އިތުރު ކަމެއް ފާހަގަކުރަން ނެތް ނަމަ، ޝާހިދު މައްސަލާގައި ދެން އޮންނާނީ ހުކުމް އިއްވުން: ހައިކޯޓް
18 ނޮވެމްބަރު 2026 - 06:55

ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، ކުރީގެ ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުރު ކަމެއް ފާހަގަކުރަން ނެތް ނަމަ، މި މައްސަލާގައި ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ހައިކޯޓުން ބުނެފި އެވެ.
ޝާހިދު ބަންދު އަމަރުގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުގައި ނިންމާލާފައި ވަނީ އިއްޔެ އެވެ. ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ މި އަޑުއެހުންތައް އިއްޔެ ހެނދުނު ނިންމާލާފައިވާއިރު، ހައި ކޯޓުން މީޑިއާއަށް ބުނީ އިތުރު ކަމެއް ފާހަގަކުރަން ނެތް ނަމަ، ދެން މި މައްސަލާގައި ސީދާ އޮންނާނީ ހުކުމް އިއްވުމުގެ އަޑުއެހުން ކަމަށެވެ.
.png&w=750&q=75)
Ad by Hajj Corporation
މި މަހުގެ ކުރީކޮޅު އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި، ކޯޓު އަމުރެއްގެ ދަށުން ޝާހިދު ހައްޔަރުކޮށް ދޫނިދޫއަށް ގެންދިއުމަށްފަހު، ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވެ އެވެ.
ހައްޔަރުކުރުމުގެ އިރުކޮޅެއް ކުރިން ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އޭނާގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެއް ކަމަށެވެ. ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވާފައިވާ އުމުރުން 64 އަހަރުގެ ޝާހިދު ހައްޔަރުކުރިއިރު، އޭނާ ގެންދެވީ 2028 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ކެމްޕެއިން ކުރައްވަމުންނެވެ.

-01.jpg&w=3840&q=75)
