logo
MPL

MPL

ޚަބަރު

ވާހަކަ ދައްކާނީ ނަތީޖާއިން، މަސައްކަތް ހިނގާ ހުރިހާ އެއާޕޯޓެއް މި ދައުރުގައި ނިންމާނަން: ރައީސް

މުހައްމަދު މޫސާމުހައްމަދު މޫސާ
18 ނޮވެމްބަރު 2026 - 02:54
ވާހަކަ ދައްކާނީ ނަތީޖާއިން، މަސައްކަތް ހިނގާ ހުރިހާ އެއާޕޯޓެއް  މި ދައުރުގައި ނިންމާނަން: ރައީސް

ހިނގަމުންދާ ރިޔާސީ ދައުރު ނިމުމުގެ ކުރިން، މިހާރު ތަރައްޤީކުރުމުގެ މަރުހަލާގައިވާ ހުރިހާ އެއާޕޯޓެއްގެ މަސައްކަތް އެއްކޮށް ނިންމައި، އޮޕަރޭޓްކުރަން ފަށާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރަށް އަހަރުތަކެއް ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ހިނގާ އަހަރަކީ ލޯނުތައް ދެއްކުމުގެ އަހަރު ކަމަށާއި، ކުރިއަށް އޮތް އަހަރަކީ މަޝްރޫޢުތައް ބާރު ސްޕީޑުގައި ނިންމައި ރައްޔިތުންނާ ޙަވާލުކުރާނެ އަހަރު ކަމަށެވެ. އެގޮތުން، އެމްޓީސީސީއާއި އެމްއޭސީއެލްއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ އެއާޕޯޓްތަކުގެ މަސައްކަތްތައް ވެސް ވަރަށް ބާރަށް ކުރިއަށްދާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

"2028 ގެ މެދުތެރެއަށް ދާއިރުގަ މި ސަރުކާރުން ސޮއިކުރި އަދި މި ސަރުކާރާ ޙަވާލުވި އިރުގަ ހިނގަމުންދާ ހުރިހާ އެއާޕޯޓެއް ނިންމައި، އިރާދަކުރެއްވިއްޔާ ހުޅުވާނަން. އެ ޔަގީންކަން އަޅުގަނޑު ދެން،" ރައީސް ވިދާޅުވިއެވެ.

ތަރައްޤީގެ މަޝްރޫޢުތައް އަވަސްކުރުމަށްޓަކައި އެމްޓީސީސީގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން މިހާރު ބޭނުންކުރާ 'މަހާ ޖައްރާފު' އަށްވުރެ ތިން ގުނަ ބޮޑު ޑްރެޖަރަކަށް ފައިސާ ދައްކާފައިވާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި އަންނަ އަހަރުގެ މާރިޗު މަހު އެ ޑްރެޖަރު ރާއްޖެ ގެނައުމުން ރަށްރަށުގެ ބިން ހިއްކުމުގެ މަސައްކަތްތައް ވަރަށް ބާރަށް ހިނގައިގަންނާނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ބޮޑުހިލަ ލިބުމުގައި ހުރި ދަތިތައް ޙައްލުކުރުމަށް އެމްޓީސީސީއަށް ބޭރު ފައިސާ ހޯދުމުގެ މަގުފަހިކޮށްދީފައިވާ ކަމަށާއި، ބަލްކުކޮށް ހިލަ އެތެރެކުރަން ފަށާފައިވާތީ ކުރިއަށް އޮތް ދެތިން މަސް ތެރޭގައި އެކަށީގެންވާ ސްޓޮކެއް ޤާއިމުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިއާއެކު ބަނދަރުތަކާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުތައް ވެސް އަވަސްވެގެންދާނެއެވެ.

އާރުޑީސީ އާއި އެމްޓީސީސީ އެއްކޮށްލީ ވިސްނުންތެރިކަމާއެކު ކަމަށް ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އަންނަ އަހަރުގެ ތެރޭގައި އެއްފަހަރާ އެތައް ރަށެއްގެ މަގުހެދުމުގެ މަސައްކަތްތައް ނިމި، ރައްޔިތުންނަށް އޭގެ ފައިދާ ފެންނަން ފަށާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިހުތިރާމް ކުރުމުގެ މަޝްރޫއަކީ އުމްރާނީ ތަރައްގީއާ އެއްވަރުގެ މުހިންމު ކަމެއް: ރައީސްޚަބަރު | 7 މިނިޓު ކުރިންސިއްހީ ރެކޯޑުތައް އެޕަކުން، ފައިސާ ދެއްކުން އައިޑީކާޑުން: މޯލްޑިވްސް 2.0 އިން ބޮޑު އިންގިލާބެއްޚަބަރު | 14 މިނިޓު ކުރިންވާހަކަ ދައްކާނީ ނަތީޖާއިން، މަސައްކަތް ހިނގާ ހުރިހާ އެއާޕޯޓެއް މި ދައުރުގައި ނިންމާނަން: ރައީސްޚަބަރު | 23 މިނިޓު ކުރިންރަސްމާލެއާ ގުޅޭގޮތުން އިދިކޮޅުން ދައްކަނީ ޙަޤީޤަތް އޮޅޭ ވާހަކަތަކެއް: ރައީސް ޚަބަރު | 8 ގަޑިއިރު ކުރިން