ޝާހިދުގެ ބަންދު މައްސަލައިގެ އިސްތިއުނާފު އަޑުއެހުން ހައިކޯޓުން ކެންސަލްކޮށްފި
15 ނޮވެމްބަރު 2026 - 08:10

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ބަންދުކޮށްފައިވާ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަލައިގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.
އދ. ގެ އާންމު މަޖިލީހުގެ ކުރީގެ ރައީސްކަން ވެސް ކުރައްވާފައިވާ އުމުރުން 64 އަހަރުގެ ޝާހިދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމަށްފަހު، ކްރިމިނަލް ކޯޓުން ވަނީ އޭނާ 30 ދުވަހުގެ މުއްދަތަށް ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. އެ އަމުރު ޝާހިދުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދަށް ތާވަލުކުރި އަޑުއެހުން ކެންސަލްކުރި ސަބަބެއް އަދި ސާފެއް ނުވެއެވެ. އަދި މި މައްސަލައިގެ އިތުރު ތަފްސީލެއް ހައިކޯޓުން ހާމަކޮށްފައެއް ނުވެއެވެ.
.png&w=750&q=75)
Ad by Hajj Corporation
މި މައްސަލަ ބެއްލެވުމަށް ހައިކޯޓުގައި އެކުލަވާލާފައިވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އިސްމާއީލް ޝަފީއު، ފަނޑިޔާރު ފާތިމަތު ފަރުހީޒާ އަދި އިސް ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއެވެ.
2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނެ ކަމަށް ބެލެވޭ ޝާހިދުގެ މައްޗަށް ކުރެވޭ މި ސީރިއަސް ތުހުމަތުތަކަށް އޭނާ ވަނީ ފުރިހަމައަށް އިންކާރު ކުރައްވާފައެވެ. ޝާހިދު ވިދާޅުވެފައިވަނީ ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ ސިޔާސީ މަގުސަދެއް ހާސިލުކުރުމަށްޓަކައި އޭނާގެ އަބުރު ކަތިލުމަށް ކުރަމުންދާ ދޮގު ތުހުމަތުތަކެއް ކަމަށެވެ.
މި މައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، ޝާހިދު ހައްޔަރުކުރުމުގެ ފަހަތުގައި ސަރުކާރުގެ އެއްވެސް ސިޔާސީ ބޭނުމެއް އަދި ނުފޫޒެއް ނެތް ކަމަށާއި، ގާނޫނު ތަންފީޒު ކުރުމުގައި ހުރިހާ ފަރާތްތަކާމެދު ވެސް އަމަލުކުރާނީ ހަމަހަމަކަމާއެކު ކަމަށެވެ.

-01.jpg&w=3840&q=75)
