logo
MPL

MPL

ކޯޓް ރޫމް

ކްލިންގ ފިލްމާއި ފުޑުރެޕިންގަށްވެސް ޑިއުޓީ ނުނެގޭނެ ގޮތް ހަމަޖައްސައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
10 ނޮވެމްބަރު 2026 - 08:10
ކްލިންގ ފިލްމާއި ފުޑުރެޕިންގަށްވެސް ޑިއުޓީ ނުނެގޭނެ ގޮތް ހަމަޖައްސައިފި

ކާބޯތަކެތި ބަންދުކުރުމަށް ބޭނުންކުރާ ކްލިންގ ފިލްމާއި ފުޑުރެޕިންގަށްވެސް ޑިއުޓީ ނުނެގޭނެ ގޮތަށް، މުދާ އެކްސްޕޯޓްކުރުމާއި އިމްޕޯޓްކުރުމާއި ރީއެކްސްޕޯޓްކުރުމުގެ ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.

ޑިއުޓީ ނުނަގާ ތަކެތީގެ ލިސްޓުން މި ދެ ބާވަތް ވަކިކޮށްފައި އޮތް ބައި، މިއަދު ގެޒެޓުކުރި އިސްލާހުން އުނިކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބަދަލު ގެނައީ، ގަވާއިދު ނަންބަރު 93-އާރ/2026 ގެ ގޮތުގައި މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި، އެ ގަވާއިދަށް ގެނައި ފަސްވަނަ އިސްލާހުންނެވެ. އިސްލާހު ނެރުނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުންނެވެ. އިސްލާހަށް އަމަލުކުރަން ފަށާނީ ގެޒެޓުގައި ޝާއިއުކުރި ދުވަހުން ފެށިގެން ކަމަށް އެ ގަވާއިދުގައި ބުނެއެވެ.

ގަވާއިދުގެ 30 ވަނަ މާއްދާގައި ބަޔާންކުރަނީ، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ ޑިއުޓީ ތާވަލުގައިވާ ބައެއް މުދަލުގެ ބާވަތްތައް މާނަކުރާނެ ގޮތެވެ. އޭގެ (ޅ) ގައި ބުނަނީ، އެ ގާނޫނުގެ 39 ވަނަ ޗެޕްޓަރުގެ (ޏ) ގައިވާ، ކާބޯތަކެތި ބަންދުކުރުމަށް ބޭނުންކުރާ ތިން ބާވަތަކަށް ޑިއުޓީއެއް ނުނެގޭނެ ކަމަށެވެ. އެއީ ކާބޯތަކެތި ބަންދުކުރާ ޕްލާސްޓިކް ކޮތަޅާއި، ފިލްމާއި ޝީޓާއި ޓިއުބްރޯލާއި، ޒިޕް ލޮކް، ޒިޕަރ އަދި ވެކިއުމްޕެކް ކޮތަޅު ފަދަ ތަކެއްޗެވެ. މި ލިސްޓު ގަވާއިދަށް ގެނައީ 2021 ވަނަ އަހަރު ގެނައި ހަތަރުވަނަ އިސްލާހުންނެވެ.

އެ ލިސްޓުގެ ދެވަނަ ނަންބަރުގައި މިހާތަނަށް ބުނެފައިވަނީ، ސިންގަލް ޔޫސް ނުވަތަ ޑިސްޕޯސަބަލް ފިލްމާއި ޝީޓާއި ޓިއުބްރޯލްގެ ތެރޭގައި، ވަގުތީ ގޮތުން ތަކެތި ބަންދުކުރުމަށް ބޭނުންކުރާ ކްލިންގ ފިލްމާއި ފުޑުރެޕިންގ ނުހިމެނޭނެ ކަމަށެވެ. އަލަށް ގެނައި އިސްލާހާއެކު، އެ ނަންބަރު މިހާރު ކިޔަވަނީ "ކާބޯތަކެތި ބަންދުކުރުމަށް ބޭނުންކުރާ ސިންގަލް ޔޫސް ނުވަތަ ޑިސްޕޯސަބަލް ފިލްމާއި، ޝީޓާއި ޓިއުބްރޯލް" މި ގޮތަށެވެ. ކްލިންގ ފިލްމާއި ފުޑުރެޕިންގ ވަކިކުރި ޖުމްލަ ގަވާއިދުގައި ނެތެވެ.

ގަވާއިދުގެ މި ބައިގައި އެހެން ބަދަލެއް ގެނެސްފައެއް ނުވެއެވެ. ކޮތަޅާއި، ޒިޕް ލޮކް އަދި ވެކިއުމްޕެކް ކޮތަޅު ފަދަ ތަކެއްޗާބެހޭ ނަންބަރުތައް ކުރިން އޮތް ގޮތަށް ދެމިއޮންނާނެއެވެ. މި ބަދަލު ގެނައި ސަބަބެއް އިސްލާހުގައި ބަޔާންކޮށްފައެއް ނުވެއެވެ.

މުދާ އެކްސްޕޯޓްކުރުމާއި އިމްޕޯޓްކުރުމާއި ރީއެކްސްޕޯޓްކުރުމުގެ ގަވާއިދު ހަދާފައިވަނީ 1979 ވަނަ އަހަރުގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ ދަށުން، 2012 ވަނަ އަހަރުއެވެ. މީގެ ކުރިން އެ ގަވާއިދަށް 2015، 2016، 2019 އަދި 2021 ވަނަ އަހަރު އިސްލާހު ގެނެސްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކްލިންގ ފިލްމާއި ފުޑުރެޕިންގަށްވެސް ޑިއުޓީ ނުނެގޭނެ ގޮތް ހަމަޖައްސައިފިކޯޓް ރޫމް | 28 މިނިޓު ކުރިންފަސްލައްކަ ރުފިޔާ ކެއިކަމަށް މެސެޖުކުރިކަމަށް ކުރި ދައުވާއަށް ބަދަލެއް ނެތް: ސިވިލް ކޯޓުކޯޓް ރޫމް | 36 މިނިޓު ކުރިންދައުލަތުގެ ގޯހަކަށް ފައިސާ ހޯދުން ފަސޭހައެއް ނޫންކޯޓް ރޫމް | 2 ދުވަސް ކުރިންދަރިފުޅު ގޯނާއަށް ދޫކޮށްލި މަންމަ 18 އަހަރަށް ޖަލަށްކޯޓް ރޫމް | 4 ދުވަސް ކުރިން