logo
MPL

MPL

ކުޅިވަރު

އެންޑަސަންގެ ލަނޑުން ސިޓީ ޖެހިޖެހިގެން ހަތަރު ބަލިނުވެ ސަލާމަތްވެއްޖެ

އަބްދުﷲ ޣާނިމް
22 ނޮވެމްބަރު 2026 - 03:01
އެންޑަސަންގެ ލަނޑުން ސިޓީ ޖެހިޖެހިގެން ހަތަރު ބަލިނުވެ ސަލާމަތްވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ޖެހިޖެހިގެން ހަތަރުވަނަ މެޗުން ބަލިވާން ދަނިކޮށް، އެލިއަޓް އެންޑަސަން ކާމިޔާބުކުރި ހިތްގައިމު ލަނޑުން ފުލަމްއާ ވާދަކޮށް 1-1 އިން މެންޗެސްޓަރ ސިޓީ އެއްވަރުވެއްޖެއެވެ. އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެއްވަރުވުމާއެކު، ސިޓީން ވަނީ ލީގުގައި ޖެހިޖެހިގެން ބަލިވަމުން އައި ސިލްސިލާއަށް ނިމުމެއް ގެނެސްފައެވެ.

މެޗުގެ 16 ވަނަ މިނެޓުގައި ކުރިން ސިޓީއަށް ކުޅުނު އޮސްކާ ބޮބް ދިން ބޯޅައަކުން ފުލަމްއަށް ކުރިހޯދައިދިނީ ރޮޑްރީގޯ މުނީޒްއެވެ. އޭގެ ފަހުން އާލިން ހާލަންޑް ޖެހި ލަނޑެއް ގޯލްކީޕަރަށް ހުރަސްއެޅުމުގެ ސަބަބުން ބަލައިނުގަތްއިރު، ދެވަނަ ހާފުގެ 57 ވަނަ މިނެޓުގައި ސިޓީއަށް ނަތީޖާ ހަމަހަމަކޮށްދިނީ އެންޑަސަން ފޮނުވާލި މޮޅު ވޮލީއަކުންނެވެ. މިއީ ސިޓީގެ ޖާޒީގައި ލީގުގައި އޭނާ ޖެހި ފުރަތަމަ ލަނޑެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސިޓީން މެޗު ކޮންޓްރޯލްކޮށް ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، ފުލަމްގެ ގަދަފަދަ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. މި ނަތީޖާއާއެކު ފުލަމް ވަނީ ސެޕްޓެމްބަރު 2011 ގެ ފަހުން ފުރަތަމަ ފަހަރަށް ސިޓީ އަތުން ބަލިނުވެ ޕޮއިންޓެއް ހޯދައި، ސިޓީގެ މައްޗަށް ލީގުގައި އެންމެ ފަހުން ކުޅުނު 17 މެޗުން ވެސް މޮޅުވި ރެކޯޑަށް ނިމުމެއް ގެނެސްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެންޑަސަންގެ ލަނޑުން ސިޓީ ޖެހިޖެހިގެން ހަތަރު ބަލިނުވެ ސަލާމަތްވެއްޖެކުޅިވަރު | 20 މިނިޓު ކުރިންޕެނަލްޓީގައި ބްރައިޓަން ބަލިކޮށް، ސިޓީ ކުއާޓާ ފައިނަލަށްކުޅިވަރު | 24 ދުވަސް ކުރިންމެންޗެސްޓަރ ސިޓީ ޕްރީމިއަރ ލީގުން ބޭރުކުރުމަށްފަހު ޔޫރަޕުގެ މުބާރާތްތަކުން ސަސްޕެންޑްކުރަނީކުޅިވަރު | މަހެއް ކުރިންހާލަންޑްގެ ދެ ލަނޑާއެކު ސިޓީން ލީގުގައި ސައްތައިން ސައްތަ ރެކޯޑް ދަމަހައްޓައިފިކުޅިވަރު | މަހެއް ކުރިން