logo
MPL

MPL

ޚަބަރު

ޑަބްލިއުއެޗްއޯގެ ރީޖަނަަލް ޑައިރެކްޓަރަކަށް ޑރ. ޖަމްޝީދުގެ ނަން

އަޙުމަދު ރަމީޒު
18 ނޮވެމްބަރު 2026 - 04:58
ކުރީގެ ހެލްތު މިނިސްޓަރު ޑރ. އަހްމަދު ޖަމްޝީދު މުހައްމަދު
ކުރީގެ ހެލްތު މިނިސްޓަރު ޑރ. އަހްމަދު ޖަމްޝީދު މުހައްމަދު

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ޑައިރެކްޓަރުގެ މަގާމަށް ކުރީގެ ހެލްތު މިނިސްޓަރު ޑރ. އަހްމަދު ޖަމްޝީދު މުހައްމަދުގެ ނަން ދިވެހިރާއްޖެ އިން ހުަށަހަޅައިފި އެވެ.

ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގައި 10 ގައުމު ހިމެނޭއިރު ޑަބްލިއުއެޗްއޯގެ ރީޖަނަލް ޑިރެކްޓަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ.

ރާއްޖޭގެ އިތުރުން މިމަގާމަށް ސްރީ ލަންކާގެ ހެލްތު މިނިސްޓްރީގެ ސެކްރެޓަރީ ޑރ. އަނިލް ޖަސިންހޭއާއި، ބޫޓާންގެ ކުރީގެ ބޮޑުވަޒީރު އަދި ކުރީގެ ހެލްތު މިނިސްޓަރު ސަންގޭ ނެޑުޕް އާއި، ނޭޕާލްގެ ބޮޑުވަޒީރުގެ އޮފީހުގެ އެޑިޝަނަލް ސެކްރެޓަރީ ޑރ. ސަންގީތާ މިޝްރާސްރީވެސް މިހާތަނަށް ކުރިމަތިލައްވާފައިވެ އެވެ.

ބަންގްލަދޭޝްއަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައި ހުންނަވާ މަންދޫބުގެ މަގާމުގައި މިވަގުތުވެސް ހުންނެވި ޑރ. ޖަމްޝީދަކީ ސިއްހީ ދާއިރާ އާއި ބައިނަލްއަގުވާމީ ސިއްހީ ޑިޕްލޮމަސީގައި 30 އަހަރަށް ވުރެ ގިނަ އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. ފުވައްމުލަކަށް އުފަން ޑރ. ޖަމްޝީދު، ޑަބްލިއުއެޗްއޯގައި މަސަައްކަތް ކުރައްވާތާ މިހާރު 12 އަހަރު ވެއްޖެ އެވެ.

ޑަބްލިއުއެޗްއޯގައި މިވަގުތުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ޑރ. ޖަމްޝީދު ވަނީ ނޯތު ކޮރެއާގައި ހުންނަވާ މަންދޫބުގެ މަގާމާއި ޑަބްލިއުއެޗްއޯ ސީރޯގެ ރީޖަނަލް އެޑްވައިޒަރެއްގެ ޒިންމާވެސް އުފުއްލަވާފަ އެވެ.

ރާއްޖޭގެ ހެލްތު މިނިސްޓަރު ކަމުގެ މަގާމު ޑރ. ޖަމްޝީދު ކުރެއްވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި 2012 އިން 2013 އަށެވެ.

އިންޑިއާގެ އިންދިރާ ގާނދީ ގަވަރުމަންޓް މެޑިކަލް ކޮލެޖުން އެމްބީބީއެސް ހާސިލްކުރެއްވުމަށްފަހު ޑރ. ޖަމްޝީދު ވަނީ ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިން އިން މާސްޓާ އޮފް ޕަބްލިކް ހެލްތު ހާސިލް ކުރައްވާފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑަބްލިއުއެޗްއޯގެ ރީޖަނަަލް ޑައިރެކްޓަރަކަށް ޑރ. ޖަމްޝީދުގެ ނަންޚަބަރު | 18 މިނިޓު ކުރިންނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލުގެ ހިންގާ ގަވާއިދަށް އަމަލުކުރަން ފަށައިފިޚަބަރު | 2 މަސް ކުރިންމިހާރު އިންޑިއާއަށް ދާއިރު ސެލްފް ޑެކްލަރޭޝަން ފޯމު ހުށަހަޅަންޖެހޭނެ!ޚަބަރު | 6 މަސް ކުރިންދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ 79 ވަނަ ވަރލްޑް ހެލްތު އެސެމްބްލީ ފެށިއްޖެޚަބަރު | 6 މަސް ކުރިން