logo
MPL

MPL

ޚަބަރު

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ: މެޓް

އަޙުމަދު ރިޝާން
15 ނޮވެމްބަރު 2026 - 07:56
މާލެއަށް ކުރަމުންދާ ވިއްސާރައިގައި، މާލެ ފެނުއަޑީގައި -- ފޮޓޯ: ޕީއެސްއެމް ނިއުސް
މާލެއަށް ކުރަމުންދާ ވިއްސާރައިގައި، މާލެ ފެނުއަޑީގައި -- ފޮޓޯ: ޕީއެސްއެމް ނިއުސް

 ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާ ކޮށްފި އެވެ.

މެޓް އޮފީހުން ބަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދުގެ ރަށްތަކަށް ހުދު ސަމާލު ނެރެފަ އެވެ. މިއަދު ހެނދުނު 10:30 އިން ފެށިގެން މެންދުރުފަހު 16:30 އާ ހަމައަށް ނެރެފައިވާ މި ސަމާލުގައިވާ ގޮތުން، އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރުމުގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. މި މުއްދަތުގައި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ދަތުރުކުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށާއި، އުޅަނދުފަހަރުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ސަލާމަތީ ސާމާނު ހުރީ ރަނގަޅަށްތޯ ޗެކްކުރުމަށް ވަނީ އިރުޝާދުދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ: މެޓްޚަބަރު | 12 މިނިޓު ކުރިންހަފުތާ ބަންދާ ދިމާކޮށް ދެކުނާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެޚަބަރު | 3 ދުވަސް ކުރިންޖުމްހޫރީ ދުވަހުގެ ބަންދާ ދިމާކޮށް މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެ ކަމުގެ އިންޒާރު ދީފިޚަބަރު | 4 ދުވަސް ކުރިންމޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ޚަބަރު | 5 ދުވަސް ކުރިން