logo
MPL

MPL

ކުޅިވަރު

އާސެނަލްގެ ކުރީގެ ކޯޗު ފީފާގެ ރައީސްކަމަށް ކުރިމަތިލަނީ

މެންދުރު ޓީމް
10 ނޮވެމްބަރު 2026 - 11:09
އާސެނަލްގެ ކުރީގެ ކޯޗު ފީފާގެ ރައީސްކަމަށް ކުރިމަތިލަނީ

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) ގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރެއްވުމާމެދު އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ ނިންމާފައިވާކަމަށް ރިޕޯޓްތައް ބުނަންފަށައިފިއެވެ. މި އަންނަ އަހަރުގެ މާޗު މަހު ބާއްވާ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މި މަހުގެ 18 ގެ ނިޔަލަށް އޮތްއިރު، ޔޫރަޕުގެ ފުޓްބޯޅަ އިސްވެރިން ގެންދަވަނީ އުމުރުން 77 އަހަރުގެ ވެންގާ މި މަގާމަށް ނުކުންނެވުމަށް ބާރުއަޅުއްވަމުންނެވެ.

ވޯލްޑް ކަޕްގެ ވިޔަފާރި ހިއްސާތަކެއް އަމިއްލަ ފަރާތްތަކަށް ވިއްކާލަން އިންފަންޓީނޯ ހުށަހެޅުއްވި "ފީފާ ފޯވާޑް އެންޓަޕްރައިޒް" މަޝްރޫއު ފެއިލްވުމާ ގުޅިގެން އޭނާއަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އެކަމާ ގުޅިގެން ފީފާގެ ގްލޯބަލް ޑިވެލޮޕްމަންޓް ވެރިޔާގެ މަގާމުގައި ހުންނެވި ވެންގާ ވަނީ އެ ޕްލޭނަކީ އޭނާ ބައިވެރިވެވަޑައިގެންނެވި ކަމެއް ނޫން ކަމަށް ވިދާޅުވެ، އޭގެން ދުރަށް ޖެހިވަޑައިގެންފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޔުއެފާގެ ފުރިހަމަ ތާއީދު އޮތް ނަމަވެސް، އެފްރިކާ، އޭޝިއާ އަދި ދެކުނު އެމެރިކާގެ ބޮޑު ތާއީދެއް އަދިވެސް އޮތީ އިންފަންޓީނޯއަށެވެ. ނަމަވެސް އެފްރިކާގެ ފުޓްބޯޅަ ކުރިއަރުވަން ވެންގާ ކޮށްދެއްވާފައިވާ މަސައްކަތްތަކުގެ ސަބަބުން، އޭނާ ނުކުމެވަޑައިގެންފިނަމަ އިންފަންޓީނޯއަށް ވަރުގަދަ ގޮންޖެހުމަކާ ކުރިމަތިވާނެއެވެ. ވެންގާގެ އިތުރުން ޓޮޓެންހަމްގެ ކުރީގެ ޑިފެންޑަރު ރަމޯން ވޭގާއާއި ޖަޕާން އެފްއޭގެ ކުރީގެ ރައީސް ކޯޒޯ ތަޝީމާވެސް ވަނީ ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާސެނަލްގެ ކުރީގެ ކޯޗު ފީފާގެ ރައީސްކަމަށް ކުރިމަތިލަނީކުޅިވަރު | 30 މިނިޓު ކުރިންބެލަންޑޯ ހޯދި ހެރީ ކޭން ނުލައި ފީފާއިން މިދިޔަ ސީޒަނުގެ އެންމެ މޮޅު 11 ކުޅުންތެރިން އިޢުލާނުކޮށްފިކުޅިވަރު | 6 ގަޑިއިރު ކުރިންމަގާމާއި ފައިސާގެ ނާޖާއިޒު ފައިދާ ނެގި މައްސަލައިގައި ބައްސާމް އަދި ކަސެލް އުމުރަށް ސަސްޕެންޑްކޮށްފިޚަބަރު | 2 މަސް ކުރިންފީފާއިން އުނބަށްޖަހައި ވޯލްޑްކަޕް ވިއްކާލަން ކުރި މަސައްކަތް ހުއްޓާލައިފިކުޅިވަރު | 3 މަސް ކުރިން