logo
MPL

MPL

ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗުކަމުން ކެރިކް ވަކިކުރަނީ

އަބްދުﷲ ޣާނިމް
10 ނޮވެމްބަރު 2026 - 11:27
މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗުކަމުން ކެރިކް ވަކިކުރަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ހެޑް ކޯޗުގެ މަގާމުން މައިކަލް ކެރިކް ވަކިކުރުމަށް އެ ކްލަބުގެ އިސްވެރިން ތައްޔާރުވަމުން އަންނަ ކަމަށާއި، އޭނާގެ ބަދަލުގައި ޓީމާ ހަވާލުވާނެ އެންމެ ކުރީގައި އޮތް ކެންޑިޑޭޓަކީ މައުރީސިއޯ ޕޮޗެޓީނޯ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި ނިންމުމާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި ޔުނައިޓެޑްގެ ޗީފް އެގްޒެކެޓިވް އުމަރު ބެރާޑާ އަދި ޑިރެކްޓާ އޮފް ފުޓްބޯލް ޖޭސަން ވިލްކޮކްސް، ކްލަބުގެ ހިއްސާދާރު ސާ ޖިމް ރެޓްކްލިފްއާ މޮނާކޯގައި ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ކެރިކްގެ ކުރިމަގާ ގުޅޭގޮތުން ގޮތެއް ނިންމައި، ކޯޗު ބަދަލުކުރުމަށް ރެޓްކްލިފް އަށް ލަފާއަރުވާނެ ކަމަށް ބެލެވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު ކެރިކްގެ ބަދަލުގައި ޓީމު ހަވާލުކުރަން އެންމެ ބޮޑަށް ބޭނުންވަނީ މިވަގުތު އެމެރިކާގެ ގައުމީ ޓީމުގެ ކޯޗަކަށް ހުރި އާޖެންޓީނާގެ ޕޮޗެޓީނޯއާ ކަމަށް ވެއެވެ. ރިޕޯޓުތައް ބުނާގޮތުން އޯލްޑް ޓްރެފޯޑާ ހަވާލުވުމަށް ޕޮޗެޓީނޯ ޝައުގުވެރިވާއިރު، އެމެރިކާގެ އެއްބަސްވުން އުވާލުމަށް ދައްކަންޖެހެނީ ގާތްގަނޑަކަށް 10 މިލިއަން ޑޮލަރުގެ ރިލީޒް ކްލޯޒެކެވެ. މީގެއިތުރުން އެޑީ ހޯވް އަދި ހޫލިއަން ނާގެލްސްމަން އަކީ ވެސް މި މަގާމަށް ބަލަމުން އަންނަ ބޭފުޅުންގެ ތެރޭގައި ހިމެނޭ ކޯޗުންނެވެ.

މިދިޔަ ހޫނުމޫސުމުގައި ކެރިކް ޔުނައިޓެޑާއެކު ދެ އަހަރުގެ އެއްބަސްވުމެއް ހެދި ނަމަވެސް، އެ އެއްބަސްވުމުގައި ކްލަބުން ވަކިކުރެވޭނެ މާއްދާއެއް (އެގްޒިޓް ކްލޯޒް) ހިމަނާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ލީގު ތާވަލުގައި ޓީމު އޮތް ދަށް މަގާމުގެ އިތުރުން، މާލީ ގޮތުން ކްލަބަށް މުހިންމު ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމުގެ އުއްމީދު ކުޑަވަމުން ދިއުމަކީ މެނޭޖްމަންޓަށް އޮތް ޕްރެޝަރު އިތުރަށް ބޮޑުވެގެން ދިޔަ މައިގަނޑު ސަބަބެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗުކަމުން ކެރިކް ވަކިކުރަނީކުޅިވަރު | 31 މިނިޓު ކުރިންޔުނައިޓެޑް ބޮކި ޖަހާފައި އަޑިއަށް، ރެލިގޭޓްވުން ހުއްޓުވޭނެ މަގެއް އަދި ނުފެނޭކުޅިވަރު | ދުވަހެއް ކުރިންރެއާލް މެޑްރިޑުން މެސީ ލައިޓް 2.0 ގެ ސޮއެ ހޯދުމާއި ގާތަށް، ޔުނައިޓެޑް ހަނގުރާމައަކަށް ނިކުންނަނީކުޅިވަރު | 5 ދުވަސް ކުރިންފަހަތުން އަރައި ޔުނައިޓެޑް މޮޅުވެ، ހާލުގައި ޖެހިފައި އޮތް ޔުނައިޓެޑް އަށް މުހިންމު މޮޅެއްކުޅިވަރު | 6 ދުވަސް ކުރިން