logo
Bank of Maldives

Bank of Maldives

ޚަބަރު

ސިއްހީ ދާއިރާއިން އުފެދޭ ކުނި ނައްތާލުމަށް ފުރަތަމަ ފަހަރަށް ފެސިލިޓީއެއް

އާމިނަތު ޝަފާ
25 އޮކްޓޯބަރު 2024 - 04:01
ސިއްހީ ދާއިރާއިން އުފެދޭ ކުނި ނައްތާލުމަށް ގާއިމުކުރި ފެސިލިޓީ ހަވާލުކުރުމުގެ ތެރެއިން
ސިއްހީ ދާއިރާއިން އުފެދޭ ކުނި ނައްތާލުމަށް ގާއިމުކުރި ފެސިލިޓީ ހަވާލުކުރުމުގެ ތެރެއިން

ސިއްޙީ ދާއިރާއިން އުފެދޭ ކުނި ހަރުދަނާ އުސޫލުތަކާ އެއްގޮތަށް މެނޭޖުކުރުމާއި ރަށު ފެންވަރުގައި ނައްތާލުމަށް ހާއްސަކޮށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ފެސިލިޓީއެއް ގާއިމުކޮށްފިއެވެ. މި ފެސިލިޓީ ގާއިމުކޮށްފައިވަނީ  ހއ. ބާރަށު ޞިއްޙީ މަރުކަޒުގައެވެ.

މި ފެސިލިޓީއަކީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ މާލީ އެހީއާއި ޔުނައިޓަޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) ގެ އެހީތެރިކަމާއެކު، މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާއިން ކުރިއަށްގެންދާ "އެލިމިނޭޓިންގ ޕާސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް" (ޕޮޕްސް) މަޝްރޫޢުގެ ދަށުން ގާއިމުކޮށްފައިވާތަނެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ފެސިލިޓީގައި ޞިއްޙީ ދާއިރާއިން އުފެދޭ ކުނި ހަރުދަނާ އުސޫލުތަކާ އެއްގޮތަށް މެނޭޖުކުރުމަށް ރަށު ފެންވަރުގައި ނައްތާލުމަށް އެންމެ ރަނގަޅު ޓެކްނޮލޮޖީ އަދި ތިމާވެއްޓާ ރައްޓެހި އުސޫލުތައް ތަޢާރަފު ކުރެވޭނެއެވެ. ހަމަ އެހެންމެ ނޭދެވޭ ގޮތުގައި ކުނި ނައްތާލުމުން ޖައްވަށް ބޭރުވާ ވިހަ މާއްދާތައް މަދުކުރެވޭނެއެވެ. މިކަމުގެ ސަބަބުން ވެއްޓަށާއި ބާރަށުގައި ދިރިއުޅޭ ރައްޔިތުންގެ ޞިއްޙަތަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުން ރައްޔިތުން ރައްކާތެރި ކުރެވޭނެއެވެ. ބާރަށުގައި ގާއިމު ކުރެވުނު ފެސިލިޓީ އަކީ ސިއްޚީ މަރުކަޒެއްގައި ސިއްޙީ ކުނި މެނޭޖުކުރުމަށް ދިވެހިރާއްޖޭގައި ގާއިމުކުރެވުނު ފުރަތަމަ ފެސިލިޓީއެވެ.

މި ފަހުމުނާމާގެ ދަށުން ނެޝަނަލް ހެލްތު ލެބޯރެޓަރީގެ މަސައްކަތް ހަރުދަނާ ކުރުމަށް ހެވީމެޓަލްސް ޓެސްޓު ކުރެވޭ އައިސީޕީ އެމްއެސް މެޝިނެއް ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ޕޮޕްސް މަޝްރޫއުގެދަށުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހއ. ބާރަށު ޞިއްޙީ މަރުކަޒުގައި ޤާއިމުކޮށްފައިވާ މެޑިކަލް ކުނި މެނޭޖްކުރުމުގެ ފެސިލިޓީގެ އިތުރުން، ނުރައްކާތެރި ކެމިކަލް ހިމެނޭ ކުނި ސްޓޯރ ކުރުމަށް އައްޑޫ ސިޓީގައި އިންޓެރިމް ހަޒަރޑަސް ކެމިކަލް ވޭސްޓް ސްޓޯރޭޖް ފެސިލިޓީއަކާއި ރ. ވަންދޫގައި ހަޒަރޑަސް ކެމިކަލް އެންޑް ވޭސްޓް މެނޭޖްމަންޓް ސިސްޓަމްއެއް ގާއިމްކުރުން ހިމެނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއަދަކީ މާލެ ސަރަހައްދަށް ވައިގެ ނުސާފުކަން މަތި ދުވަހެއްް ޚަބަރު | 8 މަސް ކުރިން ހުރިހާ ރަށެއްގެ ފެނާއި ކަރަންޓުގެ ޚިދުމަތް އިތުރަށް ރަނގަޅުކުރަން މަޝްވަރާތަކެއް ޚަބަރު | 9 މަސް ކުރިންޓެކްނޮލޮޖީގެ ދިރާސާތަކަށް ޚާއްޞަކޮށްގެން ނެރޭ ފުރަތަމަ ޖާނަލް ތަޢާރަފުކޮށްދެއްވައިފިޚަބަރު | 9 މަސް ކުރިންއަލިފާނުގައި ގެއްލުންވި މިނިސްޓްރީތައް ދަރުބާރުގެއަށްޚަބަރު | 9 މަސް ކުރިން