އަމިއްލަ ދަނޑުގައި 10 ކުޅުންތެރިންނާ ދެކޮޅަށްކުޅެގެންވެސް ވޯލްޑް ޗެންޕިއަން ސްޕެއިންއަށް އިންގްލަންޑް ހިފަހަށްޓާނުލެވުނު
16 ނޮވެމްބަރު 2026 - 03:25

ވިދިވިދިގެން ބަލިނުވެ 43 މެޗު ހަމަކޮށްފައިވާ ދުނިޔޭގެ ޗެމްޕިއަން ސްޕެއިންގެ މައްޗަށް 2-3 ގެ ނަތީޖާއަކުން ކުރިހޯދައި، 10 ކުޅުންތެރިންނާއެކު ކުޅުނު އިންގްލެންޑުން ނޭޝަންސް ލީގުގެ ގްރޫޕް އޭ3 ގެ އެއްވަނަ މަގާމު ހޯދައިފިއެވެ. މެޑްރިޑްގެ މެޓްރޯޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އިންގްލެންޑުން ވަނީ ކޯޗު ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން މޮޅު ކުޅުމެއް ދައްކާފައެވެ.
ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން ހެރީ ކޭން ވަނީ އިންގްލެންޑަށް ލީޑު ނަގައިދީފައެވެ. ދެވަނަ ހާފު ފެށިގެން ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެޒްރީ ކޮންސާ އަދި ބެން ވައިޓް ކާމިޔާބުކުރި ގޯލުތަކާއެކު، އިންގްލެންޑުން 0-3 ގެ ބޮޑު ލީޑެއް ނެގިއެވެ.
.png&w=750&q=75)
Ad by Hajj Corporation
ނަމަވެސް ޑިފެންޑަރު ޖަރެލް ކުއަންސާ ހެދި ގޯހެއްގެ ފައިދާ ނަގައި ލަމީން ޔަމާލް ދުއްވައިގަތުމުން، އެލިއޮޓް އެންޑަސަން އޭނާއަށް ކުރި ފައުލަކާ ގުޅިގެން ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލިއެވެ. މި ފައުލަށް ލިބުނު ޕެނަލްޓީން މިކެލް އޮޔާޒަބާލް ސްޕެއިނަށް ފުރަތަމަ ގޯލު ޖަހައިދިން އިރު، އޭގެ ކުޑައިރުކޮޅެއް ފަހުން ނިކޯ ވިލިއަމްސް ވަނީ ދެވަނަ ގޯލު ކާމިޔާބުކޮށް ފަރަގު ކުޑަކޮށްފައެވެ.
މެޗުގެ ފަހު ވަގުތުކޮޅުގައި އިތުރުވަގުތުގެ ޑަބަލް ސޭވް ހިމެނޭހެން، ކީޕަރު ޖޭމްސް ޓްރެފޯޑް ދެއްކި ހުނަރުވެރި ސޭވްތަކާއެކު އިންގްލެންޑުން ވަނީ މޮޅު ދަމަހައްޓާފައެވެ. މިއީ 1987 ވަނަ އަހަރަށް ފަހު މެޑްރިޑްގައި ސްޕެއިން ބަލިވި ފުރަތަމަ ފަހަރެވެ.

-01.jpg&w=3840&q=75)
