ހާލަންޑްގެ ފަހުވަގުތުގެ ޕެނަލްޓީން ޑެންމާކް ބަލިކޮށް ނޯވޭ ކުއާޓާ ފައިނަލަށް
18 ނޮވެމްބަރު 2026 - 04:23

މެޗުގެ އިތުރު ވަގުތުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި އާލިން ހާލަންޑް ކާމިޔާބުކުރި ޕެނަލްޓީއާއެކު، ފަހަތުން އަރައި 3-2 އިން ޑެންމާކް ބަލިކޮށް ނޯވޭ އިން ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. ގްރޫޕް އޭ4 ގެ މި މެޗު ކާމިޔާބުކޮށްގެން މެނުވީ ދެވަނަ ބުރަށް ދެވެން ނެތް ނޯވޭ އިން ވަނީ ތާވަލުގެ ދެވަނައަށް ޖެހިލައި، ރެލިގޭޝަން ޕްލޭ-އޮފުން ސަލާމަތްވެފައެވެ.
މެޗުގެ ފުރަތަމަ 14 މިނެޓުގެ ތެރޭގައި ރަސްމުސް ހޮއިލުންޑް އަދި ޕިއޭ އެމީލް ހޮއިބިއާ ކާމިޔާބުކުރި ލަނޑުތަކުން ޑެންމާކުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން 37 ވަނަ މިނެޓުގައި މާޓިން އޮޑެގާޑް ތަނަވަސްކޮށްދިން ފުރުސަތަކުން ހާލަންޑް ވަނީ ފަރަގު ކުޑަކޮށްދީފައެވެ.
.png&w=750&q=75)
Ad by Hajj Corporation
ނޯވޭ އިން ދެއްކި ވަރުގަދަ ކުޅުމާއެކު، މެޗުގެ 83 ވަނަ މިނެޓުގައި އޮޑެގާޑް ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އަދި މެޗުގެ 96 ވަނަ މިނެޓުގައި ޑެންމާކްގެ ޔޯކިމް އެންޑަސަންގެ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ހާލަންޑް ވަނީ ނޯވޭ އަށް މޮޅު ހޯދައިދީފައެވެ. މިއާއެކު ގައުމީ ޓީމަށް ކުޅުނު 61 މެޗުން ހާލަންޑް ކާމިޔާބުކުރި ލަނޑުގެ އަދަދު ވަނީ 68 އަށް އަރާފައެވެ. މެޗުން އެއްވަރުކޮށްލައިގެން ވެސް ކުރިއަށް ދެވެން އޮތް ޑެންމާކަށް މި ބައްޔާއެކު ދެން ޖެހޭނީ ޕްލޭ-އޮފްގައި ވާދަކުރާށެވެ.

-01.jpg&w=3840&q=75)
