ހަފުތާ ބަންދާ ދިމާކޮށް ދެކުނާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެ
12 ނޮވެމްބަރު 2026 - 06:38

ކުރިއަށް އޮތް ހަފުތާ ބަންދުގައި، ހާއްސަކޮށް ހުކުރު އަދި ހޮނިހިރު ދުވަހު ރާއްޖޭގެ ދެކުނަށާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފި އެވެ.
މެޓް އޮފީހުން ބުނީ މި ދުވަސްތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކުރުމާއެކު ވައިގަދަވާނެ ކަމަށެވެ. އެގޮތުން މެދުރާއްޖެތެރެއަށް 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި ދެކުނުގެ ރަށްތަކަށް 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި ވިލާގަނޑުގައި ވައިގަދަވެ، 40 މޭލަށް ވައިޖެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
.png&w=750&q=75)
Ad by Hajj Corporation
ކަނޑުތަކުގެ ހާލަތަށް ބަލާއިރު، އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް، އެހެން ސަރަހައްދުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، ވިލާގަނޑުގައި ކަނޑުތައް މާބޮޑަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. މީގެއިތުރުން، އުތުރުގެ އަތޮޅުތަކުގައި ރާޅުގެ އުސްމިން 2 ފޫޓާއި 5 ފޫޓާ ދެމެދު ހުންނާނެ ކަމަށާއި، މެދުރާއްޖެތެރެއާއި ދެކުނުގައި ރާޅުގެ އުސްމިން 3 ފޫޓާއި 6 ފޫޓާ ދެމެދުގެ އުސްމިނެއްގައި ހުންނާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ކަނޑުދަތުރުފަތުރުކުރާ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއާއި ސަލާމަތީ ހިދުމަތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ދަތުރަށް ފެށުމުގެ ކުރިން ކަމާބެހޭ ފަރާތްތަކަށް އެންގުމަށާއި، އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ރައްކާތެރިކަމުގެ ހުރިހާ ވަސީލަތްތަކެއް ފުރިހަމަކޮށްފައި ހުރިކަން ޔަގީންކުރުމަށް ވަނީ ކަމާބެހޭ ފަރާތްތަކުން ބާރުއަޅުއްވާފަ އެވެ.

-01.jpg&w=3840&q=75)
