logo
MPL

MPL

ޚަބަރު

އިހުތިރާމް ކުރުމުގެ މަޝްރޫއަކީ އުމްރާނީ ތަރައްގީއާ އެއްވަރުގެ މުހިންމު ކަމެއް: ރައީސް

މުހައްމަދު މޫސާމުހައްމަދު މޫސާ
18 ނޮވެމްބަރު 2026 - 03:10
އިހުތިރާމް ކުރުމުގެ މަޝްރޫއަކީ އުމްރާނީ ތަރައްގީއާ އެއްވަރުގެ މުހިންމު ކަމެއް: ރައީސް

ސަރުކާރުން އިފްތިތާހުކުރި އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއަކީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާ އެއްވަރުގެ މުހިންމު މަޝްރޫއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން ޒުވާނުން ބިނާކުރުމަށް މަސައްކަތް ކުރަނީ ހަމައެކަނި ވިޔަފާރީގެ ގޮތުން ނޫން ކަމަށެވެ. އޭގެ އިތުރުން އަހުލާގީ އަދި ފިކުރީ ގޮތުން ވެސް ޒުވާނުން ބިނާކުރުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އިހުތިރާމް އަދާކުރުމުގެ ކެމްޕޭނަކީ އެ އަމާޒަށް ވާސިލުވުމަށް ފެށި ހާއްސަ ހަރަކާތެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ގައުމުގެ މިހާރުގެ ހާލަތަކީ އެކަކު އަނެކަކަށް އިހުތިރާމް އަދާނުކުރުމުގެ ނަތީޖާ ކަމަށާއި، މިކަންކަން އިސްލާހުކުރެވިއްޖެނަމަ ގައުމުގައި ބިނާކުރާ ހުރިހާ ވަސީލަތްތަކާއި ބިނާތަކުގެ ފުރިހަމަ މާނަ ނުކުންނާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޒުވާނުން ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ ވަތަނީ ހިދުމަތުގެ ޕްރޮގްރާމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެއީ މާތް މަގުސަދެއްގައި ފެށި މަސައްކަތެއް ކަމަށާއި، އޭގެ ސަބަބުން އެތައް ޒުވާނުންނަކަށް ފުރުސަތުތައް ފަހިވެ ގިނަ އާއިލާތަކަކަށް އުފާވެރިކަން ލިބިފައިވާ ކަމަށެވެ. އަދި އެ ޕްރޮގްރާމުގެ ސަބަބުން ޒުވާނުންނަކީ ގައުމު ދެކެ ލޯބިވާ، މަސައްކަތްކުރަން ދަންނަ، މުރާލި ބަޔަކަށް ބަދަލުވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

"1028 ކުދިން ވަތަނީ ހިދުމަތް ނިންމައިފި. މިހާރު ވެސް 300 ކުދިން އެދަނީ ވަތަނީ ހިދުމަތުގެ ޓްރޭނިން ހަދަމުން. ކޮންމެ އަހަރަކު މަދުވެގެން 1000 ކުދިން ވަތަނީ ހިދުމަތް ނިންމަމުން އެދަނީ. އަމާޒަކީ އެމްއެންޑީއެފްގެ ކެޕޭސިޓީ އިތުރުކޮށް ކުރިއަށް އޮތް ތަނުގައި، މި އަދަދު 1500 އަށް ގެންދެވޭތޯ ބެލުން،" ތަފާސްހިސާބުތައް ހިއްސާކުރައްވަމުން ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ގައުމު ދެކެ ލޯބިވާ، ވަފާތެރި، ގައުމަށް ހިދުމަތްކުރާނެ އަދި މައިންބަފައިން ފަހުރުވެރިވާ ފަދަ ޒުވާނަކު ބިނާކުރުމަކީ އުމްރާނީ ތަރައްގީއަށް ވުރެ ވެސް މާ ބޮޑު އަދި މުހިންމު ކަމެއް ކަމަށެވެ.

"އެފަދަ ބިނާކުރަނިވި ފައިދާހުރި، މާނަހުރި ދެމެހެއްޓެނިވި ކަންކަން މުޅިން ވެސް މިކުރަނީ. އެފަދަ މަޝްރޫއެއް އިހުތިރާމް އަދާކުރުމުގެ މަޝްރޫއަކީ ވެސް. ހުރިހާ އަތްލެވޭ ތަރައްގީ އެއްފަރާތަށް ލާފައި، އޭގެ ހަމަ އެއްވަރުގެ ތަރައްގީއެއް އިހުތިރާމު އަދާކުރުމުގެ މަޝްރޫއަކީ ވެސް. އޭގެން އަންނާނެ ނަތީޖާއަކީ، 50/50. އަޅުގަނޑުމެން އެހާވެސް ސީރިއަސް ވާންޖެހޭ ކަމެއް މިއީ،" ރައީސް ވިދާޅުވިއެވެ.

އުމްރާނީ ތަރައްގީއާއި އަހުލާގީ ތަރައްގީ އެކުއެކީގައި ކުރިއަށް ގެންގޮސްފިނަމަ ގައުމުގެ މުސްތަގުބަލު އުޖާލާވާނެކަން ފާހަގަކުރައްވައި، އެންމެހައި ރައްޔިތުން އެކަކު އަނެކަކަށް އިހުތިރާމް ކުރުމުގެ އާދަ އަށަގަންނުވަން ރައީސް ވަނީ ގޮވާލައްވާފައެވެ. އަދި ތެދުވެރި، ދީނަށް ލޯބިކުރާ ބަޔަކަށްވެ، އަންނަން އޮތް ޖީލުތަކަށް މި ގައުމު ހެޔޮގޮތުގައި ވާސިލުކޮށްދިނުމަށް މަސައްކަތް ކުރުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަސްމާލެއިން 800 ހެކްޓަރު ހިއްކައިފި: ހުޅުމާލޭގެ ދެ ފިޔަވަހީގެ ދެގުނައަށްވުރެ ބޮޑު ސަރަހައްދެއްޚަބަރު | 13 މިނިޓު ކުރިންއިހުތިރާމް ކުރުމުގެ މަޝްރޫއަކީ އުމްރާނީ ތަރައްގީއާ އެއްވަރުގެ މުހިންމު ކަމެއް: ރައީސްޚަބަރު | 15 މިނިޓު ކުރިންސިއްހީ ރެކޯޑުތައް އެޕަކުން، ފައިސާ ދެއްކުން އައިޑީކާޑުން: މޯލްޑިވްސް 2.0 އިން ބޮޑު އިންގިލާބެއްޚަބަރު | 22 މިނިޓު ކުރިންވާހަކަ ދައްކާނީ ނަތީޖާއިން، މަސައްކަތް ހިނގާ ހުރިހާ އެއާޕޯޓެއް މި ދައުރުގައި ނިންމާނަން: ރައީސްޚަބަރު | 31 މިނިޓު ކުރިން