logo
MPL

MPL

ޚަބަރު

ބިދޭސީންގެ ބަޔޯމެޓްރިކްސް މަސައްކަތް 99 އިންސައްތަ ފުރިހަމަވެއްޖެ : މިނިސްޓަރ އިހުސާން

އައިޝަތު އީމާން ރަޝީދު
19 ނޮވެމްބަރު 2026 - 10:27
ހޯމް މިނިސްޓަރ އިންޓަވިއު ގައި
ހޯމް މިނިސްޓަރ އިންޓަވިއު ގައި

ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށްޓަކައި، އެ ފަރާތްތަކުގެ ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތް މިހާރު 99 އިންސައްތަ ފުރިހަމަވެފައިވާ ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މެންދުރު ޓީވީއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން މި މަސައްކަތް ހޯމް މިނިސްޓްރީއަށް ބަދަލުކުރިއިރު، ރެކޯޑުތަކުން ދެއްކީ ރާއްޖޭގައި 293،000 އަށް ވުރެ ގިނަ ބިދޭސީން ތިބި ކަމަށެވެ. އެ ދުވަސްވަރު ބަޔޯމެޓްރިކްސް ނެގިފައި އޮތީ ވަރަށް މަދު ބައެއްގެ ކަމަށާއި، ބައެއް މީހުން ލިޔެކިޔުންތައް ގެއްލުވާލުމުގެ ސަބަބުން ކާކުކަން ދެނެގަތުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ވިދާޅުވި ގޮތުގައި، ލިޔެކިޔުން ނެތް މީހުންގެ ކާކުކަން ކަށަވަރުކުރުމަކީ އެ މީހުން ނިސްބަތްވާ ޤައުމުތަކާ ގުޅިގެން ވެރިފިކޭޝަން ހަދަން ޖެހޭ، ވަރަށް އުނދަގޫ މަސައްކަތެކެވެ. އެހެންކަމުން، އިނގިލީގެ ނިޝާނާއި ފޮޓޯގްރެފިކް ފީޗަރސް ހިމެނޭހެން 100 އިންސައްތަ ވެރިފިކޭޝަން ފުރިހަމަކުރުމަށް ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށް ގެންދިޔަ މަސައްކަތުން މިހާރު 99 އިންސައްތަ ނިމިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ކާމިޔާބީއާއެކު ރާއްޖޭގެ ލޭބަރ މާކެޓް ތަރުތީބުކޮށް، ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވަޒީރު އިޙްސާން ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބިދޭސީންގެ ބަޔޯމެޓްރިކްސް މަސައްކަތް 99 އިންސައްތަ ފުރިހަމަވެއްޖެ : މިނިސްޓަރ އިހުސާންޚަބަރު | 2 ދުވަސް ކުރިންބްރިޖުގައި ޑިއުޓީގައި ހުއްޓާ އަނިޔާވި ފުލުސް އޮފިސަރުގެ ހާލު ބެއްލެވުމަށް ވަޒީރު އިޙްސާން އޭޑީކޭއަށްޚަބަރު | މަހެއް ކުރިންޕާސްޕޯޓު ސްޓޮކް މައްސަލަ ހައްލުވެއްޖެ، އާދިއްތައިން ފެށިގެން އާންމު ހާލަތަށްޚަބަރު | މަހެއް ކުރިންރާއްޖެއަކީ މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ހަރުކަށި ގައުމެއްކަން މިހާރު އެނގޭނެ: އިހްސާންޚަބަރު | 2 މަސް ކުރިން