logo
MPL

MPL

ޚަބަރު

ރާއްޖޭގައި ތިބި ބިދޭސީންގެ 99 އިންސައްތަ މީހުންގެ ބަޔޯމެޓްރިކްސް ނަގައި ދެނެގަނެވިއްޖެ: ރައީސް

އަޙުމަދު ރިޝާން
17 ނޮވެމްބަރު 2026 - 16:00
ރާއްޖޭގައި ތިބި ބިދޭސީންގެ 99 އިންސައްތަ މީހުންގެ ބަޔޯމެޓްރިކްސް ނަގައި ދެނެގަނެވިއްޖެ: ރައީސް

ރާއްޖޭގައި ތިބި ބިދޭސީންގެ 99 އިންސައްތަ މީހުންގެ ދިހަ އިނގިލީގެ ނިޝާނާއި ބަޔޯމެޓްރިކް މައުލޫމާތު ނަގައި، އެ މީހުން ކާކުކަން ފުރިހަމައަށް ދެނެގަނެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

 ސަރުކާރަށް ވޭތުވެދިޔަ މުއްދަތުގައި ލިބުނު ކާމިޔާބީތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގައި ތިބި ބިދޭސީންގެ ސާފު އަދަދެއް އަދި އެ މީހުންގެ ސައްޙަ މަޢުލޫމާތެއް ލިބެން ނެތް ކަމަށެވެ. އަދި ކޮންމެ ސަރުކާރަކުންވެސް ވެރިކަމަށް އަންނަނީ މި މައްސަލަ ހައްލުކުރާނެ ކަމަށް ވައުދުވެގެން ކަމަށާއި، ނަމަވެސް މި ސަރުކާރުން މި މަސައްކަތް ކުރަމުންދަނީ ނުހަނު އިހުލާސްތެރިކަމާ އެކު ފިޔަވަޅުތަކެއް އަޅައިގެން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވެވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

"އަޅުގަނޑުމެން މިއަދާ ހަމައަށް އައިއިރު ރާއްޖޭގައި ތިބި 99 އިންސައްތަ މީހުންގެ ބަޔޯމެޓްރިކް ނަގައި ނިމިއްޖެ. ބާކީ އެންމެ އިންސައްތައެއް. މިއަދަދަކީ، ދުނިޔޭގެ އެންމެ މަދު ޤައުމަކުން ނޫނީ ހާސިލުކުރެވިފައިވާ ނަތީޖާއެއް ނޫން. އެކަމަކު ރާއްޖެއިން މިއޮތީ އިހުލާސްތެރިކަމާއެކު މަސައްކަތް ކޮށްގެން މިކަން ހާސިލުކޮށްފައި،" ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ ބިދޭސީން ހޯދައި، ގައުމަށް ފޮނުވާލުމުގެ ގިނަ އޮޕަރޭޝަންތަކެއް މިހާތަނަށް ހިންގާފައިވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މޯލްޑިވްސް އިމިގްރޭޝަނާއި ކަމާބެހޭ އިދާރާތައް ގުޅިގެން ރާއްޖޭގައި ހިންގަމުންދާ ހާއްސް އޮޕަރޭޝަންތަކުގެ މައިގަނޑު މަގުސަދަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި، ޤގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ތަންތަން ބަލައި ފާސްކޮށް، އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުން ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެ އެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދަރަނި ދެއްކުމަށް މިއަހަރު 1.45 ބިލިއަން ޑޮލަރު ހޭދަކޮށްފިން: ރައީސްޚަބަރު | 31 މިނިޓު ކުރިންސަރުކާރަށް 3 އަހަރު ފުރުމާ ގުޅިގެން ވޭތުވެދިޔަ 156 ހަފުތާގެ މަސައްކަތްތައް ހިމެނޭ ހާއްސަ ފޮތެއް ނެރެދެއްވައިފިޚަބަރު | 2 ގަޑިއިރު ކުރިންތިލަފުއްޓަށް ޕޯޓު ބަދަލުކުރުމަކީ ގައުމީ އިގްތިސޯދަށް ގެނެވޭ އެންމެ ބޮޑު އިންގިލާބު: ރައީސް ޚަބަރު | 2 ގަޑިއިރު ކުރިންރާއްޖޭގައި ތިބި ބިދޭސީންގެ 99 އިންސައްތަ މީހުންގެ ބަޔޯމެޓްރިކްސް ނަގައި ދެނެގަނެވިއްޖެ: ރައީސްޚަބަރު | 2 ގަޑިއިރު ކުރިން