logo
Bank of Maldives

Bank of Maldives

ޚަބަރު

ރަސްފަރި ފަރަށް ލިބިފައިވާ ގެއްލުންތައް ރަނގަޅުކުރުމަށް މާލީ އެހީދެނީ

އާމިނަތު ޝަފާ
3 ޖުލައި 2025 - 16:54
ރަސްފަރި ފަރަށް ލިބިފައިވާ ގެއްލުންތައް ރަނގަޅުކުރުމަށް މާލީ އެހީދެނީ

ރަސްފަރި ފަރަށް ދިރުން ދީ، އެފަރަށް ލިބިފައިވާ ގެއްލުންތައް ރަނގަޅުކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކަށް ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ މުއައްސަސާ، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީ.ޕީ.އޭ) އާއި އެޓްމޮސްފިއަރ ހޮޓެލްސް އެންޑް ރިސޯޓްސްގެ ދަށުން ހިންގާ އޮބްލޫ-ސެލެކްޓް ސަންގަލީ (އޯ.އެސް.އެސް) އާ ދެމެދު މިއަދުވަނީ ރަސްފަރި ފަރަށް އަލުން ދިރުން ދިނުމުގެ ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

 

މިއަދު ސޮއިކުރެވުނު މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ، ދިވެހިރާއްޖޭގެ ކަނޑުތަކުގައިވާ މުހިއްމު ފަރެއް ކަމަށްވާ ރަސްފަރި ފަރަށް ދިރުން ދީ، އެފަރަށް ލިބިފައިވާ ގެއްލުންތައް ރަނގަޅުކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކަށް އޮބްލޫ-ސެލެކްޓް ސަންގަލީގެ ފަރާތުން ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުންކަމަށް އީޕީއޭއިން ބުނެއެވެ. މީގެ ސަބަބުން ތިމާވެށި ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

 

ތިމާވެށީގެ ދިރުން ދަމަހައްޓައި، ދިގު މުއްދަތަށް ރައްކާތެރިކުރުމަށްޓަކައި ރިސޯޓުތަކާއި ސަރުކާރުގެ އިދާރާތައް ގުޅިގެން މިފަދަ މަސައްކަތްތައް ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ރާއްޖޭގެ އިގްތިސާދުގެ ބިންގަލަކީ ތިމާވެއްޓާއި ކަނޑުފަޅުތައް ކަމުން، މިފަދަ މަސައްކަތްތައް ކުރުމަކީ ދިވެހި ރާއްޖޭގެ ތިމާވެށި ދިރުވައި، އިގްތިސާދީ ގޮތުން ކުރިއަރައިގެން ދިއުމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ.

 

މި އެއްބަސްވުމުގެ ދަށުން ރަސްފަރި ފަރަށް ދިރުން ދިނުމުގެ މަސައްކަތްތައް ފަށާނެ ކަމަށާއި، މި ޕްރޮގްރާމްގެ ސަބަބުން ރާއްޖޭގެ ފަރުތަކަށް ލިބިފައިވާ ގެއްލުންތައް ބަލައި، އެފަރުތައް ހިމާޔަތްކުރުމަށް ކުރިއަށް އޮތްތަނުގައިވެސް އިތުރު މަސައްކަތްތައް ކުރެވިގެންދާނެ ކަމަށް އީ.ޕީ.އޭ އިން މައުލޫމާތުދެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުޅުދުއްފުށީ ފަރަށް އެރި ބާޖު ފުން ކުރަން ކޯޓުން އަމުރުކޮށްފިޚަބަރު | މަހެއް ކުރިންޔޮޓެއް ފަރަކަށް އެރުމުން ލިބުނު ގެއްލުމަށް 4 މިލިއަން ރުފިޔާގެ ޖޫރިމަނާއެއްޚަބަރު | 3 މަސް ކުރިންރަސްފަރި ފަރަށް ލިބިފައިވާ ގެއްލުންތައް ރަނގަޅުކުރުމަށް މާލީ އެހީދެނީ ޚަބަރު | 4 މަސް ކުރިންނެލިވަރު ފިނޮޅަށް އެރި ބަޔަކު 4 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިޚަބަރު | 6 މަސް ކުރިން