ބެލަންޑޯ ހޯދި ހެރީ ކޭން ނުލައި ފީފާއިން މިދިޔަ ސީޒަނުގެ އެންމެ މޮޅު 11 ކުޅުންތެރިން އިޢުލާނުކޮށްފި
10 ނޮވެމްބަރު 2026 - 05:52

ދުނިޔޭގެ އެކި ކަންކޮޅުތަކުގެ 19,806 ޕްރޮފެޝަނަލް ކުޅުންތެރިންގެ ވޯޓުން ހޮވި 2026 ވަނަ އަހަރުގެ "ފިފްޕްރޯ ވޯލްޑް 11" އިޢުލާންކުރިއިރު، މި އަހަރުގެ ބެލޮންޑިއޯ ހާސިލްކުރި ބަޔާން މިއުނިކްގެ ފޯވާޑް ހެރީ ކޭން މި ޓީމުން ބާކީވެ ބޮޑު ހައިރާންކަމެއް ގެނުވައިފިއެވެ. މިއީ 2005 ގައި މި އެވޯޑު ތަޢާރަފްކުރި ފަހުން ބެލޮންޑިއޯ ހޯދި ކުޅުންތެރިއަކު އެ އަހަރުގެ ވޯލްޑް 11 އިން ޖާގަ ނުލިބުނު ފުރަތަމަ ފަހަރެވެ.
މިދިޔަ ސީޒަނުގައި އެންމެ ގިނަ ލަނޑު ޖެހި ނަމަވެސް، ފޯވާޑުންގެ ޖާގަތައް ލިބުނީ ކީލިއަން އެމްބާޕޭ އާއި ލަމީން ޔަމާލްގެ އިތުރުން ވޯލްޑް ކަޕުގައި މޮޅު ކުޅުމެއް ދެއްކި އާލިން ހާލަންޑް އަދި ލިއޮނެލް މެސީއަށެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ޓީމުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ އާސެނަލްއާއެކު ޕްރިމިއާ ލީގު ކާމިޔާބުކުރި ޑޭވިޑް ރާޔާއެވެ. ބެލޮންޑިއޯ ހަފްލާގައި ޔަޝިން ޓްރޮފީ ހޯދި ސްޕެއިންގެ އުނައި ސިމޯންއަށް މި ލިސްޓުން ޖާގައެއް ނުލިބުނެވެ.
ޑިފެންސް ލައިނުން ފުރުޞަތު ހޯދީ ވޯލްޑް ކަޕުގައި މޮޅު ކުޅުމެއް ދެއްކި ބާސެލޯނާގެ ޒުވާން ޑިފެންޑަރު ޕައު ކުބާސީ އާއި ޕީއެސްޖީގެ ދެ ފުލްބެކުން ކަމަށްވާ ނޫނޯ މެންޑޭސް އަދި އަޝްރަފް ހަކީމީއެވެ. މި ވޯޓަކީ 4 އޮގަސްޓް 2025 އިން ފެށިގެން 19 ޖުލައި 2026 ގެ ވޯލްޑް ކަޕް ފައިނަލާ ހަމައަށް ކުޅުންތެރިން ދެއްކި ކުޅުމަށް ބަލައި ނަގާފައިވާ ވޯޓެކެވެ.

-01.jpg&w=3840&q=75)
