އެލްޖީއޭ ބޯޑުގައި މަދަނީ ޖަމްޢިއްޔާ، ތަމްސީލުކުރާ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި
10 ނޮވެމްބަރު 2026 - 11:30
.jpg&w=1920&q=75)
ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑުގައި ހިމެނޭ މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރުގެ މަޤާމު ހުސްވެފައިވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހުރިއްޔާގެ އޮފީހުން އަލުން ހުޅުވާލައިފި އެވެ.
މި ފުރުޞަތު ހުޅުވާލާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުގެ ދަށުންނެވެ. ރައީސް އޮފީހުން ބުނީ މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން މިހާރު ލިބެން ހުންނާނެ ކަމަށެވެ.
.png&w=750&q=75)
Ad by Hajj Corporation
މި އޮތޯރިޓީގެ މެންބަރުކަމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 18 ނޮވެންބަރު 2026 ވާ ބުދަ ދުވަހުގެ މެންދުރު 12:00ގެ ކުރިންނެވެ. އަދި ފޯމް ބަލައި ގަންނާނީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށެވެ.

-01.jpg&w=3840&q=75)
