ދިވެހި ރާއްޖެ ޑޮލަރަށް ޖައްސާ ދަރަނިވެރިކޮށްލީ އެމްޑީޕީ ސަރުކާރުތަކުން
7 ނޮވެމްބަރު 2026 - 10:35

ދިވެހިރާއްޖޭގެ އިގްތިސޯދަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބޭރު ފައިސާއަށް އޮންނަ ޑިމާންޑް ބޮޑުވެ، ރަސްމީ ބޭންކިންގ ނިޒާމުގެ ތެރެއިން އެކަށީގެންވާ މިންވަރަށް ޑޮލަރު ލިބެން ނެތުމުގެ ސަބަބުން އުފެދިފައިވާ ކަޅުބާޒާރެވެ. މިއީ އެތައް ޒަމާނެއް ވަންދެން ހައްލެއް ނުލިބި ދިގުލައިގެން ގޮސްފައިވާ ގައުމީ ބޮޑު މައްސަލައެކެވެ.
ރާއްޖެ ދުށް އެއްވެސް ވެރިއަކަށް ހައްލުނުވެ އޮތް ބޮޑު މި މައްސަލަ ހައްލުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސައްކަތް ފެއްޓެވީ ދުރާލާ ދިރާސާކުރެއްވުމަށްފަހުގައެވެ. މި ސަރުކާރުން ވަނީ އެހެން ސަރުކާރުތަކުން އަތްނުލައި ދޫކޮށްލި ބިދޭސީންގެ މައްސަލައާއި، ޑްރަގާއި ގޭންގު މާރާމާރީގެ މައްސަލަ ފަދައިން ޑޮލަރުގެ މައްސަލަ ވެސް ހައްލުކުރުމަށް މަސައްކަތް ފެށިއެވެ.
.png&w=750&q=75)
Ad by Hajj Corporation
އިދިކޮޅު މަކަރުވެރި ނުބައި ރޭވުންތައް ހުންނަނީ ގައުމީ މަސްލަހަތަށްވުރެ ސިޔާސީ މަންފާ އިސްކުރުމުގެ ދޮހަޅި ސިޔާސަތުތަކެއްގެ ތެރޭގަ އެވެ. އަދި ޑޮލަރުގެ ކަޅުބާޒާރު ދަމަހައްޓަން ފާޑުފާޑުގެ ކެހިވެރި ރޭވުމުގެ ދަށުން މަސައްކަތްކުރަމުންދާ މަންޒަރު ފެނިގެންދެ އެވެ.
ހާއްސަކޮށް މާޒީގައި ވެރިކަންކޮށްފައިވާ އެމްޑީޕީގެ ދޮހަޅި ސިޔާސަތުތަކަށް ބަލާއިރު، 2011 ވަނަ އަހަރު ކެނެރީގެ ނަޝީދުގެ ވެރިކަމުގައި ބޭރު ފައިސާ ކޮންޓްރޯލް ކުރުމަށް ހަރުކަށި އަދި ބިރުދެއްކުމުގެ ސިޔާސަތުތަކެއް ގެންގުޅުނު ނަމަވެސް، އެކަމުން އެއްވެސް ނަތީޖާއެއް ނުނުކުތެވެ. އަދި އޭރު ޑޮލަރު ރޭޓު 15.42 އަށް މައްޗަށް ޖެއްސުންހިމެނެ އެވެ. އޭގެފަހުން 2018 އިން 2023އަށް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައިވެސް ޑޮލަރުގެ ކަޅުބާޒާރު އިންތިހާއަށް ފުޅާވެ، އެކަމަށް ދާއިމީ ހައްލެއް ހޯދައިދެވިފައެއްނުވެ އެވެ. އޭގެ ބަދަލުގައި ސޯލިހުގެ ސަރުކާރުން މާލީ އިދާރާތަކަށް ގޮންޖަހާ، ގާނޫނު ސަސްބެންޑްކޮށް، ފައިސާ ޗާޕު ކުރުމުން ޑޮލަރުގެ ކަޅުބާޒާރު އުފެދި ރާއްޖޭގެ އިގްތިސޯދަށް މިހާލަތު އަންނާނެ ކަމަށް މާލީ އިދާރާތަކުންނާއި އޭރުގެ އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ބުނަމުންދިޔަ އެވެ.
ވެރިކަމާ ހަވާލުވުމަށްފަހު، މި ސަރުކާރުން ވަނީ ޑޮލަރުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ މަގުސަދުގައި ބޮޑެތި އިސްލާހުތަކެއް ތަންފީޒުކުރަން ފަށާފައެވެ. އޭގެތެރޭގައި އެންމެ ފާހަގަކޮށްލެވެނީ ރިސޯޓުތަކުން މުވައްޒަފުންނަށް ދިވެހި ރުފިޔާއިން މުސާރަދިނުން ހުއްޓުވުމާއި ޑޮލަރު މާރުކުރުމުގެ އާ ގަވާއިދުގެ ދަށުން، ރާއްޖޭގެ ޓޫރިޒަމް ސިނާޢަތުގައި ހިންގާ ފަރާތްތަކުން ބޭންކުތަކަށް ޑޮލަރު މާރުކުރަންޖެހޭގޮތަށް ހަމަޖެއްސުމެވެ. މިއީ ބޭންކު ނިޒާމަށް ޑޮލަރު ވެއްދުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.
ވިޔަފާރިވެރިންނަށް އެކްސްޕޯޓް އަދި ޓޫރިޒަމް އާމްދަނީން ލިބޭ ފައިސާ ބޭންކުތައް މެދުވެރިކޮށް ފަސޭހައިން މުއާމަލާތްކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ފެށިއެވެ. އަދި ބޭރު ފައިސާގެ މުއާމަލާތްތައް ހަރުދަނާކުރުމަށް ގާނޫނީ އޮނިގަނޑު ވަރުގަދަކޮށްފައިވެއެވެ. ދައުލަތުގެ ރަސްމީ ރިޒާވް ހިފެހެއްޓުމަށާއި، ބޭރު ފައިސާއަށް ކުރާ ބުރަ ކުޑަކުރުމަށް ސަރުކާރުގެ ހަރުދުތައް ކުޑަކުރުމުގެ ފިޔަވަޅުތައް ވެސް ވަނީ އަޅާފައެވެ. ލޯނެއް ނުނަގާއި އެމްޑީޕީ ސަރުކާރުން ދަރުވާލީ ދިވެހި ސަރުކާރުގެ ލޯނުތައް ހަލާސްކުރުމާއި، ދިގުމުތައް ރަހުނުކޮށްފައިހުރި ދަރުމަވަންތަ ހޮސްޕިޓަލްފަދަ މުހިއްމު އިމާރާތްތައް އަނބުރާ ދިވެހިންނަށް މި ސަރުކާރުން ވަނީ ހޯދައިދީފަ އެވެ.
ޑޮލަރުގެ މައްސަލައިގައި މިހާރުގެ ސަރުކާރަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ފާޑުކިޔުންތަކަކީ މާޒީގެ ނާކާމިޔާބީތަކާއި ފޭލިވުންތައް ފޮރުވުމަށް އަޅާފައިވާ ފަރުދާއެކެވެ. ޑޮލަރުގެ ކަޅުބާޒާރު ނައްތާލުމަކީ ހަމައެކަނި ސިޔާސީ ވާހަކަތަކަކުން ކުރެވޭނެ ކަމެއް ނޫނެވެ. އެކަންކުރެވޭނީ ދުރުރާސްތާގެ އިގްތިސޯދީ ހަރުދަނާ އިސްލާހުތަކުންކަން ގަބޫލްކުރަންޖެހެ އެވެ.
ޑޮލަރުގެ ދަތިކަމަކީ އެއްރެއަކުން ހައްލުކުރެވޭނެ ފަސޭހަ މައްސަލައެއް ނޫނެވެ. ނަމަވެސް، މި ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ދިވެހި އިގްތިސޯދަށް ހެޔޮ ބަދަލުތަކެއް އަންނަންވަނީ ފަށާފަ އެވެ. ވިޔަފާރިވެރިންނާއި ސަރުކާރު އަދި މަރުކަޒީ ބޭންކު ގުޅިގެން މަސައްކަތްތަކެއްފަށާ މި މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ލިބި، ރާއްޖޭގެ އިގްތިސޯދު އިތުރަށް ވަރުގަދަވެގެންދާކަމުގެ ފެހި ސިގްނަލް ބައިނަލްއަގުވަމީ މާލީ ޖަމިއްޔާތަކުން މިހާރު ވަނީ ދޭންފަށާފަ އެވެ.

-01.jpg&w=3840&q=75)
