logo
MPL

MPL

ކުޅިވަރު

ފޯމުގައި އޮތް ޓޮޓްނަމް ބަލިކޮށް، ލީޑްސް އިންް މުހިންމު މޮޅެއް

އަބްދުﷲ ޣާނިމް
8 ނޮވެމްބަރު 2026 - 03:30
ފޯމުގައި އޮތް ޓޮޓްނަމް ބަލިކޮށް، ލީޑްސް އިންް މުހިންމު މޮޅެއް

އިންގްލިޝް ޕްރިމިއާ ލީގުގައި ޓޮޓްނަމް އަތުން 1-0 އިން މޮޅުވެ، މޮޅެއް ނުލިބި ހޭދަކުރި ފަސް މެޗުގެ ސިލްސިލާއަށް ލީޑްސް ޔުނައިޓެޑުން ނިމުމެއް ގެނެސްފިއެވެ. މިމޮޅާއެކު ފަސް މެޗުން ބަލިނުވެ، ލީގުގައި ކުރިޔަށްދާން ނިކުތް ޓޮޓްނަމް ވަނީ މަޑުޖެހިލާފައެވެ.

މި މެޗުގެ ހަމައެކަނި ލަނޑު މެޗުގެ 79 ވަނަ މިނެޓުގައި ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިތާ އެންމެ 97 ސިކުންތުގެ ތެރޭގައި ނޯއާ އޮކަފޯއެވެ. އޮކަފޯ މި ލަނޑު ޖެހީ ރޮޑްރީގޯ ބެންޓަންކޫރު ކައިރިން ނައްޓާލުމަށްފަހު، ކީޕަރު އެންޓޮނިން ކިންސްކީ ފަހަތަށް ބޯޅަ ފޮނުވާލައިގެންނެވެ. މިއީ މި ސީޒަނުގައި ލީޑްސްގެ ބަދަލު ކުޅުންތެރިއަކު ޖެހި ފުރަތަމަ ލަނޑެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ފުރަތަމަ ހާފުގައި ލީޑްސްގެ ޖޭޑަން ބޯގްލް، ޓޮޓްނަމްގެ މެތިސް ޓެލްއަށް ކުރި ފައުލަކަށް ވީއޭއާރުން ރަތް ކާޑެއް ނުދައްކަން ނިންމި މައްސަލަ ފާހަގަކޮށްލެވުނެވެ. މެޗުގެ ފަހުކޮޅު ރޮބާޓޯ ޑި ޒާބީގެ ޓޮޓެންހަމުން ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތްތައް ލީޑްސްގެ ކީޕަރު ޖޭމްސް ޓްރެފޯޑް ވަނީ ދިފާއުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފޯމުގައި އޮތް ޓޮޓްނަމް ބަލިކޮށް، ލީޑްސް އިންް މުހިންމު މޮޅެއްކުޅިވަރު | 20 މިނިޓު ކުރިންޖެިޖެހިގެން ތިން މެޗުން މޮޅުވެ، ޓޮޓްނަމް މޮޅުވުމުގެ ސިސްސިލާ ކުރިޔަށްކުޅިވަރު | 7 ދުވަސް ކުރިންކޮވެންޓްރީ ބަލިކޮށް، ޓޮޓްނަމް މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފިކުޅިވަރު | 19 ދުވަސް ކުރިންލިވަޕޫލުން ޓޮޓްނަމް ބޮޑު ބައްޔަލުން ބަލިކޮށް ކަޕުގެ ފުރަތަމަ ބުރުން މުބާރާތުން ބޭރުކޮށްލައިފިކުޅިވަރު | 2 މަސް ކުރިން