logo
Bank of Maldives

Bank of Maldives

ޚަބަރު

ގުޅީފަޅުން ގޯތި ލިބޭ ފަރާތްތަކަށް ބިން ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން އަންގާރަ ދުވަހު

އާމިނަތު ޝަފާ
26 އޮކްޓޯބަރު 2024 - 04:14
ގުޅިފަޅު
ގުޅިފަޅު

ގުޅީފަޅުން ގޯތި ލިބޭ ފަރާތްތަކަށް ބިން ކަނޑައެޅުމަށްޓަކައި ބާއްވާ ގުރުއަތުލުން އަންނަ އަންގާރަދުވަހު އޮންނާނެކަމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ކުރި އިއުލާނުގައި ބުނީ ގުރުއަތުލުން އޮންނާނީ އަންގާރަދުވަހުގެ ހެނދުނު 9:00 ގައި ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައިކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ވުޒާރާއިން ބުނީ "ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން" އަށް ގެނެވުނު ބަދަލާ ގުޅިގެން، ބިންވެރިޔާ ސްކީމްގެ ދަށުން ކުރިން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ލޮކޭޝަން ބަދަލުވެފައިވާކަމަށާއި މި ގުރުއަތުލުމުގައި މިހާތަނަށް ޕްލޮޓް ހަވާލުކޮށްފައިވާ ފަރާތްތަކާއި، ޕްލޮޓް ހަވާލުނުކުރެވި ތިބި ފަރާތްތަކާއި، ގިރާވަރު ފަޅުން ލިބިފައިވާ ގޯތިތައް ގުޅީފަޅަށް ބަދަލުކުރި ފަރާތްތަކުގެ ގުރުއަތުލުންވެސް ހިމެނޭނެކަމަށެވެ.

ގުޅީފަޅުން ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 3,520 ގޯއްޗެވެ. މީގެ ތެރޭގައި ހިމެނެނީ 1,250 އަކަފޫޓުގެ 669 ގޯއްޗާއި، 1,650 އަކަފޫޓުގެ 1,234 ގޯއްޗާއި، 2,050 އަކަފޫޓުގެ 916 ގޯއްޗާއި، 2,450 އަކަފޫޓުގެ 473 ގޯއްޗާއި، 2,850 އަކަފޫޓުގެ 158 ގޯއްޗާއި، 3,250 އަކަފޫޓުގެ 49 ގޯއްޗާއި، އަދި 3,650 އަކަފޫޓުގެ 21 ގޯއްޗެވެ.

ގުޅީފަޅުގެ ބިން ލިބޭ ފަރާތްތަކުގެ ގުރުނެގުމުގެ ކަންކަން ކުރިއަށް ގެންދާނީ މި މިނިސްޓްރީން އެކުލަވާލާފައިވާ ލިސްޓުގައިވާ ތަރުތީބުންކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.

ގޯތިލިބޭ ފަރާތްތަކުގެ ގުރުނަގާ ނިމުމުން، ގޯތިތަކުގެ ރަޖިސްޓްރީ އާއި ބިން ލިބޭ ފަރާތްތަކާއެކުވާ އެއްބަސްވުން ތަކާއިގުޅޭ މަޢުލޫމާތު މިނިސްޓްރީ އިން ފަހުން ޙިއްސާކުރާނެކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގައި ފުރަތަމަފާހަގަކުރާ އިންޖިނިއަރުންގެ ދުވަހަށް ވަރަށްބޮޑު ތަރުހީބެއްލިބޭ : މިނިސްޓަރު މުއްތަލިބް ޚަބަރު | 6 ދުވަސް ކުރިން75 ޕޮއިންޓަށް 315 މީހަކަށް ފްލެޓް ދިން މައްސަލަ އޭސީސީއަށްޚަބަރު | މަހެއް ކުރިންކާށިދޫން ގޯތި ދޫކުރަނީ، އެރަށަށް ބަދަލުވާން ބޭނުންވާ މީހުންނަށް ވެސް ފުރުސަތުޚަބަރު | 2 މަސް ކުރިންގުޅީފަޅު ބިންވެރިޔާ ގޯތިތަކުގެ އައު ރަޖިސްޓްރީއާއި އެއްބަސްވުން ދޫކުރަން ފަށައިފިޚަބަރު | 2 މަސް ކުރިން