިލަ ޖެހުމުގެ މަޝްރޫޢުއެއް ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމެއް ނެތި، ކުރިއަށް ގެންގޮސްފައިވާކަމަށެވެ. އެހެންކަމުން ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާބެހޭ ގަވާއިދަށް ރިޢާޔަތްކޮށް އަދި މިއީ އެ ރިސޯޓުން ކުށެއް ކުރި ފުރަތަމަ ފަހަރު ކަމުގައިވާތީ، 20,000 (ވިހިހާސް ރުފިޔާ) އިން ހުރަވަޅި ބީޗް ރިސޯޓް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވަނީ ޖޫރިމަނާކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އީޕީއޭއިންވަނީ ޖޫރިމަނާއަށްވާ ފައިސާ 30 ދުވަހުގެ ތެރޭގައި އެ އެޖެންސީއަށް ދެއްކުމަށް އަންގާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔޮޓެއް ފަރަކަށް އެރުމުން ލިބުނު ގެއްލުމަށް 4 މިލިއަން ރުފިޔާގެ ޖޫރިމަނާއެއްޚަބަރު | މަހެއް ކުރިންރަސްފަރި ފަރަށް ލިބިފައިވާ ގެއްލުންތައް ރަނގަޅުކުރުމަށް މާލީ އެހީދެނީ ޚަބަރު | 2 މަސް ކުރިންނެލިވަރު ފިނޮޅަށް އެރި ބަޔަކު 4 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިޚަބަރު | 4 މަސް ކުރިންފެހުރިހި ބަލަން ސަމްޕާއަށް ދާ އުޅަނދުތަކުގެ ބުރަފަތީގައި ގާޑުއަޅަން މަޖުބޫރުކޮށްފިޚަބަރު | 7 މަސް ކުރިން