logo
MPL

MPL

ޚަބަރު

ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު ހއ. ދިއްދޫގައި ހުޅުވައިފި

އައިޝަތު އީމާން ރަޝީދު
14 ނޮވެމްބަރު 2026 - 06:06
ނަސްރު ދުވަހުގައި ސިފައިންގެ މައުރަޒު ހއ.ދިއްދޫ ގައި
ނަސްރު ދުވަހުގައި ސިފައިންގެ މައުރަޒު ހއ.ދިއްދޫ ގައި

ނަޞްރުގެ ދުވަހާ ގުޅުވައިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިންތިޒާމުކޮށްގެން ބާއްވާ "ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު" ހއ. ދިއްދޫގައި ރަސްމީކޮށް ހުޅުވައިފިއެވެ.

ހއ. ދިއްދޫ އިސްލާމީ މަރުކަޒުގައި ކުރިއަށްދާ މި މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި، ސިފައިންގެ ފަރާތުން ނެރެމުން އަންނަ "އައްޑަނަ" މަޖައްލާގެ 40 ވަނަ އަދަދުވެސް ވަނީ ރަސްމީކޮށް ނެރެދެއްވާފައެވެ. މި މަޖައްލާ ނެރެދެއްވީ ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ޝަރީފެވެ.

Ad by Hajj Corporation

Ad by Hajj Corporation

2 ދުވަހުގެ މުއްދަތަށް އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މައުރަޒުގައި، 1988 ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާއާ ގުޅޭ ތާރީޚީ މަޢުލޫމާތާއި ފޮޓޯތަކުގެ އިތުރުން، ގައުމީ ދިފާޢީ ބާރުގެ އަސްކަރީ ގާބިލުކަމާއި އެކި ޔުނިޓްތަކުގެ މަސައްކަތްތައް ދައްކުވައިދޭ ސްޓޯލްތައް ވަނީ ބަހައްޓާފައެވެ.

ދިއްދޫގެ ގިނަ ޢަދަދެއްގެ ރައްޔިތުންނާއި ސްކޫލް ދަރިވަރުން ޒިޔާރަތްކުރަމުންދާ މި މައުރަޒުގެ ސަބަބުން، ގައުމީ ސަލާމަތާއި މިނިވަންކަމުގެ ދިފާޢުގައި ސިފައިން ކުރާ މަސައްކަތްތަކަށް އާންމުން އިތުރަށް އަހުލުވެރިވެގެންދާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު ހއ. ދިއްދޫގައި ހުޅުވައިފިޚަބަރު | ގަޑިއިރެއް ކުރިންނޮވެމްބަރު 3 ގެ ހިތްވަރުގަދަ 5 ބަޠަލެއްގެ ޚިދުމަތުގެ އަގުވަޒަންކޮށް އައްޑަނަ އަރުވައިފިޚަބަރު | 11 ދުވަސް ކުރިންމަރުހޫމް މަހުދީއަށް އިޓަލީގެ އެންމެ މަތީ ޝަރަފްޚަބަރު | 16 ދުވަސް ކުރިންދިއްދޫ ފުޓްސެލް ދަނޑުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދަނީޚަބަރު | 18 ދުވަސް ކުރިން