logo
MPL

MPL

ޚަބަރު

ދަނގެތީގައި އެފްއެސްއެމްގެ ފިއުލް ސްޓޭޝަނެއް ހުޅުވައި، ހިދުމަތްދޭން ފަށައިފި

އަޙުމަދު ރިޝާން
7 ނޮވެމްބަރު 2026 - 04:59
ދަނގެތީގައި އެފްއެސްއެމްގެ ފިއުލް ސްޓޭޝަނެއް ހުޅުވައި، ހިދުމަތްދޭން ފަށައިފި

އދ. ދަނގެތީގައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ފިއުލް ސްޓޭޝަނެއް ހުޅުވައި، އެ ރަށުގައި ހިދުމަތްދޭން ފަށައިފިއެވެ.

މިއީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން އެސްޓީއޯއާއި އެފްއެސްއެމް ގުޅިގެން ކުރަމުންދާ މުހިންމު މަސައްކަތުގެ ދަށުން ކުރިއަށް ގެންދިޔަ ކަމެކެވެ. މަސްވެރިންނަށާއި އާންމު ރައްޔިތުންނަށް ހެޔޮ އަގެއްގައި ތެޔޮ ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށްޓަކައި ރާއްޖޭގެ 18 ރަށެއްގައި ފިއުލް ސްކިޑް ހެދުމުގެ މަޝްރޫޢެއް އިފްތިތާހުކޮށްފައިވަނީ 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަޝްރޫޢުގެ ދަށުން ފިއުލް ސްޓޭޝަން ގާއިމްކުރުމަށް ހަމަޖެހިފައިވާ 18 ރަށަކީ ރ. ދުވާފަރު، ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ށ. މިލަންދޫ، ބ. އޭދަފުށި، ވ. ފެލިދޫ، ފ. ނިލަންދޫ، ދ. މީދޫ، އދ. ދަނގެތި، އއ. މަތިވެރި، ތ. ހިރިލަންދޫ، މ. މުލަކު، ލ. ގަން، ގދ. ފިޔޮރީ، ގދ. ފަރެސްމާތޮޑާ، ސ. ހުޅުމީދޫ، ގއ. ދެއްވަދޫ، އަދި ނ. މަނަދޫ އެވެ.

މިހާތަނަށް އައިއިރު މީގެ ތެރެއިން ރ. ދުވާފަރު، ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ބ. އޭދަފުށި، ށ. މިލަންދޫ، ފ. ނިލަންދޫ، ދ. މީދޫ، ނ. މަނަދޫ، އަދި އދ. ދަނގެތީގައި ވަނީ ފިއުލް ސްޓޭޝަންތައް ހުޅުވައި ހިދުމަތް ދޭން ފަށާފައެވެ.

ރާއްޖޭގެ ގިނަ އަތޮޅުތަކުގައި ކުރިން ތެޔޮ ފޯރުކޮށްދެމުން އައީ އަމިއްލަ ފަރާތްތަކުން ކަމަށްވާތީ، އާންމު ރޭޓަށްވުރެ އަގުބޮޑުކޮށް ތެޔޮ ގަންނަން ޖެހުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. މާލެއެކޭ އެއްފަދައިން އަތޮޅުތަކުގެ ރަށްރަށުންވެސް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް ސަރުކާރުން ފައްޓަވާފައިވާ މި މަޝްރޫއުގެ ސަބަބުން ރައްޔިތުންގެ މި ކަންބޮޑުވުމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދަނގެތީގައި އެފްއެސްއެމްގެ ފިއުލް ސްޓޭޝަނެއް ހުޅުވައި، ހިދުމަތްދޭން ފަށައިފިޚަބަރު | 41 މިނިޓު ކުރިންޢީދު ބަންދުގައި އެފްއެސްއެމްގެ ޝެޑްތައް ހުޅުވާ ގަޑިތައް އާންމުކޮށްފިޚަބަރު | 5 މަސް ކުރިންމަސްވެރިންނާއި އާންމު ދަތުރުފަތުރުގެ ހިދުމަތްދޭ ފަރާތްތަކަށް ކުރީގެ އަގުގައި ތެޔޮ ފޯރުކޮށްދެނީޚަބަރު | 8 މަސް ކުރިންވަގަށް ތެޔޮ ވިއްކާ މައްސަލަ ބޮޑުވާތީ، ބާޖުތަކުގައި ސީސީޓީވީ ހަރުކުރަނީޚަބަރު | އަހަރެއް ކުރިން