މިއަދަކީ މާލެ ސަރަހައްދަށް ވައިގެ ނުސާފުކަން މަތި ދުވަހެއްް
5 ޖެނުއަރީ 2025 - 06:42

މިއަދަކީ މާލެ ސަރަހައްދުގެ ޖައްވު ވަރަށް ބޮޑަށް ނުސާފު ދުވަހެއްްކަމަށް ފާހަގަކުރެވިފައިވާކަމަށް ވިލިމާލޭގައި ހުންނަ އެއާ ކޮލިޓީ މޮނިޓަރިން ސިސްޓަމުން ދައްކައިފިއެވެ.
ވިލިމާލޭގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީގެ އެއާ ކޮލިޓީ މޮނިޓަރިން ސިސްޓަމުން ދައްކާ ގޮތުގައި އެވެރޭޖް އައުޓްޑޯ ވައިގެ ކޮލިޓީ ބަލާއިރު މި ސަރަހައްދުގެ ވައިގެ ކޮލިޓީ މިވަގުތު ހުރީ 107 ގައެވެ. މިއަދު ހެނދުނު 11 ޖެހި އިރު މިއަދަދު ހުރީ މިއަށްވުރެވެސް މަތީގައެވެ.
ވައިގެ ކޮލިޓީ މޮޑަރޭޓް ލެވެލް ދަށްވާނެކަމަށް ދައްކަނީ މެންަދުރު 12 ގެ ފަހުންނެވެ.
މިއީ ސިއްހަތަށް ނުރައްކާ ވާނެ މިންވަރަކަށްވާތީ ހައި ރިސްކް މީހުން ހާއްސަ ސަމާލުކަމެއްދީ ބޭރަށް ނިކުންނައިރު މާސްކު އެޅުމަށް ސަމާލުކަން ދޭންޖެހޭނެއެވެ.
މިދިޔަ ހަފުތާގައި ރާއްޖެއަށް ކުރި ގަދަ ވިއްސާރައަށް ފަހު، އިއްޔެ އިން ފެށިގެން އަނެއްކާ ވެސް ރާއްޖެ ސަރަހައްދުގެ ޖައްވު ވަނީ ތަޣައްޔަރު ވާން ފަށައިފަ އެވެ. މި ވަގުތު، ހޭޒްގެ އަސަރު އެންމެ ބޮޑަށް ކުރަނީ ރާއްޖޭގެ އުތުރުގެ ރަށްތަކަށެވެ.
ވައިގެ ކޮލަޓީ ކުރިއަށް އޮތް ދަވަސް ތަކުގެ ތެރޭގައި އިތުރަށް ނުސާފު ވާނެތީ ބޭރައް ދާއިރު މާސްކް އެޅުމާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުމައް އަދި އެއާ ޕިޔުރިފައިއާ ބޭނުން ކުރުމައް އިލްތިމާޒް ކޮއްފައެވެ.