logo
MPL

MPL

ޚަބަރު

ތިލަފުއްޓަށް ޕޯޓު ބަދަލުކުރުމަކީ ގައުމީ އިގްތިސޯދަށް ގެނެވޭ އެންމެ ބޮޑު އިންގިލާބު: ރައީސް

އަޙުމަދު ރިޝާން
17 ނޮވެމްބަރު 2026 - 16:18
ތިލަފުއްޓަށް ޕޯޓު ބަދަލުކުރުމަކީ ގައުމީ އިގްތިސޯދަށް ގެނެވޭ އެންމެ ބޮޑު އިންގިލާބު: ރައީސް

ރާއްޖޭގެ ވިޔަފާރި ބަނދަރު (ޕޯޓު) މާލެއިން ތިލަފުއްޓަށް ބަދަލުކުރުމަކީ މި ސަރުކާރުން މިވަގުތު އެންމެ އިސްކަމެއްދީގެން ހިންގާ އެންމެ މުހިންމު އެއް އިގްތިސޯދީ މަޝްރޫއު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް 3 އަހަރު ފުރުމާ ގުޅިގެން ރޭ ބޭއްވެވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި، މާލޭގެ މިއަދުގެ ތޮއްޖެހިފައިވާ ކުޑަ ޕޯޓުގެ ބަދަލުގައި، މާލެއަށްވުރެ 6 ގުނަ ބޮޑު ސަރަޙައްދަކަށް ޕޯޓު ބަދަލުވެގެންދިއުމަކީ ރާއްޖޭގެ ވިޔަފާރިވެރިންނަށާއި މުޅި އިގްތިސޯދަށް ލިބިގެންދާނެ ނުހަނު ބޮޑު ލުޔަކަށް ވާނެ އެވެ. އަދި މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މުޅިން ނިންމައި، އަންނަ އަހަރުގެ ނޮވެމްބަރު މަހު ހިދުމަތް ފެށޭނެކަން އެމަނިކުފާނު އިއުނުކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

 "6 ގުނަ ބޮޑު ސަރަހައްދަކަށް ބޮޑުވީމަ ވިޔަފާރި ވަރަށް ބޮޑުތަން އިރާދަކުރެއްވިއްޔާ ކުރިއަރައިގެން ދަނީ. އޭގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ،" ރައީސް ވިދާޅުވިއެވެ.

މި މަޝްރޫޢާ ގުޅޭގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަފްރައިޒަސް (އެސްއޯއީ) ކޮމިޓީގައި ދެއްކެވި މަޢުލޫމާތަށް ބަލާއިރު، ތިލަފުށީގެ އައު ޕޯޓާއެކު މާލޭގެ ނޯތު ހާބަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ އެވެ.

އެގޮތުން، މި ޕޯޓުގައި 2.3 ކިލޯމީޓަރުގެ ދިގު ކީވޯލްއެއް (ބޯޓުފަހަރު ކައިރިކުރާ ސަރަޙައްދެއް) ގާއިމުކުރާނެ އެވެ. ނޯތު ހާބަރުގެ މަސައްކަތް ފެށީ އެންމެ 80 ބޯޓުގެ ޖާގައާއެކު ކަމަށްވީ ނަމަވެސް، މިހާރު އެ އަދަދު ވަނީ 149 އަށް އަރާފަ އެވެ. އަދި ކޮންމެ އަހަރަކު 25 އާއި 34 އާ ދެމެދުގެ އަދަދަކަށް ބޯޓުތައް އިތުރުވަމުންދާތީ، ތިލަފުށީގެ ބަނދަރު ވެގެންދާނީ މި ދަތިތަކަށް އަންނަ އެންމެ ހަރުދަނާހައްލަށެވެ.

 

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދަރަނި ދެއްކުމަށް މިއަހަރު 1.45 ބިލިއަން ޑޮލަރު ހޭދަކޮށްފިން: ރައީސްޚަބަރު | 31 މިނިޓު ކުރިންސަރުކާރަށް 3 އަހަރު ފުރުމާ ގުޅިގެން ވޭތުވެދިޔަ 156 ހަފުތާގެ މަސައްކަތްތައް ހިމެނޭ ހާއްސަ ފޮތެއް ނެރެދެއްވައިފިޚަބަރު | 2 ގަޑިއިރު ކުރިންތިލަފުއްޓަށް ޕޯޓު ބަދަލުކުރުމަކީ ގައުމީ އިގްތިސޯދަށް ގެނެވޭ އެންމެ ބޮޑު އިންގިލާބު: ރައީސް ޚަބަރު | 2 ގަޑިއިރު ކުރިންރާއްޖޭގައި ތިބި ބިދޭސީންގެ 99 އިންސައްތަ މީހުންގެ ބަޔޯމެޓްރިކްސް ނަގައި ދެނެގަނެވިއްޖެ: ރައީސްޚަބަރު | 2 ގަޑިއިރު ކުރިން