logo
MPL

MPL

ޚަބަރު

ހުއްދަނެތި ޔުނިޓްތައް ކުއްޔަށް ދޫކުރި 7 މީހުން ޖޫރިމާނާކޮށްފި

އައިޝަތު ނަޝާ
10 ނޮވެމްބަރު 2026 - 13:32
ހުއްދަނެތި ޔުނިޓްތައް ކުއްޔަށް ދޫކުރި 7 މީހުން ޖޫރިމާނާކޮށްފި

ގަވައިދާ ހިލާފަށް 18 ފްލެޓެއް ކުއްޔަށް ދޫކޮށްފައިވާތީ އޭގެ ތެރެއިން 7 މީހުން މިއަހަރުގެ މިހާތަނަށް ޖޫރިމަނާ ކޮށްފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ހާމަކޮށްފި އެވެ.

އެފްޑީސީ އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، އެފްޑީސީގެ ޔުނިޓްތައް ދޫކޮށްފައިވާ ފަރާތްތަކުން ގަވައިދާ ހިލާފުވި ގޮތާއި އަދި ފިޔަވަޅު އަޅާފައިވާ ގޮތުގެ މައުލޫމާތުތައް ހާމަކޮށްފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން އެ ކޯޕަރޭޝަނުން އުސޫލުތަކާއި ހިލާފުވެގެން ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 92 މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި މީގެތެރެއިން 18 މައްސަލައަކީ ހުއްދަނެތި ފްލެޓްތައް ކުއްޔަށް ދިން މައްސަލަތައް ކަމަށް ފާހަގަކޮށްފައިވެ އެވެ.

އެފްޑީސީން ބުނީ ގަވައިދާ ހިލާފުވި 18 މީހެއްގެ މައްސަލައިގެ ތެރެއިން 7 މީހުން ޖޫރިމަނާކޮށް 2 މީހަކަށް އިންޒާރުގެ ނޯޓިސް ފޮނުވާފައިވާނެ ކަމަށެވެ. އަދި ފްލެޓް ކުއްޔަށް ދީގެން 9 މައްސަލައެއް މިހާރުވެސް އެކުންފުނިން ބަލަމުންދާ ކަމަށްވެސް ބުންޏެވެ.

HWwV7IzaAAAiTW9.jpg

 

ހުށަހެޅުނު ޖުމްލަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ހުއްދަނެތި ފްލެޓަށް ބަދަލުގެނައުމުގެ މައްސަލަތައް ކަމަށް އެފްޑީސީން ބަނީ ބުނެފައެވެ. މިގޮތުން މިފަދަ 44 މައްސަލަ ފާހަގަކުރެވިފައިވާއިރު، އޭގެތެރެއިން 14 މީހަކު ޖޫރިމަނާކޮށް އެކަކަށް ވަނީ އިންޒާރު ނޯޓިސް ފޮނުވައިފައެވެ. އަދި، ހުއްދަނެތި ފްލެޓަށް ބަދަލުގެނައުމުގެ 29 މައްސަލައެއް މިހާރުވެސް ބަލަމުން އަންނަކަމަށް އެފްޑީސީން ބުނެފައިވެއެވެ. 

އާންމު ތަންތަނަށް ގެއްލުން ދިނުމުގެ 16 މައްސަލައެއްވެސް އެކުންފުންޏަށް ވަނީ ހުށަހެޅިފައެވެ. މީގެތެރެއިން ފަސް މައްސަލައެއްގައި އިންޒާރުދީ އިތުރު 11 މައްސަލައެއް އަންނަނީ ބަލަމުންނެވެ. 

HWwV7I5aYAArJIR.jpg

 

އެފްޑީސީން ބުނީ އެކޯޕަރޭޝަންގެ އެންގުންތަކަށް އަމަލުނުކޮށްގެން 10 މައްސަލައެއް އަހަރުގެ މިިހާތަނަށް ހުށަހެޅިފައިވާ ކަމަށެވެ. މީގެތެރެއިން އެއް މައްސަލައިގައި މީހަކަށް އިންޒާރުދީ އަނެއް 9 މައްސަލަ އަންނަނީ ބަލަމުންނެވެ. އަދި، ކުނި އެޅުމުގެ ގަވާއިދާ ހިލާފުވެގެން ހުށަހެޅުނު 4 މައްސަލައެއްގައި 2 މީހަކު ޖޫރިމަނާކޮށް އަނެއް ދެ މައްސަލަ ބަލަމުން އަންނަކަމަށް އެފްޑީސީން ބުނެފައިވެއެވެ. 

އެފްޑީސީން އިތުރަށް ބުނީ، ނޮވެމްބަރު 4 ވަނަ ދުވަހުގެ ނިޔަލަށް ހައުސިން ޔުނިތްތަކަށް ކުލި ދައްކާ ނިސްބަތް 12.2 އިންސައްތަ އިތުރުވެފައިވާ ކަމަށާއި، މިގޮތުން 3432 ހައުސިން ޔުނިޓަށް ގަވާއިދު ކުލި ދައްކަމުންދާއިރު މީގެކުރިން ގަވައިދުން ކުލިދައްކަމުން ދިޔައީ 3362 ހައުސިން ޔުނިޓަށް ކަމަށް އެފްޑީސީން ވަނީ ބުނެފަ އެވެ. 

ފްލެޓްތަކަށް ކުލިދައްކާ ނިސްބަތް ގަވާއިދުން މޮނިޓާކުރަން ފެށުމާއެކު، ކުރިން ފައިސާ ނުދައްކައި ހުރި ޔުނިޓްތަކުގެ އަދަދު 564 އިން 495 އަށް ދަށްކުރެވިފައިވާ ކަމަށް އެފްޑީސީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުއްދަނެތި ޔުނިޓްތައް ކުއްޔަށް ދޫކުރި 7 މީހުން ޖޫރިމާނާކޮށްފިޚަބަރު | 40 މިނިޓު ކުރިންކުލި ނުދައްކާ ދެ ފްލެޓް ހުސްކުރަން އެންގުމާ އެކު، ކުލި ދައްކަން މީހުން ގުޅަން ފަށައިފި: އެފްޑީސީޚަބަރު | 23 ދުވަސް ކުރިންފަހި ދިރިއުޅުން ކޯޕަރޭޝަން ފްލެޓްތަކުގެ ބެލްކަނި އަންނަ މަހު 28 ގެ ކުރިން ރަނގަޅު ކުރަން އަންގައިފިޚަބަރު | މަހެއް ކުރިންފަހި ފްލެޓް ކުއްޔަށް ދިން މީހަކު ޖޫރިމަނާ ކޮށްފިޚަބަރު | 2 މަސް ކުރިން