logo
MPL

MPL

ކުޅިވަރު

ޤައުމީ ފުޓްސަލް އެރީނާގެ ބިންގާ އަޅައިފި

އަބްދުﷲ ޣާނިމް
16 ނޮވެމްބަރު 2026 - 03:06
ފޮޓޯ: މިނިސްޓްރީ އޮފް ސްޕޯރޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން
ފޮޓޯ: މިނިސްޓްރީ އޮފް ސްޕޯރޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން

ހުޅުމާލޭ ތިންވަނަ ފިޔަވަހީގައި އަޅާ ނެޝަނަލް ފުޓްސަލް އެރީނާގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ. މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން ލިއޯ ޓްރޭޑިންއާ ހަވާލުކޮށްފައިވާ މި މަޝްރޫއު ނިންމުމަށް ކަނޑައަޅާފައިވަނީ 720 ދުވަހުގެ ތެރޭގަ އެވެ. އެއީ ގާތްގަނޑަކަށް ދެ އަހަރު ދުވަހުގެ މުއްދަތެކެވެ.

ފީފާގެ މިންގަނޑަށް 21 މީޓަރުގެ އުސްމިނަށް ތަރައްގީކުރާ މި މަލްޓި-ލެވެލް އިންޑޯ އެރީނާގެ ގްރައުންޑް ފްލޯގައި އެއް މެޗު ކޯޓާއި ދެ ޕްރެކްޓިސް ކޯޓު އަދި މަތީ ފަންގިފިލާގައި އިތުރު ދެ ޕްރެކްޓިސް ކޯޓު އެޅުމަށް ވަނީ ހަމަޖެހިފަ އެވެ. މި މަޝްރޫއުގެ ދަށުން އަޅާ ހުރިހާ ކޯޓެއްގައި ވެސް އަޅަނީ ޝޮކް އެބްޒޯބްކުރާ ބައިނަލްއަގުވާމީ ފެންވަރުގެ ކުޝަންޑް ވައިނަލް ސްޕޯޓްސް ފްލޯރިން އެވެ. އެއީ ރިފްލެކްޓްވުން ކުޑަކޮށްދީ، ކުޅުންތެރިންނަށް ލިބޭ އަނިޔާތަކުން ރައްކާތެރިކޮށްދޭ ޒަމާނީ ފްލޯރިންއެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން ކުޅުންތެރިންނާއި އޮފިޝަލުން ވަދެނިކުތުމަށް ހާއްސަ ދޮރުތަކާއެކު، ޓީމު ލޮކާ ރޫމްތަކާއި، ފެންވަރާ ތަންތަނާއި، ކިޓް ރޫމްތަކާއި، ޕްލޭޔާސް ލައުންޖުގެ އިތުރުން މެޑިކަލް އެންޑް ޑޯޕިން ކޮންޓްރޯލް ރޫމެއް ވެސް ގާއިމުކުރާނެ އެވެ. އަދި މަލްޓި ޕާޕަސް ޓްރެއިނިން ހޯލަކާއި އިދާރީ އޮފީސްތައް ވެސް މި އެރީނާގައި ހިމެނެ އެވެ. މި އެރީނާ އެޅުމަށް ބިން ދިނުމުގެ އެއްބަސްވުމުގައި ޔޫތު މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އަދި އެޗްޑީސީން ސޮއިކުރީ ފެބްރުއަރީ 24، 2025، ގަ އެވެ.

907667672_1651056616502026_1000836342951977657_n.jpg

 

ރާއްޖޭގައި އިންޑޯ ފުޓްސަލް ދަނޑުތަކެއް އެޅުމަށް ގޮވާލާ އަޑުތައް ގަދަވެގެންދިޔައީ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ރާއްޖޭގެ ގައުމީ ފިރިހެން ފުޓްސަލް ޓީމުން މިދިޔަ ޖެނުއަރީ މަހު ކާމިޔާބު ކުރުމާ ގުޅިގެންނެވެ. އެ ކާމިޔާބީއާއެކު ފީފާ އިން އާންމުކުރި ފުޓްސަލް ދުނިޔޭގެ ރޭންކިންގައި ރާއްޖެ ވަނީ ދެކުނު އޭޝިއާގެ އެއްވަނަ މަގާމު ދަމަހައްޓައި، ދުނިޔޭގެ ރޭންކިންގެ 99 ވަނައަށް ޖެހިލައިފަ އެވެ.

ގައުމީ ޓީމުގެ ކާމިޔާބީއަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވަނީ މިދިޔަ އެޕްރީލް މަހު އެރީނާގެ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި އޭގެ ފަހުން ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު ވަނީ މިދިޔަ މާޗު މަހު މަސައްކަތް ފަށާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ސަރުކާރުން ކުރިން ދިން ތާރީހުތަކަށް އަމަލީ މަސައްކަތް ނުފެށި ދިގުލައިގެން ދިޔަ ސަބަބެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. މީގެ އިތުރުން ސަރުކާރުން ވަނީ ނެޓްބޯޅަ ކޮމްޕްލެކްސް އެއްގެ ބިންގާ ވެސް އަޅައިފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޤައުމީ ފުޓްސަލް އެރީނާގެ ބިންގާ އަޅައިފިކުޅިވަރު | 22 މިނިޓު ކުރިންޒުވާނުންނަށް އާމްދަނީއާއެކު ފަތުރުވެރިކަމުގެ ދާއިރާއިން ތަމްރީނުވާން ރަނުގެ ފުރުސަތެއްޚަބަރު | މަހެއް ކުރިންބާރަށާއި ތުރާކުނު ފުޓްބޯޅަ ދަނޑުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިޚަބަރު | 2 މަސް ކުރިންގާކޮށި ކައިރީގައި ފުޓްސަލް ދަނޑެއް އެޅުމަށާއި ތިމަރަފުށީ ފިޓްނަސް ސެންޓަރު މަރާމާތުކުރަން އާރުޑީސީ އަށްވިޔަފާރި | 2 މަސް ކުރިން