logo
ޚަބަރު

ނެލިވަރު ފިނޮޅަށް އެރި ބަޔަކު 4 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

އަޙްމަދު ޒަލީފް
27 އޭޕްރީލު 2025 - 13:14
ނެލިވަރު ފިނޮޅަށް އެރި ބަޔަކު 4 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

ހިމާޔަތްކޮށްފައިވާ ބ. ނެލިވަރު ފިނޮޅަށް ސޮނެވާފުށީގެ މުވައްޒަފުންތަކެއް ފަތުރުވެރިންނާއެކު، އަރާ ޤަވާއިދާ ޚިލާފު ޢަމަލުތަކެއް ހިންގާފައިވާތީ ސޮނެވާފުށި 4 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން އީޕީއޭއިން ވިދާޅުވީ ބަޔޯސްފިއާ ރިޒާވް އޮފީސްގެ މަންދޫބުންނާއި، ފުލުހުން ނެލިވަރަށް ގޮސް ޓޫރިސްޓުންނާއެކު ސޮނެވާފުށީގެ މުވައްޒަފުން އެސަރަހައްދު ދޫކޮށް ދިޔުމަށް އެންގުމުން ވެސް އެކަމަށް އެއްބާރުލުން ނުދިންކަމަށާއި އެ މީހުން އެސަރަހައްދުން ދިޔައީ އެމީހުން ކުރިޔަށް ގެންދަން ރޭވި ހުރިހާ ކަމެއް ނިންމައި އެތަން ސާފުކޮށްފައި ކަމަށް ސޮނެވާފުށިން ފޮނުވާފައިވާ ސިޓީއެއްގައި އިޢުތިރާފްވެފައިވާ ކަމަށެވެ. 

އީޕީއޭއިން ވިދާޅުވީ ޤަވައިދާ ޚިލާފަށް އެމީހުން ހިންގި ކަންކަމަކީ ގުދުރަތީ ނުވަތަ ތަބީއީ ގޮތުގައި ރައްކާތެރިކޮށް ދަމަހައްޓާ ތަންތަނާ ބެހޭ ގަވާއިދާ ޚިލާފަށް ކުރިޔަށް ގެންގޮސްފައިވާ އަމަލުތަކެއް ކަމަށެވެ. އެހެންކަމުން އެ ރިސޯޓު 448،375 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށް އީޕީއޭއިން ވިދާޅުވިއެވެ. އަދި އެ ފައިސާ މިދިޔަ ބުދަ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ދެއްކުމަށްވަނީ އަންގާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހަމަ އެހެންމެ، މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ފަތުރުވެރިންތަކެއް ގޮވައިގެން ސޮނެވާފުށީގެ މުވައްޒަފުންތަކެއް ބ.ނެލިވަރު ފިނޮޅަށް ގަވާއިދާ ޚިލާފަށްވަދެފައިވާކަމަށެވެ. އަދި އެފިނޮޅުގައި ގަވާއިދާ ޚިލާފު ޢަމަލުތަކެއް ކުރިޔަށް ގެންގޮސްފައިވާކަމުގެ މަޢުލޫމާތު އެއެޖެންސީއަށް ލިބުމާއި ގުޅިގެން އެމައްސަލަ ބަލާފައިވާކަމަށް އީޕީއޭއިން ވިދާޅުވިއެވެ.

މިމައްސަލަ އާއި ގުޅިގެން އެއްކުރެވުނު މަޢުލޫމާތުންނާއި، މާޅޮސްމަޑުލު ދެކުނުބުރީ ބަޔޯސްފިއަރ ރިޒަރވް އޮފީސްގެ ފަރާތުންނާއި، ދިވެހި ފުލުހުންގެ ޚިދުމަތުން ޙިއްސާކޮށްފައިވާ ޙާދިޘާ ރިޕޯޓަށް ބަލައި މިފަރާތަށް ފިޔަވަޅު އަޅަން ނިންމިކަމަށް އެ އެޖެންސީން ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔޮޓެއް ފަރަކަށް އެރުމުން ލިބުނު ގެއްލުމަށް 4 މިލިއަން ރުފިޔާގެ ޖޫރިމަނާއެއްޚަބަރު | މަހެއް ކުރިންރަސްފަރި ފަރަށް ލިބިފައިވާ ގެއްލުންތައް ރަނގަޅުކުރުމަށް މާލީ އެހީދެނީ ޚަބަރު | 2 މަސް ކުރިންނެލިވަރު ފިނޮޅަށް އެރި ބަޔަކު 4 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިޚަބަރު | 4 މަސް ކުރިންފެހުރިހި ބަލަން ސަމްޕާއަށް ދާ އުޅަނދުތަކުގެ ބުރަފަތީގައި ގާޑުއަޅަން މަޖުބޫރުކޮށްފިޚަބަރު | 7 މަސް ކުރިން