ދަރަނި ދެއްކުމަށް މިއަހަރު 1.45 ބިލިއަން ޑޮލަރު ހޭދަކޮށްފިން: ރައީސް
17 ނޮވެމްބަރު 2026 - 17:41

މިއަހަރުގެ މިހާތަނަށް ދަރަނި ދެއްކުމަށް އެކަނިވެސް 1.45 ބިލިއަން އެމެރިކާ ޑޮލަރު ސަރުކާރުން ހަލާސްކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން މިރޭ ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި ބޭއްވި ހާއްސަ ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.
.png&w=750&q=75)
Ad by Hajj Corporation
ޕްރެޒެންޓޭޝަނެއްގެ ގޮތުގައި މައުލޫމާތުތަކެއް ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމުގެ ތިން އަހަރުގެ ތެރޭގައި ދަރަނި ދެއްކުމަށް އެކަނިވެސް ފާއިތުވި 10 އަހަރު ހޭދަނުކުރާ މިންވަރެއް ހޭދަކޮށްފައިވާ ކަމަށެވެ. ވަކިން ހާއްސަކޮށް މިއަހަރުގެ ތެރޭގައި ދަރަނި ދެއްކުމަށް ހާއްސަ މަސައްކަތްތަކެއް ކުރަންޖެހުނުކަން ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފަ އެވެ.
"ކަރަންސީ ސްވޮޕާއި އެކީގައި 1.45 ބިލިޔަން އެމެރިކާ ޑޮލަރުގެ ދަރަނި ދައްކައިފި. މިއީ މިދިޔަ 3 އަހަރުގެ ތެރޭގައި ދެއްކި އަދަދު،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ލޯނުތަކަށް ފައިސާ ދައްކަމުން ދިޔައިރު ރައްޔިތުންނަށް ދަތިނުވާނެހެން އަސާސީ ހުރިހާ ހިދުމަތެއްވެސް ދީފައިވާނެ ކަމަށެވެ. ދަރަނި ދައްކަމުން ދިޔައީ ދައުލަތުގެ ރިޒާވްވެސް މަތިކުރަމުން ކަމަށާއި ނަމަވެސް މިއަހަރު ވަކިން ބޮޑު އަދަދެއް ދަރަނީގެ ގޮތުގައި ދައްކަން ޖެހުމުންނާއި އިރާން އެމެރިކާ ހަނގުރާމައިގެ ސަބަބުން ރިޒާވް ދަށަށް ގޮސްފައިވާ ކަމުގައި ވިދާޅުވި އެވެ. އެކަމަކު އަންނަ އަހަރު ރިޒާވް އިތުރުކުރެވޭނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ.
އިގްތިސާދު މެނޭޖުކުރުމާއި ދަރަނި ދެއްކުމުގައި ސަރުކާރުން މަސައްކަތް ކުރި ގޮތުގެ ސަބަބުން ރާއްޖޭގެ ކުރެޑިޓް ރޭޓިން ރަނގަޅު ކުރެވި އިންވެސްޓަރުންގެ އިތުބާރު ބޮޑުކުރެވިފައިވާ ކަންވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑަައިގެންނެވިއިރު ވަރަށް ގިނަ ކުންފުނިތަކަށް ފައިސާ ނުދައްކާ ހުރި ކަމަށެވެ. އަދި ބޮޑެތި އަދަދުތަކުން ލޯން ނަގާފައިވާތީ އެ ލޯންތައް ދެއްކިދާނެ ކަމުގެ އުއްމީދު ކުޑަވެގެން ދިޔަ އެތައް ވަގުތެއް އައި ކަމަށެވެ.
ރައީސް ވިދާޅުވީ ފާއިތުވި 2024 އާއި 2025 ވަނަ އެންމެ ބޮޑު އިސްކަމެއް ދެއްވީ ކުންފުނިތަކަށް ފައިސާ ދެއްކުމަށް ކަމަށެވެ. އެގޮތުން ފާއިތުވި ދެ އަހަރުގެ ތެރޭގައި 1.55 ބިލިއަން ރުފިޔާގެ އެކި ކުންފުނިތަކަށް ދައްކާފައިވާ ކަމުގައި ވިދާޅުވި އެވެ.
"ޑެބިޓް ޓު ޖީޑީޕީ ރޭޝިއޯ ކުޑަކުރި ސަބަބުން އިގްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ." ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ 2029 ވަނަ އަހަރަށް ސަރުކާރުން ދައުލަތުގެ ބަޖެޓް ހުށަހަޅާއިރު 2019 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު ހުރި މިންވަރަށް ދަރަނީގެ ހާލަތު ގެންދެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

-01.jpg&w=3840&q=75)
