logo
MPL

MPL

ކުޅިވަރު

ވޯލްޑްކަޕުން ބޭރުކޮށްލުމުގެ ބަދަލުހިފައި، ޖަޕާނުން ބްރެޒިލް ބަލިކޮށްފި

އަބްދުﷲ ޣާނިމް
14 ނޮވެމްބަރު 2026 - 14:01
ވޯލްޑްކަޕުން ބޭރުކޮށްލުމުގެ ބަދަލުހިފައި، ޖަޕާނުން ބްރެޒިލް ބަލިކޮށްފި

ސިންގަޕޫރުގެ ނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު ބައިނަލްއަޤްވާމީ އެކުވެރިކަމުގެ ފޯރިގަދަ މެޗުގެ އިތުރު ވަގުތުގައި ޓަޓްސުހީރޯ ސަކަމޯޓޯ ކާމިޔާބުކުރި ލަނޑުން 3-2 ގެ ނަތީޖާއަކުން ބްރެޒިލް ބަލިކޮށް، ޖަޕާނުން ބޮޑު ސިހުމެއް ގެނުވައިފިއެވެ. މި ނަތީޖާއާއެކު ޖަޕާނުން މިވަނީ އެންމެ ފަހުގެ ވޯލްޑް ކަޕްގެ ގަދަ 32 ގެ ބުރުގައި ފަހު ވަގުތު ބްރެޒިލް އަތުން 2-1 އިން ބަލިވެ މުބާރާތުން ވަކިވާން ޖެހުނު ހިތްދަތިކަމުގެ ބަދަލު ހިފާފައެވެ.

މެޗުގެ ފުރަތަމަ ހާފު ޖަޕާނުން ފެށީ ވަރަށް ވަރުގަދަކޮށެވެ. މެޗުގެ 15 ވަނަ މިނެޓުގައި ބްރެޒިލްގެ މިޑްފީލްޑުން ގެއްލުނު ބޯޅައެއް ހޯދައި، ޖައިރު ކޫންޔާ ކައިރިން ނައްޓާލުމަށްފަހު ޓަކެފޫސާ ކޫބޯ ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ ވައްދާލައިގެން ޖަޕާނަށް ލީޑު ނަގައިދީފައެވެ. އޭގެ ހަތަރު މިނެޓު ފަހުން، 19 ވަނަ މިނެޓުގައި ޝޫޓޯ ނަކާނޯ ނަގައިދިން ހުރަހަކުން އޭރިއާ ތެރޭގައި ހުސްކޮށް ހުރި ކެއިޓާ ނަކަމޫރާ ވަނީ ޖަޕާނުގެ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެ ލަނޑުގެ ފަރަގެއް އޮތް ނަމަވެސް، 33 ވަނަ މިނެޓުގައި ވިނީޝިއުސް ޖޫނިއާ ވަނީ ދުރުން ފޮނުވާލި ހިތްގައިމު ހަމަލާއަކުން ބްރެޒިލަށް ފަރަގު ކުޑަކޮށްދީފައެވެ. ދެވަނަ ހާފުގައި ބްރެޒިލުން ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފެއްދި އިރު، 75 ވަނަ މިނެޓުގައި ބްރޫނޯ ގިމަރާއެސް ކުރުކޮށް ނެގި ކޯނަރަކުން އޭރިއާ ތެރެއަށް ވަދެ ވިނީޝިއުސް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ނަތީޖާ 2-2 އަށް އެއްވަރުކޮށްފައެވެ.

ނަތީޖާ އެއްވަރުވުމުން މޮޅުވާން ބްރެޒިލުން ކުރި މަސައްކަތުގައި އެންޑްރިކް ފޮނުވާލި ބޯޅައެއް ގޯލުގެ ހުރަސްދަނޑިއަށްވެސް އަމާޒުވިއެވެ. ނަމަވެސް މެޗުގެ 91 ވަނަ މިނެޓުގައި ގިމަރާއެސް އަތުން ބޯޅަ ގެއްލި، ބްރެޒިލްގެ ޕެނަލްޓީ އޭރިއާ ތެރޭގައި އުފެދުނު ހަލަބޮލިކަމުގެ ތެރެއިން ލިބުނު ބޯޅަ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި ސަކަމޯޓޯ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައި ޖަޕާނަށް މޮޅު ކަށަވަރުކޮށްދީފައެވެ.

މި ލަނޑު ޖެހުމުގެ ކުރިން ފައުލެއް ހިނގި ކަމަށް ބުނެ ވަރަށް ބޮޑަށް ޝަކުވާކުރުމާ ގުޅިގެން، ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޮޓީ އާއި ބަދަލުކޮށްފައި އިން ރަފީނިއާއަށް ވަނީ ސީދާ ރަތް ކާޑު ދައްކައި ބެންޗުން ފޮނުވާލާފައެވެ. މި މައްސަލައާ ގުޅިގެން ކުރިއަށް އޮތް އަންގާރަ ދުވަހު ސިންގަޕޫރާ ދެކޮޅަށް ކުޅޭ މެޗުގައި އަންޗެލޮޓީ އަދި ރަފީނިއާއަށް ސަސްޕެންޝަނުގެ ސަބަބުން ބައިވެރިއެއް ނުވެވޭނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވޯލްޑްކަޕުން ބޭރުކޮށްލުމުގެ ބަދަލުހިފައި، ޖަޕާނުން ބްރެޒިލް ބަލިކޮށްފިކުޅިވަރު | 41 މިނިޓު ކުރިންވިނީސިއަސްގެ މޮޅުކުޅުމާއެކު ބްރެޒިލް ފަސޭހަކަމާއެކު ކްރޮއޭޝިއާ ބަލިކޮށްފިކުޅިވަރު | 7 މަސް ކުރިން10 ކުޅުންތެރިންނާއެކު ކުޅުނު ފްރާންސް ބްރެޒިލްއަތުން މޮޅުވެއްޖެކުޅިވަރު | 8 މަސް ކުރިންރޮޑްރީގޯ އާއި އެސްޓެވާއޯގެ މޮޅުކުޅުމާއެކު ބްރެޒިލުން ކޮރެއާ ބަލިކޮށްފިކުޅިވަރު | އަހަރެއް ކުރިން