logo
Bank of Maldives

Bank of Maldives

ޚަބަރު

2030 އަންނަން ވާއިރަށް 1،000 އެނދު ތަރައްގީކުރުމަކީ އަމާޒު: ދަރަވަންދޫ ކައުންސިލް

އާމިނަތު ޝަފާ
25 އޮކްޓޯބަރު 2024 - 11:05
ބ. ދަރަވަންދޫ
ބ. ދަރަވަންދޫ

ބ. ދަރަވަންދޫއަށް ޒިޔާރަތްކުރުމުގެ އަހަރު ފާހަގަކުރަން ފެށުމާއެކު އެންމެ ބޮޑު އަމާޒަކަށްވެފައިވަނީ 2030 ވަނަ އަހަރު އަންނަންވާއިރަށް ދަރަވަންދޫގައި 1،000 ފަތުރުވެރިކަމުގެ އެނދު ތަރައްގީކުރުންކަމަށް ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ ސަމީހު ވިދާޅުވެއްޖެއެވެ.

މެންދުރު ޓީވީގެ ހަބަރުގައި ދަރަވަންދޫއަށް ޒިޔާރަތްކުރުމުގެ އަހަރު 2025 އާ ގުޅިގެން މައުލޫމާތު ދެއްވަމުން ސަމީހު ވިދާޅުވީ ކައުންސިލާ ހަވާލުވީއިރުވެސް ލޯކަލް ޓޫރިޒަމް ރަށުގައި ފުޅާވެފައިވާކަމަށެވެ. ނަމަވެސް އޭރު ލޯކަލް ޓޫރިޒަމް ފުޅާ ކުރުމަށް ކައުންސިލްގެ ދައުރެއްނެތުމާއެކު މިހާރު ވިސްނުންހުރީ ކައުންސިލާއި ރައްޔިތުންނާއި އިންވެސްޓަރުން ގުޅިގެން ރަށުގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމަށްކަމަށް ސަމީހު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ދަރަވަންދުއަށް ދިވެހިން ވިޔަސް ބިދޭސީންވިޔަސް މީހުން އަންނާނެ ސަބަބެއް މި އުފައްދަނީ. މަސްތަކަކަށް ބަހާލައިގެން އެބަހުރި ހަރަކާތްތަކެއް ހިންގުމަށް ތާވަލުކޮށްފައި. މިކަމުގެ ސަބަބުން މީހުން މި ރަށަށް އަންނަން މަޖުބޫރު ކުރުވާނެ."

ދަރަވަންދޫއަށް ޒިޔާރަތްކުރުމުގެ އަހަރު 2025 އަކީ އެ ރަށުގައި ފަތުރުވެރިކަން ކުރިއަރުވާ އިތުރަށް ފުޅާކުރުމަށް 2021 ވަނަ އަހަރު ކައުންސިލުން ތައްޔާރުކުރި ޕްލޭނެކެވެ. އަދި މިޕްލޭނަށް އަމަލު ކުރަން ނިންމާފައިވަނީ 2025 ވަނަ އަހަރުން ފެށިގެންނެވެ.

ދަރަވަންދޫގައި މިހާރުވެސް އަންނަނީ 14 ގެސްޓް ހައުސްއާއި 3 ޑައިވް ސެންޓަރު ހިންގަމުންނެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަށްތައް ތަރައްޤީ ކުރަންވާނީ އެ ރަށެއްގެ ސިފަތައް ނުގެއްލޭނެހެން: މިނިސްޓަރޚަބަރު | ދުވަހެއް ކުރިން2025: އަހަރު ނިމުނުއިރު ފަތުރުވެރިކަމަށް މުޅިން އަލަށް 4،227 އެނދުޚަބަރު | 8 ދުވަސް ކުރިންމި އަހަރު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިއަކީ ޖަރުމަނުގެ ތޯމަސް އެންޑްރޫ ހެލްވެގާވިޔަފާރި | 10 ދުވަސް ކުރިންއެއް މަހެއް ތެރޭ އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރީ ނިމުނު ޑިސެމްބަރުގައިވިޔަފާރި | 10 ދުވަސް ކުރިން