logo
MPL

MPL

ކުޅިވަރު

ބްރެޒިލް ޖަޕާނުއަތުން ބަލިވުމުގެ ހުރިހާ ރޯޅިއެއް ސިންގަޕޫރާއި ދެކޮޅަށް ބާލައިފި

އަބްދުﷲ ޣާނިމް
17 ނޮވެމްބަރު 2026 - 12:56
ބްރެޒިލް ޖަޕާނުއަތުން ބަލިވުމުގެ ހުރިހާ ރޯޅިއެއް ސިންގަޕޫރާއި ދެކޮޅަށް ބާލައިފި

މިދިޔަ ހަފްތާ ބަންދުގައި ބްރެޒިލް ޖަޕާނާދެކޮޅަށް ކުޅެ ބަލިވުމުން އެކަމުގެ ރޯޅި މިއަދު ހަވީރު ސިންގަޕޫރާއި ދެކޮޅަށް ބާލައިފިއެވެ. އެގޮތުން މިއަދު ސިންގަޕޫރުގައި ކުޅުނު އެކުވެރިކަމުގެ މެޗުގައި ވިނީޝިއުސް ޖޫނިއާ ކާމިޔާބުކުރި ހެޓްރިކާއެކު، ބްރެޒިލުންވަނީ ސިންގަޕޫރުގެ މައްޗަށް 0-7 ގެ ބޮޑު މޮޅެއް ހޯދާފައެވެ.

ޖަޕާނާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ދެ ލަނޑު ޖެހި ވިނީޝިއުސް، ސިންގަޕޫރު ކޮޅަށް ހެޓްރިކް ފުރިހަމަކުރީ ފުރަތަމަ ހާފުގެ 21 މިނެޓުގެ ތެރޭގައެވެ. ބްރޫނޯ ގިމަރާއެސްގެ ޕާހަކުން ލަނޑު ޖަހަން ފެށި ވިނީޝިއުސްގެ އިތުރުން، އެންޑްރިކް، އެސްޓެވާވް ވިލިއަން އަދި ރަޔާން ވެސް ވަނީ ބްރެޒިލަށް ލަނޑުތައް ޖަހައިދީފައެވެ. އަދި ސިންގަޕޫރުގެ ޑިފެންޑަރު ރައުލް ސުހައިމީ އަތުން ބައިކޮޅަށް ވަން ލަނޑެއްވެސް ހިމެނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޖަޕާން މެޗުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ރަތް ކާޑު ދެއްކުމުގެ ސަބަބުން، ކޯޗު ކާލޯ އަންޗެލޮޓީ އާއި ފޯވާޑް ރަފީނިއާ މި މެޗު ބެލީ ސަޕޯޓަރުންގެ ގޮނޑިބަރީގައި ތިބެގެންނެވެ.

އުމުރުން 26 އަހަރުގެ ވިނީޝިއުސް ހާމަކުރި ގޮތުގައި، މި ސީޒަނުގެ ކުރީކޮޅު ރެއާލް މެޑްރިޑުގައި އޭނާގެ ފޯމު ދަށްވީ ފަރިތަކުރުންތަކުގެ ތާވަލަށް އައި ބަދަލުތަކާއި ކްލަބު ބަދަލުކުރުމުގެ ވާހަކަތަކުގެ ސަބަބުންނެވެ. ނަމަވެސް ގައުމީ ޓީމުގައި މިހާރު އޭނާ ދައްކަމުންދާ ކުޅުމާއެކު އޭނާ ވަނީ އަލުން ވަރުގަދަ ފޯމަކަށް އެނބުރި އައިސްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބްރެޒިލް ޖަޕާނުއަތުން ބަލިވުމުގެ ހުރިހާ ރޯޅިއެއް ސިންގަޕޫރާއި ދެކޮޅަށް ބާލައިފިކުޅިވަރު | 34 މިނިޓު ކުރިންވޯލްޑްކަޕުން ބޭރުކޮށްލުމުގެ ބަދަލުހިފައި، ޖަޕާނުން ބްރެޒިލް ބަލިކޮށްފިކުޅިވަރު | 3 ދުވަސް ކުރިންވިނީސިއަސްގެ މޮޅުކުޅުމާއެކު ބްރެޒިލް ފަސޭހަކަމާއެކު ކްރޮއޭޝިއާ ބަލިކޮށްފިކުޅިވަރު | 8 މަސް ކުރިން10 ކުޅުންތެރިންނާއެކު ކުޅުނު ފްރާންސް ބްރެޒިލްއަތުން މޮޅުވެއްޖެކުޅިވަރު | 8 މަސް ކުރިން