ސަރުކާރަށް 3 އަހަރު ފުރުމާ ގުޅިގެން ވޭތުވެދިޔަ 156 ހަފުތާގެ މަސައްކަތްތައް ހިމެނޭ ހާއްސަ ފޮތެއް ނެރެދެއްވައިފި
17 ނޮވެމްބަރު 2026 - 16:28

ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސބަތުގައި، ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ސަރުކާރުން ހިންގާފައިވާ މައިގަނޑު މަޝްރޫއުތަކާއި ހާސިލުކޮށްފައިވާ ކާމިޔާބީތަކުގެ ފުރިހަމަ ތަފުސީލު ހިމެނޭ ހާއްސަ ފޮތެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވައިފި އެވެ.
މި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުރީގެ އަހަރުތަކާ ހިލާފަށް މިދިޔަ ތިން އަހަރު ސަރުކާރުން ކޮށްފައިވާ މަސައްކަތްތައް ރައްޔިތުންނަށް ވަރަށް ފަސޭހައިން ބަލައިލެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ވެބްސައިޓު މެދުވެރިކޮށް ނުވަތަ އަމިއްލަ ފޯނަށް ޑައުންލޯޑު ކޮށްގެންވެސް ޑިޖިޓަލްކޮށް މި ފޮތް ކިޔައިލެވޭނެ މަގުފަހިވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއ ެވެ.
.png&w=750&q=75)
Ad by Hajj Corporation
މިރެއިން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުން ކޮންމެ ފަރާތަކަށްވެސް މި ފޮތް ހިލޭ ޑައުންލޯޑު ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

-01.jpg&w=3840&q=75)
