ޖުމްހޫރީ ދުވަހުގެ ބަންދާ ދިމާކޮށް މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެ ކަމުގެ އިންޒާރު ދީފި
11 ނޮވެމްބަރު 2026 - 08:03

ޖުމްހޫރީ ދުވަހާ ގުޅިގެން ލިބުނު 4 ދުވަހުގެ ދިގު ޗުއްޓީއާ ދިމާކޮށް، މެދުރާއްޖެތެރޭގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
އެގޮތުން، ކ. އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށް މިއަދު ހެނދުނު 7:00 އިން ފެށިގެން މެންދުރުފަހު 13:00 ހަމައަށް ވަނީ "ހުދު ސަމާލު" ނެރެފައެވެ. މި ވަގުތުތަކުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.
.png&w=750&q=75)
Ad by Hajj Corporation
މިހާރު ކުރަމުންދާ ވިއްސާރަ އަލިވާން ފަށާނެ ކަމަށް ލަފާކޮށްފައިވަނީ މާދަމާއަށް ފަހު ކަމަށްވާއިރު، ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އާއިލާތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ދަތުރަށް ފެށުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށާއި، އުޅަނދުފަހަރުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ އެންމެހައި ރައްކާތެރިކަމުގެ ވަސީލަތްތައް ފުރިހަމަކޮށްފައި ހުރިތޯ ޗެކްކުރުމަށް ވަނީ އިރުޝާދުދީފައެވެ.

-01.jpg&w=3840&q=75)
