logo
MPL

MPL

ޚަބަރު

ދަބަސް ސްކޭންކުރި، މަޖިލީހަށް ވަނީ ހުރިހާ ސެކިއުރިޓީއެއް ފުރިހަމަކޮށްގެން، ދަބަހުގައި ހުންނާނީ ކުޅޭ ސާމާނު: މުއްޠަލިބް

މުހައްމަދު މޫސާމުހައްމަދު މޫސާ
16 ނޮވެމްބަރު 2026 - 10:51
ދަބަހުގައި ހުންނާނީ ކުޅޭ ސާމާނު، މަޖިލީހަށް ވަނީ ހުރިހާ ސެކިއުރިޓީއެއް ފުރިހަމަކޮށްގެން: މުއްޠަލިބް

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ގެންދެވި ދަބަހަކީ ފުޓުބޯޅަ ކުޅޭ ސާމާނު އެޅި ދަބަހެއް ކަމަށާއި، މަޖިލީހަށް ވަދެވަޑައިގަތީ ސަލާމަތީ ގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށް، ދަބަސް ސްކޭންވެސް ކުރުމަށްފަހު ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް އެމަނިކުފާނު ކަޅު ކުލައިގެ ދަބަހެއް ހިއްޕަވައިގެން ވަޑައިގަންނަވާ މަންޒަރު ފެންނަ ވީޑިއޯއެއް މީޑިއާއެއްގައި އާންމުވުމާ ގުޅިގެން، އެއީ ފައިސާ އަޅާފައިވާ ދަބަހެއް ކަމަށް ތުހުމަތުކޮށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ފާޑުކިޔަމުން ދަނިކޮށް، އެކަން ސާފުކޮށްދެއްވައި ސޯޝަލް މީޑިއާގައި ނެރުއްވި ބަޔާނެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޑރ. މުއްޠަލިބް ވިދާޅުވީ މަޖިލީހުގެ އިދާރާއަށް އެޓަރނީ ޖެނެރަލްއާ އެކު ވަޑައިގަތީ، ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލާ ގުޅޭގޮތުން ބައެއް ކަންކަން ސާފުކުރަން ބޭނުންވެގެން މަޖިލިސް މެންބަރުންތަކެއް އެދިވަޑައިގަތުމުން އެ ކަންކަން ސާފުކޮށްދެއްވުމަށް ކަމަށެވެ. އެ ބައްދަލުވުން ހަމަޖެހުނު ގަޑިއަކީ އާރަށުގައި ފުޓުބޯޅަ ކުޅުއްވުމަށްފަހު ވަޑައިގެންނެވި ވަގުތާ ދިމާވި ގަޑިއެއް ކަމަށް ވާތީ، ލޯންޗުން ފައިބައިވަޑައިގެންނެވި ގޮތަށް މަޖިލީހަށް ވަޑައިގަތީ ކުޅޭ ސާމާނު އަޅާފައިވާ ދަބަސް ހިއްޕަވައިގެން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

 

View post on Twitter

 

މީގެއިތުރުން، މަޖިލީހުގެ އިދާރާއަށް ވަދެވަޑައިގަތީ ސެކިއުރިޓީ ޗެކްކުރުމަށްޓަކައި ސްކޭނަރުން އެ ދަބަސް ސްކޭންކޮށްގެން ކަމަށާއި، ބައްދަލުވުމަށްފަހު އެނބުރި ނިކުމެވަޑައިގަތީ އެ ދަބަސް ކޮނޑުގައި އަޅުއްވައިގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަކީ ދިވެހި ސިފައިން ސަލާމަތީ ކަންކަން ބަލަހައްޓަމުންދާ، ސީސީޓީވީ ކެމެރާއާއި ދަބަސް ސްކޭނަރ އަދި ބޮޑީ ސްކޭނަރ ބަހައްޓާފައިވާ ރައްކާތެރި ތަނެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ދައުލަތުގެ ވަޒީރުންނަށްވެސް އެތަނަށް ވަދެވެނީ އައިޑީ ކާޑުގެ ކޮޕީ ފޮނުވައިގެން ކުރިން ހުއްދަ ހޯދައިގެން ކަމަށެވެ. އަދި މަޖިލީހަށް ވަޑައިގަތީ އެ ހުރިހާ ސެކިއުރިޓީ ކަންކަން ފުރިހަމަކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދަބަހުގައި ހުންނާނީ ކުޅޭ ސާމާނު، މަޖިލީހަށް ވަނީ ހުރިހާ ސެކިއުރިޓީއެއް ފުރިހަމަކޮށްގެން: މުއްޠަލިބްޚަބަރު | 43 މިނިޓު ކުރިންރަސްމާލެ ހިއްކުމުގެ ޚަރަދު ބޮޑުތަނުން ކުޑަކުރެވިއްޖެ، މުޅި މަޝްރޫޢަށް ހިނގާނީ 330 މިލިއަން ޑޮލަރު: ވަޒީރުޚަބަރު | 7 ދުވަސް ކުރިންރަސްމާލެއަށް އަހަރަކު 1 މިލިއަން ފަތުރުވެރިން؛ އިގުތިސާދަށް ބޮޑު އިންގިލާބެއް!ޚަބަރު | 23 ދުވަސް ކުރިންމަޝްރޫއުތައް ނިންމަން 58 ބިލިއަން ރުފިޔާ ބޭނުންވޭ: މުއްތަލިބްޚަބަރު | މަހެއް ކުރިން