logo
MPL

MPL

ކުޅިވަރު

10 މީހުންނާއެކު ކުޅުނު ޕާކިސްތާނު ބަލިކޮށް އިންޑިއާއިން ސާފް ޗެންޕިއަންޝިޕްގެ ތަށި އުފުލާލައިފި

އަބްދުﷲ ޣާނިމް
17 ނޮވެމްބަރު 2026 - 17:11
10 މީހުންނާއެކު ކުޅުނު ޕާކިސްތާނު ބަލިކޮށް އިންޑިއާއިން ސާފް ޗެންޕިއަންޝިޕްގެ ތަށި އުފުލާލައިފި

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ކުރިއަށްދިޔަ ސާފް ޗެމްޕިއަންޝިޕް 2026 ގެ ފައިނަލުގައި، ފަހަތުން އަރައި 2-1 އިން ޕާކިސްތާން ބަލިކޮށް އިންޑިއާއިން މުބާރާތުގެ ތަށި ކާމިޔާބުކަމާއެކު ދިފާއުކޮށްފިއެވެ.

މިއީ އިންޑިއާއިން މި މުބާރާތް ކާމިޔާބުކުރި 10 ވަނަ ފަހަރެވެ. އަދި މިއީ ވިދިވިދިގެން މި މުބާރާތް އިންޑިއާއިން ކާމިޔާބުކުރި ތިންވަނަ ފަހަރުވެސް މެއެވެ. މުބާރާތުގެ ފައިނަލުގައި ވާދަކުރި ޕާކިސްތާނަށް މިއީ ސާފް ޗެމްޕިއަންޝިޕްގެ ތާރީޚުގައިވެސް ފައިނަލުގައި ކުޅުނު ފުރަތަމަ ފަހަރެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޑާކާ ނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މި ފޯރިގަދަ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ޕާކިސްތާނުންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލަމްގީރް އަލީ ޚާން ޣާޒީއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ އިންޑިއާގެ ޕެނަލްޓީ އޭރިއާ ތެރޭގައި މުޅިން ހުހަށްހުރެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.

ދެވަނަ ހާފު ފަށައިގެންވެސް ޕާކިސްތާނުން ވަނީ ލީޑު ފުޅާކުރަން ރަނގަޅު ހަމަލާއެއް އުފައްދާފައެވެ. ނަމަވެސް އޭރިއާ ބޭރުން އަލީ އަކްބަރު ޚާން ފޮނުވާލި ނުރައްކާތެރި ހަމަލާ އިންޑިއާގެ ގޯލްކީޕަރު އާޝް ވަނީ މަތަކޮށްފައެވެ. މެޗުގެ އޮއިވަރު ބަދަލުވެ ޕާކިސްތާނަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހުނީ މެޗުގެ 55 ވަނަ މިނިޓުގައެވެ. އެއީ ޖުނައިދު ޝާހް ކުރި ފައުލަކާ ގުޅިގެން ވީއޭއާރު (VAR) ބެލުމަށްފަހު ރެފްރީ އޭނާއަށް ސީދާ ރަތް ކާޑު ދެއްކުމާ ގުޅިގެންނެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް ޕާކިސްތާނުން ކުޅެން ޖެހުމުގެ ފައިދާ ނަގައި، އިންޑިއާއިން މެޗުގެ 60 ވަނަ މިނިޓުގައި ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އޭރިއާ ތެރެއިން ލިބުނު ފުރުސަތެއްގައި އެ ޓީމަށް ޖަހައިދިނީ ސުހައިލް ބަޓްއެވެ.

އިންޑިއާއިން މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައި ވަނިކޮށް މެޗުގެ ލީޑު ނެގީ 88 ވަނަ މިނިޓުގައި ސަންޑީޕް މަންޑީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ އެ ޓީމަށް ލިބުނު ކޯނަރެއްގެ ބޭނުން ހިފައި، ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

10 މީހުންނާއެކު ކުޅުނު ޕާކިސްތާނު ބަލިކޮށް އިންޑިއާއިން ސާފް ޗެންޕިއަންޝިޕްގެ ތަށި އުފުލާލައިފިކުޅިވަރު | ގަޑިއިރެއް ކުރިންސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެކުޅިވަރު | 9 ދުވަސް ކުރިންސަޕޯޓުކުރަންވީ ހަމައެކަނި ސީނިއަރ ޓީމަށް ހެއްޔެވެ؟ރިޕޯޓް | 7 މަސް ކުރިންޕެނަލްޓީގައި އިންޑިއާ ބަލިކޮށް، ޗެމްޕިއަންކަން ބަންގްލަދޭޝްއަށްކުޅިވަރު | 7 މަސް ކުރިން