logo
Bank of Maldives

Bank of Maldives

ޚަބަރު

ހުރިހާ ރަށެއްގެ ފެނާއި ކަރަންޓުގެ ޚިދުމަތް އިތުރަށް ރަނގަޅުކުރަން މަޝްވަރާތަކެއް

އާމިނަތު ޝަފާ
30 ޑިސެމްބަރު 2024 - 04:47
މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް، އެންޑް އެނަރޖީ، ޠާރިޤު އިބްރާހީމް، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙާ ބައްދަލުކުރައްވަނީ
މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް، އެންޑް އެނަރޖީ، ޠާރިޤު އިބްރާހީމް، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙާ ބައްދަލުކުރައްވަނީ

ހުރިހާ ރަށެއްގެ ފެނާއި ކަރަންޓުގެ ޚިދުމަތް އިތުރަށް ރަނގަޅުކުރަން މަޝްވަރާކޮށްފިއެވެ.

މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް، އެންޑް އެނަރޖީ، ޠާރިޤު އިބްރާހީމް، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙާ ބައްދަލުކުރައްވާފައިވާއިރު މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެނަކައިން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ މަގުތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުވުމުގައި ފެނަކަ ކޯޕަރޭޝަންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް މިނިސްޓްރީން އެހީތެރިވެދެވިދާނެ ގޮތްތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން، ފެނަކައިން މިހާރު ކުރިއަށްގެންދާ އެކިއެކި މަސައްކަތްތަކާއި ކުރިމަގުގެ ޕްލޭންތަކާ ބެހޭގޮތުންވެސް ވާހަކަދެކެވިފައިވާކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

ބައްދަލުވުމުގައި މިނިސްޓަރ ޠާރިޤު އިބްރާހީމް ވިދާޅުވީ ފެނަކައަކީ ރާއްޖޭގެ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ކުންފުންޏެއްކަމަށް ވާއިރު އަމާޒަކީ ފެނަކައިގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު މަތިކުރުންކަމަށެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙު ވިދާޅުވީ މިނިސްޓްރީގެ އެހީތެރިކަމާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފެނާއި ކަރަންޓުގެ ޚިދުމަތް އިތުރަށް ރަނގަޅުކުރެވޭނެކަމަށާއި މި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުގެ އެހީގައި ކުރިއަށް އޮތްތަނުގައި ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށެވެ.

މި ބައްދަލުވުމަކީ ސަރުކާރުގެ އެކި މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމުގައި މިނިސްޓްރީން ބުނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަމާލުވޭ! ފެނަކައިގެ ނަމުގައި ބިލުތަކުން ފައިސާ ދޭނެކަމަށް ބުނެ ޕޭޖެއް ހިންގަނީޚަބަރު | 15 ދުވަސް ކުރިންލ. ގަމަށް ފެނުގެ ޚިދުމަތް ދޭން ފަށައިފިން، މިރޭގެ ވަގުތެއްގައި ކަރަންޓުދެވޭނެ: ފެނަކަޚަބަރު | 16 ދުވަސް ކުރިންފުވައްމުލަކު ފެނުގެ މައްސަލަ: މިދިޔަ މަހަށް ބިލު ނުކުރަން ނިންމައިފި ޚަބަރު | 17 ދުވަސް ކުރިންފެނަކައިން ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައިވެސް ކޮރަޕްޝަންޚަބަރު | 18 ދުވަސް ކުރިން